އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ހަފްތާ 14ގެ 172 ވައުދު ފޮތް އިފްތިތާހް ކޮށްދެއްވުމުގެ ހަފްލާތެރެއިން
ހަބަރު
15 Nov 2023 | 22:20
އަންހެނުން ވިޔަފާރި ފަށަން 100 މިލިއަން ރުފިޔާގެ ލޯން ސްކީމް ތައާރަފް ކުރަނީ

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ހަފްތާ 14ގެ 161 ވައުދުގައި އަންހެނުންނަށް ޚާއްޞަ 100 މިލިއަން ރުފިޔާގެ 'ސްޓާޓްއަޕް ލޯން ސްކީމް'އެއް ތައާރަފު ކުރާނެކަން އިއުލާންކޮށްފިއެވެ.

އަންނަ ހުކުރު ދުވަހު ވެރިކަމުގެ ހުވާ ކުރައްވާ ޑރ.މުއިއްޒުގެ ފުރަތަމަ 100 ދުވަސް ތެރޭގައި ކުރައްވާނެ ކަންތައްތަކުގެ ރޭވުން، މިރޭ ވަނީ އެކަމަށް ޓަކައި ދަރުބާރުގޭގައި ބޭއްވި ހަފުލާއެއްގައި އިއުލާންކޮށްފައެވެ.

އެ ރޭވުމުގައި އަންހެނުންނާއި ޒުވާނުންނާއި ފަންނިއްޔަތާއި ކުޅިވަރަށް ޚާއްޞަކޮށް ސަރުކާރުން ކުރާނެ ކަންތައްތަކުގެ ތެރޭގައި، 100 ދުވަހުގެ މުހުލަތެއް ދީފައިވާ ކަންތައްތަކުގެ ތެރޭގައި އަންހެނުންނަށް ސްޓާޓްއަޕް ސްކީމެއް އުފެއްދުމުގެ އިތުރުން އަންހެން މުވައްޒަފުންނަށް ރައްކާތެރި، ގަދަރުވެރި އަދި ހަމަހަމަ މަސައްކަތުގެ މާހައުލެއް ކަށަވަރު ކޮށްދިނުމަށް ޓަކައި ގާނޫނީ އޮނިގަނޑަށް އިސްލާހު ހުށަހެޅުމަށް ހިމަނާފައިވެއެވެ.

ހަމައެއާއެކު، އަންހެނުން އުފައްދާ އުފެއްދުންތައް ވިއްކުމަށް ޚާއްޞަ ސަރަހައްދެއް ހުޅުމާލޭގައި ކަނޑައަޅައި، ވިޔަފާރި ކުރުމަށް ފަސޭހަ އިންތިޒާމުތަކެއް، ފުރަތަމަ 63 ދުވަސް ތެރޭގައި ހަމަޖައްސައިދިނުން ހިމެނެއެވެ.

އަންހެނުންނަށް ޚާއްޞަކޮށްފައިވާ އިތުރު ކަންތައްތަކުގެ ތެރޭގައި، ދައުލަތާއި ދައުލަތް ހިއްސާވާ އިސް މަގާމުތަކުގައި އަންހެނުން އިތުރު ކުރުމުގެ މަސައްކަތް ވެރިކަމުގެ ފުރަތަމަ ދުވަހު ފެށުމާއި 63 ދުވަހުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ކަމާ ގުޅުންހުރި އެކި ފަރާތްތަކާއެކު މަސައްކަތް ފެށުން ޑރ.މުއިއްޒުގެ ހަފްތާ 14ގެ 161 ވައުދުގައި ހިމަނާފައިވެއެވެ.

