ޕެޓިޝަންގައި ސޮއިކުރި ބައެއް ހެލްތް ވޯކަރުން. ފޮޓޯ: އަލްޖަޒީރާ
ދުނިޔެ
16 Nov 2023 | 14:57
ޣައްޒާގައި ކުރިއަށްދާ ހަނގުރާމަ ހުއްޓާލުމަށް އޮސްޓްރޭލިޔާގެ ހެލްތް ވޯކަރުން ގޮވައިލައިފި

ފަލަސްޠީނުގެ ޣައްޒާގައި ކުރިއަށްދާ ހަނގުރާމަ ހުއްޓާލުމަށް އޮސްޓްރޭލިޔާގެ 40،000 ހެލްތް ވޯކަރުން ސޮއިކޮށްފައިވާ ޕެޓިޝަނަކުން ގޮވައިލައިފިއެވެ.

40،000 ހެލްތް ވޯކަރުން ސޮއިކޮށް އޮސްޓްރޭލިޔާގެ ޕާލިމެންޓް ހައުސްއަށް ހުށައަޅައިފައިވާ ޕެޓިޝަންގައި ބުނެފައިވަނީ ވަގުތުން ވަގުތައް އިންސާނިއްޔަތަށްޓަކައި ހަމަލާތައް މެދުކަނޑައިލުމަށެވެ.

“މިހިނގަމުންދާ އަނިޔާވެރިކަން ކުރިއަށްދާތަން ބަލަހައްޓައިގެން ބަސް ހުއްޓާލައިގެން ތިބެވޭކަށް ނެތް، އެކަން ވާނީ އަހަރެމެންގެ “މެޑިކަލް އެތިކަލް ޕްރިންސިޕަލް” ތަކާއިވސް ޚިލާފު ކަމަކަށް” އޮސްޓްރޭލިޔާގެ ހެލްތް ވޯކަރުންގެ ޕެޓިޝަންގައި ބުނެފައިވެއެވެ.

މީގެިއތުރުންވެސް ދުނިޔޭގެ އެކި ޤައުމުތަކުންނާއި ބައިނަލް އަޤްވާމީ ޖަމާޢަތް ތަކުން ދަނީ އިޒްރާއިލުން ޣައްޒާގެ އަލް ޝިފާގައި ހިންގަމުންއަންނަ އަނިޔާވެރި ޢަމަލުތައް ކުށްވެރިކުރަމުންނެވެ.

އެގޮތުން، ސަޢުދީޢަރަބިއްޔާއިން މިއަދު ވަނީ އިޒްރާއިލުން ޣައްޒާގެ އަލް ޝިފާއަށް ވަދެ ހިންގަމުންދަ ޖަރީމާތަކާއި ޖޯޑަން ހޮސްޕިޓަލްގެ ގޯތިތެރެއަށް ރޭ އިޒްރާއިލުން ދިން ހަމަލާ ކުށްވެރިކޮށްފައެވެ.

އިޒްރާއިލުން ޣައްޒާއަސް ހުއްޓުމެއް ނެތި ދެމުންދާ ގެއްލުންދެނިވި ހަމަލާތަކުގައި ފަލަސްޠީނުގެ 11،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި ބޮޑު ބައެއް ހިއްސާ ކުރަނީ ކުޑަކުދިންނާއި އަންހެނުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.