އަލްޝިފާގެ ސްޕެޝަލް ސާޖަރީސް ބިލްޑިންގް. ފޮޓޯ:އަލްޖަޒީރާ
ދުނިޔެ
16 Nov 2023 | 13:12
އަލްޝިފާ އަށް ބޮޑެތި ގެެއްލުންތަކެއް، މީހުންތައް ގެންދިޔަ ތަނެއް ނޭނގެ!

އަލް ޝިފާ މެޑިކަލް ކޮމްޕްލެކްސްގައި ހުންނަ ޢިމާރާތެއް ހަލާކުކޮށްލައި، އެތަނުގެ ތެރޭގައި ތިބި މީހުން އިޒްރާއިލް ސިފައިން ގެންގޮސްފިއެވެ.

އަލްޖަޒީރާގައި ބުނެފައިވަނީ އަލް ޝިފާ މެޑިކަލް ކޮމްޕްލެކްސްގެ ޚާއްސަ ސާރޖަރީތައް ކުރުމަށް ޚާއްސަ ޢިމާރާތް އިޒްރާއިލް ސިފައިން ހަލާކުކޮށްލައިފައިވާ ކަމަށާއި އެޢިމާރާތުގެ ތެރޭގައު ތިބި މީހުން ގެންދިޔަ ތަނެއް ނޭނގޭ ކަމަށެވެ.

މީގެ އިތުުރުން އަލް ޝިފާގެ ތެރޭގައި ހުންނަ ބޭސް ރައްކާ ކުރާ ގުދަނެއް އިޒްރާއިލް ސިފައިން ގޮއްވައިލައި، ހޮސްޕިޓަލްގެ އެތެރޭގައި ހުރި މެޑިކަލް ސާމާނަށް ބޮޑެތި ގެއްލުންތަކެއް ދީ ހަލާކުކޮސްފައިވާ ކަމަށެވެ.

އަލްޖަޒީރާގައި ބުނެެފައިވަނީ 200 އެއްހާ މީހުން ކަނުބަނދެގެން ސުވާލުކުރުމަށް ކަމަށް ބުނެ ގެންގޮސްފައިވާ ކަމަށާއި، އެމީހުން ގެންދިޔައީ ކޮންތާކަށް ކަން ނޭނގޭކަމަށާއި އަދި އެމީހުންގެ ތަދުބީރަކީ ކޮބައިކަން އެނގިފައިނުވާ ކަމަށެވެ.

އަލްޖަޒީރާގައި އަލްޝިފާގެ އެތެރޭގައި ހުރި މީހަކާއި ހަވާލާދީ ބުނެފައިވަނީ 30 މީހަކު ބަރަހަނާކޮށްގެން ގެންދާ މަންޒަރު ފެނިފައިވާކަމަށާއި، އެމީހުން އަލް ޝިފާގެ ކޯޓްޔާޑަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ކަނު ބަނދެގެން އެތައްބަޔަކު ގެންގޮސް ބައިބަޔަށް ބަހައިލައިފައިވާ ކަމަށެވެ.

އިޒްރާއިލުން އަލް ޝިފާގެ ތެރޭގައި ހަމާސްގެ ހަނގުރާމަވެރިން ފޮރިވިގެން ތިބިކަމަށް ބުނެ އަލްޝިފާއަށް ވަތް ނަމަވެސް، އިޒްރާއިލުގެ ޔަހޫދީ ސިފައިން އަލް ޝިފާއަށް ވަދެ ހިންގި ޖަރީމާތަކުން އެކަން ސާބިތު ކޮށްދެވިފައެއް ނުވެއެވެ.

އިޒްރާއިލަށް އެމީހުންގެ ވާހަކަތައް ސާބިތު ކޮށްނުދެވުނު އިރު އިޒްރާއިލުން ދަނީ އަލް ޝިފާއަށް ބޮޑެތި ގެއްލުންތަކެއް ދެމުންނެވެ.

ފާހަގަ ކޮށްލަން ޖެހޭ ކަމަކީ އިޒްރާއިލުން އަލް ޝިފާގެ ތެރޭގައި ހިންގަމުންދާ ޖަރީމާތައް ހިންގަމުންދަނީ އެތަނުގެ ވަށައިގެން ހަނގުރާމައިގެ ބަރު ހަތިޔާރުތައް ބަހައްޓައިގެން ކަމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jul 2026
ނީޓް ޕޭޕަރު ލީކްވި މައްސަލަ؛ ބޮޑުވަޒީރު މޯދީ ވިދާޅުވީ ހަރުކަށި ފިޔަވަޅު އަޅުއްވާނޭކަމަށް
24 Jul 2026
އައިއޭސީން ބަންގްލަދޭޝްގައި އެހީގެ ތަކެތި ބެހުމުގެ މަސައްކަތް އިތުރަށް ފުޅާކޮށްފި
23 Jul 2026
ޕާސްޕޯޓް ހިދުމަތަށް އެދުމުގައި ރައްޔިތުންނަށް އިތުރު ފަސޭހައެއް
އަލަށް ގެނައި މި ބަދަލުތަކާއެކު ޚިދުމަތް ހޯދާ ފަރާތްތަކަށް ކުރިމަތިވާ ދަތިތައް ކުޑަކޮށް އެންމެ ޒަމާނީ ނިޒާމެއްގެ ތެރެއިން ޚިދުމަތް ލިބޭނެ މަގު ވަނީ ފަހިކޮށްދީފައެވެ
23 Jul 2026
ވެމްކޯ ބްރިޖްދަށުން ބިޔަރު ދަޅުތަކަކާއެކު ދިވެއްސަކު އަތުލައިގަނެފި
ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓުން މިއަދު ހިންގި ހާއްސަ އޮޕަރޭޝަންގައި ކަމަށެވެ
23 Jul 2026
ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު، ތަޞްދީޤުކުރައްވައިފި
މި ޤާނޫނަށް އަމަލުކުރަން ފަށާނީ، ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީޚުން ފެށިގެން 180 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ
23 Jul 2026
އަލީ ރަމީޒް ފާހަގަކުރެއްވީ މިސްކިތްތަކަށް ގެއްލުންދިނުން ނުހުއްޓުވައިފިނަމަ ދެން ވާނެގޮތް
އަލީ ރަމީޒް ވިދާޅުވީ މިސްކިތްތަކަށް ގެއްލުންދޭދިނުން ނުހުއްޓުވައިފިނަމަ، ކަންކަން ފާލުން ނައްޓައިގެން ހިނގައިދާނެ ކަމަށެވެ
23 Jul 2026
މޯލްޑިވްސް ހާފް މެރަތަންގެ އެކްސްކްލޫސިވް ބޭންކިންގ ޕާޓްނަރަކަށް ބީއެމްއެލް
2،000 އަށްވުރެ ގިނަ ބައިވެރިންނާއެކު ބާއްވާ މި ދުވުން ކުރިއަށް ދަނީ 8 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. މީގެ ތެރޭގައި ހާފް މެރަތަން، 15 ކިލޯމީޓަރު ، 10 ކިލޯމީޓަރު ، 5 ކިލޯމީޓަރު ފަން ރަން، 5 ކިލޯމީޓަރު ވީލްޗެއަރ ރޭސް، ކިޑްސް މައިލް އަދި ފެމިލީ ރަންތައްހިމެނެއެވެ.
23 Jul 2026
ސަރުކާރު ހަތަރު ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނު ކޮށްފި
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ޑިރެކްޓަރުން އައްޔަންކުރީ، ‏މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި، ‏ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑާއި، ‏އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ އިތުރުން ‏ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށެވެ.