ކުރީގެ ރައީސް މުހައްމަދު ނަޝީދު--
ހަބަރު
17 Nov 2023 | 13:56
އަޅުގަނޑުމެން މިތިބީ ނާޒުކު ފައްތަރެއްގައި؛ ޑިސެމްބަރ ވާނީ އުނދަގޫ މަހަކަށް: ރައީސް ނަޝީދު

ދިވެހިރާއްޖެ މިވަގުތު މިއޮތީ އިގްތިސާދީ ގޮތުން ނާޒުކުރު ފައްތަރެއްގައި ކަމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި މަޖިލީހުގެ މައްޗަން ގޯޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެ ވެރިކަން މިއަދު ނިމިގެންދާއިރު އެމަނިކުފާނާއި، އެމަނިކުފާނުގެ ސަރުކާރު ހިންގަމުންދާ މައި ޕާޓީ، އެމްޑީޕީން ދައުރު ނިންމާލަނީ، މަދުން ނޫނީ ދިވެހި ވެރިކަމެއްގައި ދިވެހި ޚަޒާނާއަށް ދަތި ނުވާ މިންވަރަށް ދަތި ކުރައްވާފައި ކަމަށެވެ. 

އެހެންކަމުން ރާއްޖެ އޮތީ މާލީ ގޮތުން ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށާ، ބަޖެޓް ސަޕޯޓް ހޯދުމަށް އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒަށްވެސް ދަތިވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. 

"އަޅުގަނޑުމެން މި ތިބީ ވަރަށް ނާޒުކު ފައްތަރެއްގައި. ޑރ. މުއިއްޒުއަށް ވެސް އަވަހަށް ބަޖެޓު ސަޕޯޓު ހޯދަން ދަތިވާނެ. ޑިސެމްބަރު ވާނީ އުނދަގޫ މަހަކަށް،"

މަޖިލީހުގެ ތަޅުމުގައި ސަޕްލިމެންޓްރީ ބަޖެޓަށް ބަހުސް ކުރައްވަމުން ވެސް ރައީސް ނަޝީދު ވަނީ، ރާއްޖޭގެ މާލީ ހާލަތާއިމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ސަޕްލިމެންޓްރީ ބަޖެޓަކީ މި ސަރުކާރުން ކޮށްފައިވާ ވައްކަމުގެ ރަސީދެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. 

"މިއީ ސަޕްލިމެންޓްރީ ބަޖެޓެއް ނޫން. މިއީ ވައްކަމުގެ ރަސީދެއް. ވަރަށް މަދުން ވައްކަމުގެ ރަސީދެއް އަޅުގަނޑުމެންނަށް ލިބޭނީ. އެއްޗެއް ގަތީމާ ގިނަ ފަހަރަށް ރަސީދެއް މި ލިބެނީ. މިއޮތީ. މާލީ ވަޒީރާއި ސަރުކާރު ވައްކަން ކުރައްވާފައި، ރަސީދެއް މިތަނަށް ފޮނުއްވާފައި. މިއޮތީ ވައްކަމުގެ ރަސީދެއް. މިއަށްވުރެ ވަރުގަދަ ހެއްކެއް، ވަރުގަދަ ގަރީނާއެއް ނެތް. މިއޮތީ ބައިތުލްމާލުން އެތައް ބައެއް ނަގާފައި." ނަޝީދު ވިދާޅުވި އެވެ. 

އަދި ބޭރު ގައުމަކުން އިންތިހާއަށް ފައިސާ ނުދީފިނަމަ، މި އަހަރު ނިމޭއިރު ތިބެންޖެހޭނީ މުސާރަ ވެސް ނުދީކަމަށާ، މި ސަރުކާރަށް މި ފަސް އަހަރު ތެރޭ ޚަރަދެއް ނުބެލެހެއްޓުނު ކަމަށް އެ މަނިކުފާނު ތުހުމަތުކުރެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް