އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު--
ހަބަރު
16 Nov 2023 | 10:31
ހަފްތާ 14ގެ 161 ވައުދު: ފުށިދިއްގަރުފަޅު ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށަނީ

އިންތިޚާބީ ރައީސް ޑރ މުހައްމަދު މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި އެމަނިކުފާނުގެ އެންމެ މުހިންމު ބޯހިޔާވަހިކަމުގެ އެއް މަޝްރޫޢު ކަމަށްވާ ކ.ފުށިދިއްގަރުފަޅު ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށާނެކަން ހާމަކޮށްފިއެވެ.

ޑރ މުޢިއްޒުގެ ފުރަތަމަ 14 ހަފްތާގެ ވަޢުދުތައް ރޭ ހާމަކޮށްފައިވާއިރު، ކެންޕެއިން ތެރެއިންވެސް އެމަނިކުފާނު ވިދާޅުވިފަދައިން އައު ސަރުކާރުގައި އެންމެ އިސްކަންދޭނެ އެއް ކަމަކަށް ހިމަނާފައިވަނީ ބޯހިޔާވަހިކަން ކަށަވަރު ކުރުމެވެ. 

އެގޮތުން ބޯހިޔާވަހި ކަމުގެ މައްސަލައަށް ހައްލު ހޯދުމަށް ޓަކައި މުއިއްޒުގެ 14 ހަފްތާގެ 161 ވައުދުގައި ރަށް ރަށުގައި ބޯހިޔާ ވަހިކަމަށް ދޫކޮށްފައިވާ ފްލެޓާއި ރޯހައުސް ތަކަށް މަހުން މަހަށް ދައްކަން ޖެހޭ އަދަދު ކުޑަ ކޮށްދިނުމާއި، ބޯހިޔާ ވަހި ކަމަށް "ގެދޮރުވެރިކަމުގެ ޓްރަސްޓް ފަންޑް" އެއް ގާއިމް ކުރުމުގެ މަސައްކަތް ކުރުން ހިމަނާފައިވެއެވެ.

އަދި ބޯހިޔާވަހިކަމަށް އެޕްލިކޭޝަން ހުށައެޅުމާއިއެކު ރައްޔިތުންނަށް އެޕްލިކޭޝަންގެ ދަރަޖަ އެނގޭ ވަގުތުން ދަރަޖަ ފެންނަ ފަދަ ޕޯޓަލް އެއް ގާއިމް ކުރުންވެސް ވަނީ ހިމަނާފައެވެ. 

މީގެ އިތުރުންވެސް ސިނަ މާލެ އާއި މާލެ ހިޔާ ފްލެޓް ތަކުގައި ދިރިއުޅޭ ފަރާތް ތަކަށް ޚާއްސަ ބޯހިޔާވަހިކަމުގެ މަޝްރޫއެއް އަކާއި، ބޯހިޔާވަހިކަމަށް ހާއްސަކޮށް ހިއްކަން ކަނޑައަޅާފައިވާ ފުށި ދިއްގަރު ފަޅު ހިއްކުމުގެ އަމަލީ މަސައްކަތްތައްވެސް އެ 14 ހަފްތާތެރޭގައި ފަށާނެ ކަމަށް މުއިއްޒުގެ ވައުދު ފޮތުގައި ވެއެވެ.

މުޢިއްޒުގެ ބޯހިޔާވަހިކަމުގެ މެނިފެސްޓޯ އިޢުލާނު ކުރުމަށް ބޭއްވި ޖަލްސާގައި އެމަނިކުފާނު ވަނީ ފުށިދިއްގަރުފަޅުން 1،200 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެތަނުގައި 65،000 ގޯތި ނުވަތަ ފްލެޓް ދޭނެ ކަމަށް އެމަނިކުފާނު އިޢުލާނުކުރެެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.