އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް-- ފޮޓޯ: އެޑިޝަން އެމްވީ
ހަބަރު
16 Nov 2023 | 13:01
ސަޕްލިމަންޓަރީ ބަޖެޓާމެދު އެމްއެމްއޭއިން ގިނަ ކަންބޮޑުވުންތަކެއް ފާހަގަކޮށްފި

މިއަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ސަޕްލިމަންޓަރީ ބަޖެޓާމެދު ދިވެހި ރާއްޖޭގެ މަރުކަޒީ ބޭންކު، އެމްއެމްއޭއިން ގިނަ ކަންބޮޑުވުންތަކެއް ފާހަގަކޮށްފިއެވެ.

ސަޕްލިމަންޓަރީ ބަޖެޓާމެދު މަރުކަޒީ ބޭންކުގެ ލަފައަށް ރައްޔިތުންގެ މަޖިލީހުން އެދުމާ ގުޅިގެން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ސޮއިކުރައްވައި ފޮނުއްވި ސިޓީގައި ބޮޑެތި ކާރިސާތައް ކުރިމަތިވެ އިޤުތިޞާދީ ލޮޅުން އަރާ ހާލަތުގައި މެނުވީ ސަޕްލިމަންޓަރީ ބަޖެޓު ހުށަނޭޅުމަށް ލަފާދީފައިވެއެވެ.

އަދި ކުރިއަށް އޮތް ތަނުގައިވެސް ޚަރަދު ހަމަޖައްސަން ސަޕްލިމަންޓަރީ ބަޖެޓު ހުށަހަޅަންނުޖެހޭ ގޮތަށް ބަޖެޓުގެ އޯވާސައިޓު އިންތިޒާމުތައް ހަމަޖެއްސުމަށް އެ ބޭންކުން ލަފާދެއެވެ.

ގަވަރުނަރު އަލީ ހާޝިމް އިތުރަށް ފާހަގަކުރެއްވި އެއް ނުކުތާއަކީ ހުށަހަޅާފައިވާ ސަޕްލިމަންޓަރީ ބަޖެޓުގައި 4.2 ބިލިއަން ރުފިޔާ ބޭރުގެ ފަރާތްތަކުން ދަރަންޏަށް ހޯދުމަށް ހިމަނާފައިވާ ކަމެވެ.  މި އަހަރުގެ ފާއިތުވި ތަނުގައި ލިބޭނެކަމަށް އަންދާޒާކުރި މިންވަރަށް ބޭރުގެ ފައިނޭންސިންއާއި ހިލޭ އެހީ ލިބިފައި ނެތުމުން، ކުރިއަށް އޮތް ދޮޅުމަސްދުވަހުގެ ތެރޭގައި ސަޕްލިމަންޓަރީ ބަޖެޓުގައި ހޯދުމަށް ކަނޑައެޅި ފައިސާ ނުލިބުމުގެ ފުރުސަތުގެ ބޮޑުކަމަށްވެސް އެމްއެމްއޭއިން ވަނީ ފާހަގަ ކޮށްފައެވެ.

މި އަހަރު އެކަނިވެސް ގިނަ އަދަދެއްގެ ފައިސާ ޗާޕުކުރަންޖެހުނުކަމަށާއި، 2022 ވަނަ އަހަރުގެ ތެރޭގައި ޗާޕުކުރި ފައިސާއިން ބޮޑު އަދަދެއް މިހާރު ސަރުކާރުން ސެކިއުރިޓައިޒްކޮށް ދިގު މުއްދަތުން އަދާކުރާ ބޮންޑަކަށް ބަދަލުކުރުމަށްފަހު، މި އަހަރު ޗާޕުކުރި ފައިސާގެ ތެރެއިން 4.3 ބިލިއަން ރުފިޔާ ސެކިއުރިޓައިޒްކޮށްފައިވާކަން އެމްއެމްއޭއިން ފާހަގަކުރިއެވެ.  ހަމައެހެންމެ ދައުލަތުގެ ރިޒާވް އެއް މިންގަނޑެއްގައި ހިފަހެއްޓުމަށް ބޭރުން ހޯދަން ކަނޑައަޅާފައިވާ 4.2 ބިލިއަން ރުފިޔާ ހޯދުމަކީ މުހިއްމު ކަމެއްކަމަށާއި، ބައިނަލްއަޤުވާމީ ބާޒާރުގައި ތެލުގެ އަގަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން ރިޒާވަށް ބޮޑެތި ދަތިތައް ކުރިމަތިވެފައިވާކަމަށް އެ އިދާރާއިން ބުނެއެވެ.

