އިންދޮނީސީ ހޮސްޕިޓަލަށް އައިއޭސީގެ އެހީ ފޮރުކޮށްދެނީ--ފޮޓޯ/އައިއޭސީ
ހަބަރު
16 Nov 2023 | 17:40
އައިއޭސީ އިން އިންދޮނީސީ ހޮސްޕިޓަލަށް މެޑިކަލް ސާމާނު ފޯރުކޮށްދީފި

އިންޓަރނޭޝަނަލް އެއިޑްސް ކެމްޕޭނުން ޣައްޒާގެ އިންދޮނީސީ ހޮސްޕިޓަލަށް މެޑިކަލް ސާމާނު ފޯރުކޮށްދީފިއެވެ.

އައިއޭސީ އިން ބުނީ ޣައްޒާގެ އިންޑޮނީސީ ހޮސްޕިޓަލަށް ދިވެހި ރައްޔިތުންގެ އެހީގައި ބޭސް ފޯރުކޮށްދެވިއްޖެ ކަމަށެވެ. އައިއޭސީ އިން ބުނީ އަނިޔާވެރި ޞަޙްޔޫނީންގެ ހަމަލާތަކުގައި އަނިޔާވާ މީހުންނަށް ފަރުވާދިނުމުގައި ޣައްޒާގެ ހުރިހާ ހޮސްޕިޓަލަކަށް ވެސް ވަނީ ބޮޑެތި އުނދަގޫތަކާއި ކުރިމަތިލާން ޖެހިފައި ކަމަށެވެ. އެގޮތުން އިންޑޮނީސީ ހޮސްޕިޓަލަށްވެސް ވަނީ ކަރަންޓާއި ބޭސްފަރުވާގެ ސާމާނު ލިބުމުގެ ދަތިކަން ފޯރާފައި ކަމަށްވެސް އައިއޭސީ އިން ބުނެފައިވެއެވެ.

އައިއޭސީ އިން ބުނީ 10،000 ޑޮލަރުގެ މެޑިކަލް ސާމާނު ޣައްޒާގެ އިންދޮނީސީ ހޮސްޕިޓަލަށް ހަދިޔާކުރެވިފައިވާ ކަމަށެވެ.

މީގެ ދެދުވަސް ކުރިން އައިއޭސީ އިން ތައްޔާރުކުރި އެހީ ޤާފިލާއެއް ވަނީ ރަފާޙް ބޯޑަރު ހުރަސްކުރާ ސަރަހައްދަށް ގޮސްފައެވެ.

އައިއޭސީ އިން ބުނީ އެ ޤާފިލާގައި މުޅި ޖުމްލަ 6 ޓްރަކް ހިމެނޭނެ ކަމަށާއި އެއީ 40 ފޫޓުގެ ކޮންޓެއިނަރތަކެއް ކަމަށެވެ. އަދި އެ ޤާފިލާގައި 3 ޓްރަކް މެޑިކަލް ސާމާނާއި، 2 ޓްރަކް ފެން އަދި 1 ޓްރަކް ގޮދަން ފުށް ހިމެނޭކަމަށެވެ.

އައިއޭސީ އިން ދަނީ ޣައްޒާގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދެވެން މަގުފަހިވަމުން ދާ މިންވަރަކުން އެހީފޯރުކޮށްދެމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.