ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު-- ފޮޓޯ: އެޑިޝަން އެމްވީ
ހަބަރު
18 Nov 2023 | 12:20
ކުށް މާފުކޮށްދިނުމުން އަދީބު ރާއްޖެއިން ބޭރަށް ފުރައިފި

ދައުރު ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ކުށް ސާބިތު ޖަލުހުކުމްކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މަޢާފުކޮށްދެއްވުމާއެކު، އަދީބު ރާއްޖެއިން ބޭރަށް ފުރައިފި އެވެ.

އަދީބު ރާއްޖެއިން ބޭރަށް ފުރީ ރޭގެ ވަގުތެއްގަ އެވެ. އެހެން ނަމަވެސް ދިޔައީ ކޮން ތަނަކަށްކަން އެނގިފައެއް ނެތެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ކުށް ސާބިތުވެ 20 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ އަދީބަށް ރައީސް ޞާލިހުގެ ދައުރު ނިމެން ފަސް ދުވަހަށް ވެފައި ވަނިކޮށް ވަނީ މައާފުދީ މިނިވަން ކޮށްފައެވެ.

އަދީބުގެ އިތުރުން، އެ ޚިޔާނާތުގައި އަދީބުގެ ޕާޓުނަރު ކުރީގެ މެނޭޖިން ޑިރެކްޓާ އަބްދުﷲ ޒިޔަތަަށް ވެސް ވަނީ ރައީސް ޞާލިހު މައާފުދެއްވާފަ އެވެ. 

ކުރީ ސަރުކާރުގައި އަދީބަށް ލުއި ދިނީ ޕެރޯލް ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ. 

އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ދައުލަތަށް ލިބެންޖެހޭ 1.3 ބިލިއަނަށްވުރެ ގިނަ ރުފިޔާ ވަގަށްނެގިއިރު، އަދީބު އެއިރު ހުންނެވީ ފަތުރުވެރިކަމާ ބެހޭ މިނިސްޓަރުގެ މަގާމުގަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރުސީއަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވިކަމުގެ ކުށް ސާބިތުވުމާއެކު އަދީބު ވެސް ހުރީ 20 އަހަރުގެ ޖަލު ހުކުމެއްގަ އެވެ.

އެހެން ނަމަވެސް ރައީސް ޞާލިހުގެ ސަރުކާރުން ފިން ލުޔާއެކު އަދީބު ޖަލު ހުކުން ތަންފީޒު ކުރަމުން ގެންދިޔައީ އަމިއްލަ ގޭގައި ހުރެގެންނެވެ. 

އަދީބަށް ތުހުމަތުކުރެވޭ މައްސަލަތައް ބެލުމަށްފަހު، ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމު ވަނީ އޭނާގެ މައްޗަށް މަދުވެގެން 800 އަހަރުގެ ޖަލު ހުކުމެއް އަންނާނެކަމަށް ވިދާޅުވެފަ އެވެ.

އެހެން ނަމަވެސް، ދައުލަތުން އަދީބާއެކު ހެދި އިއުތިރާފު އެއްބަސްވުމާއެކު، އަދީބުގެ ހުކުމަށް ބޮޑެތި ލުއިތަކެއް ވަނީ ދީފައެވެ. އޭގެ އިތުރުން އަދީބަށް ތުހުމަތު ކުރެވޭ ޓެރަރިޒަމްގެ ބޮޑެތި މައްސަލަތައް ވެސް ނުބެލުމަށް ވަނީ ނިންމާފަ އެވެ. 

އެމްއެމްޕީއާރުސީގެ ޚިޔާނާތް ބަލާ، އެކަމުގައި ާމިލުވާ ހުރިހާ އެންމެންނަށް ޤާނޫނުގައި ކަނޑައަޅާފައިވާ އަބަދު ދެއްވާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވައުދުވެވަޑައިގެން ނަމަވެސް، ދައުރު ނިންމަވާލައްވަމުން، އެ ޚިޔާނާތުގެ މޭސްތިރިން، އަދި ކުށް ސާބިތުވެފައިވާ އެ މުޖުރިމުންނަށް މަޢާފު ދެއްވުމާއި ގުޅިގެން، ގިނަ ބައެއްގެ ނުރުހުން ވަނީ ރައީސް ޞާލިހަށް އަމާޒުވެގެން ގޮސްފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.