2021 ވަނަ އަހަރު ބޭއްވުނު ފުރަތަމަ ޖީއެސް ވޮލީބޯޅަ ޓޯނަމަންޓްގެ ތެރެއިން
ކުޅިވަރު
16 Nov 2023 | 11:33
ޖީއެސް ވޮލީބޯޅަ މުބާރާތް ޑިސެމްބަރު 13 ން 19 އަށް

ކުލަބު ޖީއެސްގެ ފަރާތުން އިންތިޒާމްކޮށްގެން ހއ.ހޯރަފުށީ މިއަހަރުގެ ޑިސެމްބަރު 20 ގައި ފެށުމަށް ހަމަޖެހިފައި އޮތް "2 ވަނަ ޖީއެސް ވޮލީބޯޅަ ޓޯނަމަންޓް" ފެށުން ޑިސެމްބަރު މަހުގެ 13 އަށް އަވަސްކޮށްފައިވާ ކަމަށް އެކުލަބުން ބުނެފިއެވެ.

ކުލަބު ޖީއެސްގެ ފަރާތުން ވޮއިސްއަށް މައުލޫމާތު ދެމުން އެކުލަބުގެ މެމްބަރު މުއްސަދު އަސްލަމް ބުނިީ މިއަހަރުގެ މުބާރާތުގައި ހަތަރު ޓީމަކުން ބައިވެރިވެފައިވާ ކަމަށާއި މުބާރާތް ބާއްވާ ތާރީޚް އަވަސްކޮށްފައި ވަނީ ބައިވެރިވި ޓީމުތަކުގެ އެދުމުގެމަތިން ކަމަށެވެ. 

މި މުބާރާތާއި ބެހޭގޮތުން އިތުރަށް ވާހަކަ ދައްކަމުން މުއްސަދު ބުނީ މިއީ ހޯރަފުށީގައި ވޮލީބޯޅަ ދިރުވައި އާލާކުރުމުގެ އިތުރުން ރަށުގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ މަގުސަދުގައި 2021 ވަނަ އަހަރު ހއ.ހޯރަފުށީގައި ހަރަކާތެރިވާ ކުލަބު ޖަމިއްޔާތަކާއި ސަރުކާރުގެ އޮފީސްތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކާއި އަމިއްލަ ވިޔަފާރިތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިގެން އެ ކުލަބުން ބާއްވަން ފެށި މުބާރާތެއް ކަމަށެވެ.

ނަމަވެސް އެކި ސަބަބުތަކާއި ހުރެ މިދިޔައަހަރު މުބާރާތް ނުބޭއްވި ދިޔައީ، އެކަމަކު މި ފަހަރު މަސައްކަތް މިކުރަނީ ހުރިހާ ގޮތަކުން ވެސް ކުރީ މުބާރާތަށް ވުރެ ފެންވަރު ރަގަޅު މުބާރާތެއް ބޭއްވޭތޯ. އެގޮތުން ފުރަތަަމަ މުބާރާތުގައި ޗެމްޕިއަންކަން ޓީމަށް 10,000 ރުފިޔާ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، މި އަހަރު އެ އަދަދު މިވަނީ 25,000 ރުފިޔާ އަށް ބޮޑުކޮށްފައެވެ. އަދި ރަނަރަޕް ޓީމަށް މި އަހަރު ވަނީ 10,000 ރުފިޔާ ހުށަހަޅާފައެވެ.

މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި ހަތަރު ޓީމުގެ މެދުގައި ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއް މެޗު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ފައިނަލަށް ހޮވޭގޮތަށެވެ.

މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ ސޭލްސްކޯ ހާޑްވެއާ އެވެ. އަދި އޮފިޝަލް ކިޓް ސްޕޮންސަރަކަށް އެލިޓެޒް ޖާޒީ އެވެ. މީގެއިތުރުން މުބާރާތުގެ މީޑިޔާ ޕާޓްނަރަކަށް ހަމަޖައްސާފައި ވަނީ ވޮއިސް އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.