ޣައްޒާގެ ބަލާތަ ރެފިޔުޖީ ކޭމްޕަށް އިޒްރާއިލުން ހަމަލާދީފައި. ފޮޓޯ: ޤުުދްސް ނެޓްވޯކް
ދުނިޔެ
19 Nov 2023 | 08:45
ހަނގުރާމަ ހުއްޓާލައި ޣައްޒާގެ މީހުން ނޭވާލާނެ ފުރުސަތު ދީ: ޔޫއެން

ހަނގުރާމަ ހުއްޓާލައި ޣައްޒާގެ މީހުން ނޭވާލާނެ ފުރުސަތެއް ދިނުމަށް ޔޫއެންގެ އިންސާނީ ހައްޤުތަކާއި ބެހޭ ޗީފް މާޓިން ގްރިފްތްސް ބުނެފިއެވެ.

އަލްޖަޒީރާގައި މާޓިން ބުނި ކަމަށް ބުނެފައިވަނީ ޣައްޒާގައި ބަރުދާސްތު ނުކުރެވޭ ވަރަށް ގޯސްވެފައިވާ އިންސާނީ ޙާލަތު އިތުރަށް ގޯސް ނުވަނިސް، އިޒްރާއިލުން ޣައްޒާގެ ހަނގުރާމަ ހުއްޓައިލައި ޣައްޒާގެ ރައްޔިތުންނަށް ނޭވާލާނެ ވަގުތު ދޭން ވެއްޖެކަމަށެވެ.

“ޣައްޒާގެ ރައްޔިތުނަށް ހަމަޖެހިލާނެ ކުޑަ ވަގުތުކޮޅެއް ދީ، މިފާއިތުވި ދެތިން ހަފްތާގެ ތެރޭގައި އެމީހުން ވަރަށް ގިނަ ކަންކަން ބަރުދާސްތުކޮށްފި” މާޓިން ބުނެފައިވެއެވެ.

މީގެ އިތުރުން އަލްޖަޒީރާ އާއި ވާހަކަދެއްކި ސިޔާސީ ތަޖުރިބާކާރަކު ބުނެފައިވަނީ އިޒްރާއިލުން ޣައްޒާގެ ރައްޔިތުންނާއި ދެކޮޅަށް ބަނޑަށް ޖެއްސުމާއި ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ވަސީލަތްތައް ހިފެހެއްޓުން ހަތިޔާރަކަށް ހަދައިފައިވާ ކަމަށެވެ.

އިޒްރާއިލުން ވަނީ އިންސާނީ ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ އަސާސީ ކަންކަން ޣައްޒާއަށް ފުރިހަމަ ނުވާނެހެން ބަންދުކޮށްފައި ކަމަށާއި، ޣައްޒާ އައް ވެއްދަން ގެންނަ ހުރިހާ އެއްޗެއް އިޒްރާއިލުން ދަނީ ކޮންޓްރޯލް ކުރަމުންކަމަށެވެ.

ޑަބްލިޔު އެޗް އޯ އާއި ޔޫއެންގެ ވޯލްޑް ފުޑް ޕްެރޮގްރާމުން ބުނެފައިވަނީ ޣައްޒާގެ މުޅި އާބާދީ އޮތީ އެހީތެރިކަމަށް އިންތިހާއަށް ބޭނުން ޖެހިފައިކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.