ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު--
ހަބަރު
18 Nov 2023 | 21:18
30 ދުވަސް ތެރޭ ފުށިދިއްގަރު ފަޅު ހިއްކަން ފެށޭނެ: ރައީސް މުޢިއްޒު

30 ދުވަސް ހަމަވުމުގެ ކުރިން ފުށިދިއްގަރުފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ފެށިގެން ދާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިފަދައިން ރައީސް ވިދާޅުވީ މިރޭ އޮތް ގަޑިބުރު އިފްތިތާހް ކުރުމުގެ ޖަލްސާއި ވާހަކފުޅު ދައްކަވަމުންނެވެ.

ފުށިދިއްގަރު ފަޅު 8 މަސް ދުވަހުގެ ތެރޭގައި ނހިއްކާ ނިމޭނެ ކަމަށާއި ހިއްކޭ ސަރަހައްދަކީ ހުޅުމާލޭގެ ދެފިޔަވަހި އެއްކޮށްލީމައި ހުންނަ ޖާގައިގެ ތިން ގުނަ ބޮޑު 1200 ހެކްޓަރުގެ ބިމެއްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"އެވަރު ބޮޑު ފަޅެއް މިހިއްކަނީ ދިވެހި ރައްޔިތުންނަށް ގެދޮރުވެރިކަން ހައްލު ކޮށްދިނުމަށްޓަކައި. އަޅުގަނޑުމެންގެ ސަރުކާރުގައި އެންމެ މުހިންމު މަޝްރޫއުއެއްގެ ގޮތުގައި ނޫނިއްޔާ ހައްލުކުރަން ބޭނުންވާ އެންމެ ބޮޑު ކަމެއްގެ ގޮތުގައި އަޅުގަނޑަށް ތަކުރާރުކޮށް ކެމްޕެއިންގައި ދައްކަމުން އައި ވާހަކަ އަކީ ގައުމީ މައްސަލަތަކުގެ ނަން ނަގާފައި ގެދޮރުވެރިކަން." އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ރައީސް ވިދާޅުވީ އެންމެ ބޮޑު މަޝްރޫއު ގްރޭޓާ މާލެ ރީޖަންއަށް ކަނޑައެލީ ސަބަބަކީ އެންމެ ގިނަ ރައްޔޮތުން ދިރިއުޅެނީ މިސަރަހައްދުގައި ކަމަށްވާތީކަމަށެވެ. އަދި މިހާރު ހިނގަމުންދާ ގުޅީފަލާއި ގިރާވަރުގެ މަޝްރޫއު އިތުރަށް ފުޅާކޮށް ގިރާވަރު ފަޅާއ ހަމައަށް އަޅާ ބްރިޖްގެ މަސައްކަތް ވެސް މިހާރު ދާ ސްޕީޑަށް ވުރެ ބާރަށް އެމަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

"އިންތިގާލީ މަރުހަލާގައި ލިބުނު މައުލޫމާތުގެ އަލީގައި މިހާރު ވަޒީރު ކަމާއި ހަވާލުވެވަޑައިގެން ތިއްބެވި ކަމާބެހޭ ހުރިހާ ބޭފުޅުން މަސައްކަތްތައް ފަށައިގަންނާނެ." ރައީސް ވިދާޅުވިއެވެ.

 ދައުލަތުގެ ބަޖެޓްގައި ވަނީ ފުށިދިއްގަރު ފަޅު ހިއްކުމަށް 400 މިލިއަން ރުފިޔާ ހިމަނާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.