އެމްޓީސީސީ ހިންގުމާއި ހަވާލުވެގެން ހުންނެވި އާދަމް އާޒިމް-- ފޮޓޯ: ޖަޒީރާ
ހަބަރު
17 Nov 2023 | 10:07
މުވައްޒަފުންގެ ފަރާތުން ލިބުނު ލޯތްބާއި އިހްތިރާމަށް އާޒިމްގެ ޝުކުރު!

އެމް.ޓީ.ސީ.ސީ ގެ މުއައްޒަފުން ބެހެއްޓެވި ގާތްކަމަށާއި، ދެއްވި ލޯތްބާ އިހްތިރާމަށް ކުންފުނީގެ ހިންގުމާއި ހަވާލުވެގެން ހުންނެވި އާދަމް އާޒިމް ޝުކުރު އަދާކުރައްވައިފިއެވެ.

އާޒިމް މިފަދައިން ވިދާޅުވީ މިއަދު ޓްވިޓާގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެމް.ޓީ.ސީ.ސީ ގެ ހުރިހާ މުއައްޒަފުންނަށާއި މުއައްޒަފުންގެ އާއިލާތަކަށް އަދަށްވުރެ އުފާވެރި ދުވަސްތަކެއް އެދޭ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

އެމް.ޓީ.ސީ.ސީއަށް އާޒިމް ކޮށްދެއްވި މަސައްކަތް ތަކުގެ އަަގު ވަޒަންކޮށް އެކުންފުނީގެ މުއައްޒަފުންވަނީ އާޒިމް އަށް ޝުކުރު އަދާކުރުމަށް ވީޑިއޯއެއް ތައްޔާރު ކޮށް މީސް މީޑިއާއަށް ދޫކޮށްލާފައެވެ.

"އަޅުގަނޑު އެމް.ޓީ.ސީ.ސީ އަށާއި ގައުމުއަށް ކޮއްދިން ހިދުމަތް ބަލައިގަނެ ހަދިޔާއަކަށް މި ލޯބި ވީޑިއޯ ދެއްވީތީ ވަރަށް ލޯތްބާއެކު ހުރިހާ މުއައްޒިފުންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރިއްޔާ." އާޒިމް ވިދާޅުވިއެވެ.

އެމް.ޓީ.ސީ.ސީ ހިންގެވުމާ އާދަމް އާޒިމް ހަވާލުވެ ވަޑައިގަތްއިރު، އެ ކުންފުނި އޮތީ ވަރަށް ނާޒުކު ފައްތަރެއްގަ އެވެ. އޭރު ކުންފުނި އޮތީ ވަރަށް ބޮޑަށް އަޑިއަޅާލައި، ގެއްލުންތަކެއްގެ ތެރޭގަ އެވެ.

ނަމަވެސް، އެ ކުންފުންޏާ ހަވާލުވެވަޑައިގެން އާޒިމް މަސައްކަތް ފެއްޓެވީ ވަރަށް ބޮޑު އުންމީދަކާ އެކު އެވެ. މަގާމާ ހަވާލުވެ ވަޑައިގަތްތާ އަހަރެއްވި އިރު، އެމް.ޓީ.ސީ.ސީ ދައްކަމުން އައީ މުޅިން ތަފާތު މަންޒަރެކެވެ. ފައިދާވާ ކުންފުންޏަކަށް އެ ކުންފުނި ބަދަލުކޮށް، ރާއްޖޭގެ އެންމެ ބިޒީ ކުންފުންޏަކަށް އެމް.ޓީ.ސީ.ސީ ބަދަލުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް