ނިމިގެންމިދާ ދައުރުގެ ނައިބު ރައީސް ފައިސަލް ނަސީމް-- ފޮޓޯ: ދުވަސް
ހަބަރު
17 Nov 2023 | 15:06
މަސައްކަތް ކޮށްފައިވާނީ ކުރި ހުވައާއި އެއްގޮތަށް މަސްއޫލިއްޔަތު އަދާ ކުރެވޭތޯ: ނައިބު ރައީސް ފައިސަލް

ދިވެހި ރައްޔިތުންގެ ފަރާތުން ފާއިތު ވެގެން ދިޔަ 5 އަހަރު ތެރޭ ލިބުނު އެއްބާރުލެއްވުމާއި ބެހެއްޓެވި ގާތް ރަހްމަތްތެރި ކަމަށްޓަކައި ނިމިގެންމިދާ ދައުރުގެ ނައިބު ރައީސް ފައިސަލް ނަސީމް ޝުކުރު ދަންނަވަވަިފިއެވެ.

ނައިބު ރައީސް މިފަދައިން ވިދާޅުވީ ރައްޔިތުންނާއި މުހާތަބު ކޮށް މިއަދު ދެއްވި ވަދާއީ މެސެޖްގައެވެ.

އެ މެސެޖުގައި ފައިސަލް ވިދާޅުވެފައިވަނީ  މަގާމުގެ ހައިސިއްޔަތުން ރައްޔިތުންނަށް ހިދުމަތް ކުރުމުގައި އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އޭނާއަށް ކުރެއްވި އިތުބާރާއި ބެހެއްޓެވި އެކުވެރިކަމަށްޓަކައި ވަރަށް އިހްލާސްތެރި ކަމާއެކު އެމަނިކުފާނަށް ޝުކުރު ދަންނަވާކަމަށެވެ.

“އަދި ލޮބުވެތި ދިވެހި ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ލިބުނު އެއްބާރުލެއްވުމާއި ބެހެއްޓެވި ގާތް ރަހްމަތްތެރި ކަމަށްޓަކައި ނުހަނު އިހްތިރާމާއި ލޯތްބާއެކު ޝުކުރު ދަންނަވަން” ފައިސަލް ވިދާޅުވެފައިވެއެވެ.

ފައިސަލްގެ މެސެޖުގައި ވިދާޅުވެފައިވަނީ މި ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި އެމަނިކުފާނު މަސައްކަތްކޮށްފައިވާނީ ކުރެއްވި ހުވައިގައި ސާބިތުވެހުރެ ދިވެހިރާއްޖޭގެ ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ މަތިކޮށްފައިވާ އެންމެހާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ތެދުވެރިކަމާ އަމާނާތްތެރި ކަމާއެކު އަދާކުރުމަށް ކަމަށެވެ. އަދި އަމާޒަކަށް ހެދީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ދިވެހި ދައުލަތަށާއި ރައީސުލްޖުމްހޫރިއްޔާއަށް ވަފާތެރިވެ އެއްވެސް ރައްޔިތަކު ތަފާތުނުކޮށް އިހްލާސްތެރި ކަމާއެކު ހިދުމަތް ދިނުމަށްކަމަށެވެ.

“ދިވެހި ރައްޔިތުންގެ ފުރިހަމަ ނިންމުމާއެކު ދިވެހި ގައުމު މިއަދު އަނެއްކާވެސް އަލިވިލިގެން މިދަނީ ރާއްޖޭގެ ދުސްތޫރީ ތާރީހުން މުޅިން އާ ދައުރަކަށް. މިއަދު މި ފެށޭ ރިޔާސީ އާ ދައުރަކީ ދިވެހި އުންމަތަށް ހުރިހާ ގޮތަކުންވެސް ތަރައްގީއާއި ކުރިއެރުން ގެނެސްދޭނޭ ދައުރަކަށް ވާނޭ ކަމުގައި އަޅުގަނޑު އުންމީދުކުރަން” ނައިބުރައީސް ފައިސަލް ނަސީމް ވިދާޅުވެފައިވެއެވެ.

ފައިސަލް އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ މިއަދު ހަވާލުވެވަޑައިގަންނަވާ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސެއިން މުހައްމަދު ލަތީފަށް އަދި އެބޭފުޅުންގެ ސަރުކާރަށާއި ދިވެހިރައްޔިތުންނަށް ފުރިހަމަ ކާމިޔާބާއި ކުރިއެރުމަށްއެދި މާތް الله ގެ ހަޒްރަތުގައި ދުއާ ދަންނަވާކަމަށާއި ދިވެހި ގައުމާއި ދިވެހިން ތާ އަބަދަށް މިނިވަންކަމާއި ފާގަތި ކަމުގައި ލެއްވުމަށް މާތް الله ސުބްހާނަހޫ ވަތައާލާއަށް ދުއާ ދަންނަވާކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.