މިހުރިހާ ކަމަކަށް އަލިއަޅުވާލާ އެމްއެމްއޭއިން އެދުނީ ދައުލަތުގެ ރިކަރަންޓު ޚަރަދުތައް ކުޑަކުރުމަށެވެ. އަދި ކެޕިޓަލް ޚަރަދުތައް ހިންގުމުގައި ކޮންމެހެން ހިންގަންޖެހޭ ކަންކަމަށް އިސްކަން ދިނުމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
31 Jul 2026
ޕޮއިސްޑް މަޝްރޫޢާއެކު އަހަރަކު 3.13 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ: ފެނަކަ
31 Jul 2026
ސްރީލަންކާގެ ކުރީގެ ފުލުސް ވެރިޔާއަށް މަރުގެ ޙުކުމް އިއްވައިފި
ތިން ފަނޑިޔާރުންގެ ބެންޗުގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެ ޙުކުމް އިއްވީ ޖިނާއީ އިހުމާލާއި ވާޖިބު އަދާނުކުރުމުގެ ކުށާއި މީހުން މެރުމަށް ވާގިވެރިވުމުގެ ކުށް ސާބިތުވެގެންނެވެ
31 Jul 2026
ތަޖުރިބާކާރުން ހިމެނޭ ޤައުމީ ލަފާދޭ މަޖިލީހެއް އެކުލަވައިލައްވަނީ
ރައީސް ވިދާޅުވީ ޤައުމަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އެތައް ބޭފުޅުންނެއް ތިއްބެވި ކަމަށާއި އެ ބޭފުޅުންނަށް ޤައުމީ ކަންކަމުގައި ޚިޔާލު ހުށަހެޅޭނެ ރަސްމީ އޮނިގަނޑެއް ބޭނުންވާ ކަމަށެވެ
31 Jul 2026
ބީއެމްއެލްގެ ސީއީއޯ ޝަރީފް، އޭޝިއާގެ ބޭންކިން ޖަމިއްޔާގެ އެންމެ އިސް މަޤާމަށް
31 Jul 2026
މޮރޯކޯއިން އެތައްހާސް ރެފިއުޖީންނެއް ސްޕެއިންގެ ސެއުޓާއަށް ވަދެގަނެއްޖެ
ސެއުޓާ ސަރަހައްދުގެ ކަމާބެހޭ ފަރާތްތަކުން އިންޒާރު ދޭ ގޮތުގައި ހިޖުރަވެރިން ބަލައިގަންނަ ނިޒާމަށް މިހާރު ވަނީ އޮބިނޯންނަ ވަރަށް ބާރުބޮޑުވެފައެވެ.
31 Jul 2026
އެސްޓީއޯ ޓަވަރު އެޕާޓްމަންޓުގައި އަލިފާނުގެ ހާދިސާ ހިނގީ އެގްޒޯސްޓެއްގައި ރޯވެގެން
މިހާދިސާގެ ސަބަބުން ފާޚާނާގެ ސީލިންގަށް ގެއްލުންތަކެއް ލިބިފައިވީނަމަވެސް އެއްވެސް މީހަކަށް އަދި އިތުރު އެއްްޗަކަށްވެސް ގެއްލުމެއް ލިބިފައެއްނުވާކަމަށް ޑިޒާސްޓާއިން ބުންޏެވެ
31 Jul 2026
މޫސުން ރަނގަޅެއް ނުވޭ؛ ރީނދޫ ސަމާލު ދަންމާލައިފި
މެޓް އޮފީހުން ބުނި ގޮތުގައި، މި ވަގުތުތަކުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިގަދަވާނެއެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށްގަދަވާނެއެވެ.
31 Jul 2026
މޫސުން ގޯސްވެ، ކަނޑުމަތީގެ ހާދިސާތައް އިތުރުވަމުންދާތީ ފުލުހުންގެ އިލްތިމާސެއް
މޫސުން މިގޮތަށް ހުރުމުގެ ސަބަބުން ކަނޑުމަތީގެ ތަފާތު ހާދިސާތައް ހިނގަމުންދާތީ، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، މޫސުން ގޯސްނަމަ ދަތުރު ނުކުރުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރުތަކުގައި ސަލާމަތީ ހުރިހާ ފިޔަވަޅުތަކެއް ފުރިހަމަކުރުމަށާއި، ދަތުރުގެ ތަފުސީލު ކަމާބެހޭ އިދާރާތަކާ ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.