އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ހަފްތާ 14 ގެ 172 ވައުދު ފޮތް އިފްތިތާހް ކުރުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ--
ހަބަރު
16 Nov 2023 | 09:54
ދެއްކި ވާހަކައެއް ދެއްކީ ހާސިލުކުރުމުގެ ފުރިހަމަ އަމާޒާއިއެކު: ޑރ.މުއިއްޒު

ރިޔާސީ އިންތިހާބުގެ ކެމްޕޭން ތަކުގެ ތެރޭގައްޔާއި މިހާތަނަށް ޕޯޑިއަމްތަކުގައި ދެއްކެވި ކޮންމެ ވާހަކައެއްވެސް ދެއްކެވީ އެ މަސައްކަތްތަކެއް ފުރިހަމަކުރެއްވުމުގެ ފުރިހަމަ އުންމީދާއި އަޒުމާއިއެކުކަމަށް އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިފަދައިން އިންތިހާބީ ރައީސް ވިދާޅުވީ ހަފްތާ 14 ގެ 172 ވައުދު ފޮތް އިފްތިތާހް ކުރުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޑރ މުއިއްޒު ވިދާޅުވީ، އިއުލާނުކޮށްފައިވަނީ މެނިފެސްޓޯގައި ހިމެނިފައިވާ ކަންކަމުގެ ތެރެއިން ފުރަތަމަ ސާދަ ހަފްތާގެ ތެރޭގައި އެންމެ މަދުވެގެން ކުރައްވާނެ މަސައްކަތްތައްކަމަށް ވިދާޅުވިއެވެ. ޑރ މުއިއްޒު ވިދާޅުވީ، އެއީ އެއްގޮތަކަށްވެސް ހަމައެކަނި ކުރާނެ މަސައްކަތްތައް ނޫންކަމަށާއި އެމަނިކުފާނުގެ ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކުން އެއަށްވުރެ މާ ގިނަ ކާމިޔާބީތައް ހާސިލުކުރުމަށް ކަނޑައަޅާފައިވާނެ ކަމަށް ވިދާޅުވިއެވެ.

 ޑރ މުއިއްޒުވަނީ އެމަނިކުފާނު ބަހާއި އެއްގޮތަށް އަމަލުކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ފުރަތަމަ 14 ހަފްތާގެ ތެރޭގައި ކުރުމަށް ކަނޑައެޅިފައިވާ މަސައްކަތްތައް އިއުލާނު ކުރެއްވީވެސް އެ މަގުސަދުގައިކަމަށް ފާހަގަކުރެއްވިއެވެ.

ބަޖެޓާއި އާމްދަނީ ހޯދޭ މިންވަރުގެ އިތުރުން ރާވާ ރޭވުންތަކުގެ އިތުރުން ރައްޔިތުންނާއި އެކު ކުރެވޭ ޕްލޭންތަކުގެ ނަތީޖާއަކަށް ވެގެންދާނީ ފުރަތަމަ 14 ހަފްތާގެ ޕްލޭނަށްވުރެ އިތުރަށްވެސް ހާސިލުވެގެންދިއުންކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Jul 2026
އަމާޒަކީ ފެންވަރު ރަނގަޅު ދަތުގެ ފަރުވާ، ފަސޭހައިން ރައްޔިތުންނަށް ލިބުން: ނާއިބު ރައީސް
ދަތުގެ ފަރުވާއާގުޅޭ ޚާއްޞަ ދާއިރާތަކުން ދިވެހި ސްޕެޝަލިސްޓުން ޚިދުމަތުގައި މިއަދު ތިއްބެވުމަކީ ފަޚްރުވެރިވެވަޑައިގަންނަވާ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވި އެވެ.
08 Jul 2026
އެމްޑީޕީގެ މަގު ޗާޓު ކޮމިޓީ އެކުލަވާލައިފި، މުގައްރިރަކީ ފައްޔާޒް
އެމްޑީޕީން މިރޭ ބުނީ އެ ޕާޓީގެ ސެކްރެޓޭރިއެޓުން ވަނީ ޕާޓީގެ އަސާސީ ގަވާއިދު އާއި ހިންގުމަށް އަންނަންޖެހޭ ބަދަލުތަކުގެ މަގު ޗާޓު އެކުލަވާލާފައި ކަމަށެވެ.
08 Jul 2026
ރާއްޖެ-އިންޑިއާ އެފްޓީއޭއާ ގުޅޭ މުހިންމު މަޝްވަރާތަކެއް ބާއްވައިފި
މި ބައްދަލްވުމާއި ގުޅޭގޮތުން މިނިސްޓަރު ސައީދު ވިދާޅުވީ މިއީ ވަރަށް ކާމިޔާބު އެހާމެ އުފެއްދުންތެރި މަޝްވަރާތަކެއް ކުރިއަށް ގެންދެވުނު ބައްދަލްވުމެއް ކަމަށެވެ.
08 Jul 2026
ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެެއް, އަނިޔާވި މީހާއަށް ފަރުވާ ދެނީ
​މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާ ވެގެން ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ވެސް ބުންޏެވެ.
08 Jul 2026
ވިނަރެސްގެ ކަރަންޓު ފޮށިތަކަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު
ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫ، ލުކިންގްލާސް / ނަޞްރުﷲ ޝަކީލު ޙުސައިން (38އ) އެވެ.
08 Jul 2026
ޗައިނާއިން ރާއްޖެއަށް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ހަދިޔާކޮށްފި
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، ސަފީރު ކޮންގް ޝިއަންހުއާ ވަނީ ރަސްމީކޮށް މި ކުޅިވަރު ސާމާނުތައް މިނިސްޓަރު ރާފިޢުއާ ހަވާލުކުރައްވާފަ އެވެ.
08 Jul 2026
ޔުނިސެފުން ރާއްޖެއަށް 28,000 މީސަލްސް އެމްއާރް ވެކްސިން ޑޯޒު ހަދިޔާކޮށްފި
ޔުނައިޓެޑް ނޭޝަންސް އިންޓާނޭޝަނަލް ޗިލްޑްރަންސް އެމަޖެންސީ ފަންޑް، ޔުނިސެފުން ރާއްޖެއަށް 28,000 މީސަލްސް ރުބެއްލާ އެމްއާރް ވެކްސިން ޑޯޒާއި ސިއްހީ ބައެއް ސާމާނު ހަދިޔާކޮށްފި އެވެ.
08 Jul 2026
އައްޑޫއާ 933 ކިލޯ މީޓަރު ދުރަށް ބިންހެލުމެއް، ރާއްޖެއަށް އަސަރެއް ނުކުރާނެ
މެޓް އޮފީހުން ބުނީ ބިންހެލުމުގެ ސީދާ ނުރައްކާ ރާއްޖެއަށް ނުކުރާނެ ކަމަށެވެ.