އަންހެނުންނަށް ވިޔަފާރިތައް ފަށައި މަސައްކަތް ކުރުމުގެ މަގު ތަނަވަސްކުރުމަށްޓަކައި ލޯން ސްކީމެއް ތައާރަފު ކުރުމަކީ މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ކޮމެންޓް
ފިރި
ގެރެންޓާ އަކަށް ހަދާނީ ފިރިމީހާ. ދެން ލާރިގަނޑު ހިފައިގެން އެހެން ފިރިހެނެއް ފަހަތުން ދާނީ
16 Nov 2023
ގުޅޭ ލިޔުންތައް
09 Jul 2026
އަމާޒަކީ ފެންވަރު ރަނގަޅު ދަތުގެ ފަރުވާ، ފަސޭހައިން ރައްޔިތުންނަށް ލިބުން: ނާއިބު ރައީސް
ދަތުގެ ފަރުވާއާގުޅޭ ޚާއްޞަ ދާއިރާތަކުން ދިވެހި ސްޕެޝަލިސްޓުން ޚިދުމަތުގައި މިއަދު ތިއްބެވުމަކީ ފަޚްރުވެރިވެވަޑައިގަންނަވާ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވި އެވެ.
08 Jul 2026
އެމްޑީޕީގެ މަގު ޗާޓު ކޮމިޓީ އެކުލަވާލައިފި، މުގައްރިރަކީ ފައްޔާޒް
އެމްޑީޕީން މިރޭ ބުނީ އެ ޕާޓީގެ ސެކްރެޓޭރިއެޓުން ވަނީ ޕާޓީގެ އަސާސީ ގަވާއިދު އާއި ހިންގުމަށް އަންނަންޖެހޭ ބަދަލުތަކުގެ މަގު ޗާޓު އެކުލަވާލާފައި ކަމަށެވެ.
08 Jul 2026
ރާއްޖެ-އިންޑިއާ އެފްޓީއޭއާ ގުޅޭ މުހިންމު މަޝްވަރާތަކެއް ބާއްވައިފި
މި ބައްދަލްވުމާއި ގުޅޭގޮތުން މިނިސްޓަރު ސައީދު ވިދާޅުވީ މިއީ ވަރަށް ކާމިޔާބު އެހާމެ އުފެއްދުންތެރި މަޝްވަރާތަކެއް ކުރިއަށް ގެންދެވުނު ބައްދަލްވުމެއް ކަމަށެވެ.
08 Jul 2026
ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެެއް, އަނިޔާވި މީހާއަށް ފަރުވާ ދެނީ
​މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާ ވެގެން ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ވެސް ބުންޏެވެ.
08 Jul 2026
ވިނަރެސްގެ ކަރަންޓު ފޮށިތަކަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު
ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫ، ލުކިންގްލާސް / ނަޞްރުﷲ ޝަކީލު ޙުސައިން (38އ) އެވެ.
08 Jul 2026
ޗައިނާއިން ރާއްޖެއަށް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ހަދިޔާކޮށްފި
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، ސަފީރު ކޮންގް ޝިއަންހުއާ ވަނީ ރަސްމީކޮށް މި ކުޅިވަރު ސާމާނުތައް މިނިސްޓަރު ރާފިޢުއާ ހަވާލުކުރައްވާފަ އެވެ.
08 Jul 2026
ޔުނިސެފުން ރާއްޖެއަށް 28,000 މީސަލްސް އެމްއާރް ވެކްސިން ޑޯޒު ހަދިޔާކޮށްފި
ޔުނައިޓެޑް ނޭޝަންސް އިންޓާނޭޝަނަލް ޗިލްޑްރަންސް އެމަޖެންސީ ފަންޑް، ޔުނިސެފުން ރާއްޖެއަށް 28,000 މީސަލްސް ރުބެއްލާ އެމްއާރް ވެކްސިން ޑޯޒާއި ސިއްހީ ބައެއް ސާމާނު ހަދިޔާކޮށްފި އެވެ.
08 Jul 2026
އައްޑޫއާ 933 ކިލޯ މީޓަރު ދުރަށް ބިންހެލުމެއް، ރާއްޖެއަށް އަސަރެއް ނުކުރާނެ
މެޓް އޮފީހުން ބުނީ ބިންހެލުމުގެ ސީދާ ނުރައްކާ ރާއްޖެއަށް ނުކުރާނެ ކަމަށެވެ.