ޑރ.މުއިއްޒު ދެއްކެވި ހުރިހާ ވާހަކަފުޅެއް ލިޔެފައިވާ ފޮތެއް ނެރެފި
ހަބަރު
15 Nov 2023 | 23:03
ޑރ.މުއިއްޒު 205 ބައްދަލުވުމުގައި ދެއްކެވި ހުރިހާ ވާހަކަފުޅެއް ލިޔެފައިވާ ފޮތެއް ނެރެފި

އިންތިހާބީ ރައީސް  ޑރ. މުހައްމަދު މުއިއްޒު، ރިޔާސީ އިންތިހާބުގެ ކެމްޕެއިން ގައި ދެއްކެވި ވާހަކަފުޅުތަކާއި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅުތައް ހިމަނުއްވާފައިވާ ހާއްސަ ފޮތެއް މިރޭ އިފްތިތާހު ކޮށްފި އެވެ.

ފޮތް އިފްތިތާހު ކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭން، އިފްތިތާހު ކުރުމަށް މިރޭ ބޭއްވި ހާއްސަ ޖަލްސާ އެއްގައެވެ.

ދަރުބާރުގޭގައި އޮތް މި ޖަލްސާ ގައި މި ފޮތް އިފްތިތާހު ކޮށްދެއްވީ ޓްރާސްސިޝަނަލް ކޮމެޓީގެ ޗެއާމަން / ޕީއެންސީގެ މުޝްތަޝާރު އަބްދުއްރަހީމް އަބްދުﷲ އެވެ.

މި ފޮތުގެ ނަމަކީ "ޑރ. މުހައްްމަދު މުއިއްޒު" އެވެ.

މި ފޮތުގައި ރިޔާސީ އިންތިހާބުގެ ކެމްޕެއިން ގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުތަކާއި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅުތައް ހިމަނުއްވާފައި ވެއެވެ.

އެގޮތުން ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެމަނިކުފާނު ވަޑައިގެންނެވި 153 ރަށާއި ފަސް ސިޓީ ގައި ދެއްކެވި ހުރިހާ ވާހަކަފުޅުތަކެއް އަކުރުން އަކުރަށް ހިމަނާފައި ވެއެވެ.

ކެމްޕެއިން ގައި ހޭދަ ކުރި ހަތް ހަފްތާގެ ތެރޭގައި 205 ފަހަރު ރައްޔިތުންނާއި ބައްދަލު ކުރައްވާ އެމަނިކުފާނު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.  

އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނި ގޮތުގައި މި ފޮތުގައި ކޮންމެ ރަށަކަށް ވަޑައިގެން ރައީސް މުއިއްޒު ދެއްކެވި ހުރިހާ ވާހަކަފުޅުތައް އަކުުރުން އަކުރަށް ހިމަނާފައިވާނެ އެވެ.

މީގެ އިތުރުން ރަށްރަށާއި އަތޮޅުތަކާއި މުޅި ރާއްޖެ އަށް ހާއްސަކޮށް ވެވަޑައިގެންފައިވާ ހުރިހާ ވައުދުފުޅުތައް ހިމަނާފައިވެ އެވެ.އަދި ރަށްރަށުގެ ފޮޓޯތައް ވެސް ހިިމަނާފައިވާނެ އެވެ.

ކޮމެންޓް
ކެޓަޕިލަ
ކޮންތާކުން ތިފޮތް ލިބެންހުރީ. އަގުކިހާވަރެއް
16 Nov 2023
ކަމަނަ
ފޮތް ލިބޭނީ ކިހިނަކުންތޯ
18 Nov 2023
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.