އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕް-- ފޮޓޯ: އެޑިޝަން އެމްވީ
ހަބަރު
16 Nov 2023 | 12:33
އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު ކަމުގެ އިންތިޚާބަށް ހުޅުވާލައިފި

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު ކަމުގެ އިންތިޚާބަށް ހުޅުވާލައިފިއެވެ.

މިކަމާއި ގުޅިގެން އެމްޑީޕީން ނެރެފައިވާ އިއުލާނެއްގައި ވަނީ ޕާޓީގެ ހުސްވެފައިވާ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު ހޮވުމަށް ބާއްވާ އިންތިޚާބު 23 ނޮވެމްބަރު 2023 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދުން ފެށިގެން 18 ނޮވެމްބަރ 2023 ވާ ހޮނިހިރު ދުވަހުގެ 18:00 ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.

އެމްޑީޕީން އާ ޕީޖީ ލީޑަރެއް ހޮވުމަށް ހުޅުވާލައިފައިވަނީ ކުރިން އެމަގާމުގައި ހުންނެވި މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ހޮވުމާއި ގުޅިގެން  އެ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އަސްލަމް މަޖިލީހުގެ ރައީސް ގެ ގޮތުގައި ހަމަޖައްސާފައި ވަނީ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން މެމްބަރުންގެ މެދުގައި ނެގުނު ވޯޓަކުންނެވެ.

އަސްލަމް އެމްޑީޕީގެ ޕީޖީ ލީޑަރުގެ މަގާމަށް އައްޔަނު ކުރެވުނީ ފެބްރުއަރީ 2022 ގައި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Jul 2026
އަމާޒަކީ ފެންވަރު ރަނގަޅު ދަތުގެ ފަރުވާ، ފަސޭހައިން ރައްޔިތުންނަށް ލިބުން: ނާއިބު ރައީސް
ދަތުގެ ފަރުވާއާގުޅޭ ޚާއްޞަ ދާއިރާތަކުން ދިވެހި ސްޕެޝަލިސްޓުން ޚިދުމަތުގައި މިއަދު ތިއްބެވުމަކީ ފަޚްރުވެރިވެވަޑައިގަންނަވާ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވި އެވެ.
08 Jul 2026
އެމްޑީޕީގެ މަގު ޗާޓު ކޮމިޓީ އެކުލަވާލައިފި، މުގައްރިރަކީ ފައްޔާޒް
އެމްޑީޕީން މިރޭ ބުނީ އެ ޕާޓީގެ ސެކްރެޓޭރިއެޓުން ވަނީ ޕާޓީގެ އަސާސީ ގަވާއިދު އާއި ހިންގުމަށް އަންނަންޖެހޭ ބަދަލުތަކުގެ މަގު ޗާޓު އެކުލަވާލާފައި ކަމަށެވެ.
08 Jul 2026
ރާއްޖެ-އިންޑިއާ އެފްޓީއޭއާ ގުޅޭ މުހިންމު މަޝްވަރާތަކެއް ބާއްވައިފި
މި ބައްދަލްވުމާއި ގުޅޭގޮތުން މިނިސްޓަރު ސައީދު ވިދާޅުވީ މިއީ ވަރަށް ކާމިޔާބު އެހާމެ އުފެއްދުންތެރި މަޝްވަރާތަކެއް ކުރިއަށް ގެންދެވުނު ބައްދަލްވުމެއް ކަމަށެވެ.
08 Jul 2026
ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެެއް, އަނިޔާވި މީހާއަށް ފަރުވާ ދެނީ
​މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާ ވެގެން ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ވެސް ބުންޏެވެ.
08 Jul 2026
ވިނަރެސްގެ ކަރަންޓު ފޮށިތަކަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު
ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫ، ލުކިންގްލާސް / ނަޞްރުﷲ ޝަކީލު ޙުސައިން (38އ) އެވެ.
08 Jul 2026
ޗައިނާއިން ރާއްޖެއަށް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ހަދިޔާކޮށްފި
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، ސަފީރު ކޮންގް ޝިއަންހުއާ ވަނީ ރަސްމީކޮށް މި ކުޅިވަރު ސާމާނުތައް މިނިސްޓަރު ރާފިޢުއާ ހަވާލުކުރައްވާފަ އެވެ.
08 Jul 2026
ޔުނިސެފުން ރާއްޖެއަށް 28,000 މީސަލްސް އެމްއާރް ވެކްސިން ޑޯޒު ހަދިޔާކޮށްފި
ޔުނައިޓެޑް ނޭޝަންސް އިންޓާނޭޝަނަލް ޗިލްޑްރަންސް އެމަޖެންސީ ފަންޑް، ޔުނިސެފުން ރާއްޖެއަށް 28,000 މީސަލްސް ރުބެއްލާ އެމްއާރް ވެކްސިން ޑޯޒާއި ސިއްހީ ބައެއް ސާމާނު ހަދިޔާކޮށްފި އެވެ.
08 Jul 2026
އައްޑޫއާ 933 ކިލޯ މީޓަރު ދުރަށް ބިންހެލުމެއް، ރާއްޖެއަށް އަސަރެއް ނުކުރާނެ
މެޓް އޮފީހުން ބުނީ ބިންހެލުމުގެ ސީދާ ނުރައްކާ ރާއްޖެއަށް ނުކުރާނެ ކަމަށެވެ.