ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު-- ފޮޓޯ:ރަސް އޮންލައިން
ހަބަރު
18 Nov 2023 | 19:18
ޝާހިދުގެ ސިޓީއެއް އާ ފޮރިން މިނިސްޓަރު ޒަމީރަށް

ފޮރިން މިނިސްޓަރުކަމުގެ ދައުރު ނިންމަވާލައްވަމުން މިނިސްޓަރު އަބްދުالله ޝާހިދު، އެ މަޤާމާއި އަލަށް ހަވާލުވެވަޑައިގަންނަވާ މޫސާ ޒަމީރަށް މަރުޙަބާ ދަންނަވާ ސިޓީފުޅެއް ފޮނުއްވައިފި އެވެ.

ޝާހިދު މި ސިޓީ ޓުވިޓާގައި ހިއްސާ ކުރައްވަމުން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ މަނިކުފާނު ފޮރިން މިނިސްޓްރީގެ އޮފީހުން ނުކުމެ ވަޑައިގަތީ ޒަމީރަށް މަރުހަބާގެ ސިޓީއެއް މޭޒުކޮޅު މަތީގައި ބޭއްވުމަށްފަހުގައި ކަަމަށެވެ. 

ޝާހިދުގެ ސިޓީގައި ވަނީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒަކީ 90 އަހަރުގެ ދިގު މާޒީއެއް އޮތް ވުޒާރާއެއް ކަމަށް ވިދާޅުވެފައެވެ. ހާރިޖިއްޔާއަކީ ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަތު ހިމާޔަތް ކުރުމާއި އެކު، އެއިރަކު ހުންނަވާ ރައީސުލްޖުމްހޫރިއްޔާގެ ހާރިޖީ ސިޔާސަތު ތަންފީޒުކުރުމުގެ މަސައްކަތްޕުޅުގެ އެންމެ މަތީ މަސްއޫލިއްޔަތު އަދާކުރާ ވުޒާރާ އަކީ ޚާރިޖީ ވުޒާރާކަމަށް ޝާހިދުގެ ސިޓީފުޅުގއި ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން މިނިސްޓަރ ޒަމީރަށް ޝާހިދު ފޮނުއްވި ސިޓީގައި ވަނީ މިހާރު ވަކި ގާނޫނެއްގެ ހިޔާވަހިކަމުގެ ދަށުން ހިންގަމުންދާ އެ ވުޒާރާގެ ވަޒީރުކަމުގެ މަގާމަށް ޒަމީރުއަކީ ނުހަނު ގާބިލު އަދި ހަމަ އެހާމެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެއްގެ ގޮތުގައި ދެކިވަޑައިގަންނަވާ ކަމުގައިއެވެ.

ދިވެހި ހާރިޒީ ވުޒާރާގައި މިހާރު ތިއްބެވި މުވައްޒަފުންނަކީ މި ވޭތުވެދިޔަ ފަސް އަހަރު އޭނާ ކުރެއްވި މަސައްކަތުގައި އެހީތެރިކަން ދެއްވި ޕްރޮފެޝަނަލް، ކަމަށް ގާބިލު ހީވާގި އިހްލާސްތެރި މުވައްޒަފުންތަކެއް ކަމުގައި ޝާހިދު ވަނީ ސިފަ ކުރައްވާފައެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި، ހާރިޖީ ދާއިރާއިން ކުރިއެރުމެއް ހޯދައިފާއިވާ ނަމަ އެކުރިއެރުން ހޯދައިފައިވަނީ މިހާރު ތިބި މުވައްޒަފުންގެ ސަބަބުން ކަމަށް ވިދާޅުވިއެވެ.

އެގޮތުން ޒަމީރުގެ ލީޑާޝިޕް އާއި އިރުޝާދުގެ ދަށުން ޓީމް ހާރިޖީއިން ރާއްޖޭގެ ނަން އިތުރަށް ވިދަމުންދިއުމާއި ރާއްޖެއަށް އަބަދުމެ ސަލާމަތާއި ރައްވާތެރިކަމާއި ޒަމީރަށް ކާމިޔާބީއާއި އަރުތައާއި ފުރިހަމަ ސިއްހަތާއި އުފާ ފާގަތިކަމަށް އެދިވަޑައިގަންނަވާ ކަމަށް ޝާހިދުގެ ސިޓީ ނިންމާލައްވަމުން ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.