ހަބަރު
19 Nov 2023 | 08:54
އަންހެނުން ބާރުވެރި ކުރުވުމަށް ދެއްކެވި ވާހަކަފުޅުގައި އެއްވެސް އިހުލާސްތެރިކަމެއްނެތް: އެމްޑީޕީ

އަންހެނުން ބާރުވެރިކުރަން ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި އިހުލާސްތެރިކަމެއް ނެތްކަން ހާމަވެއްޖެ ކަމަށް އިދިކޮޅު އެމްޑީޕީއިން މިއަދު ބުނެފިއެވެ.

އެމްދީޕީން މިފަދައިން ބުނީ އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ފަރާތުން ނެރުނު ބަޔާނެއްގައި ގައެވެ.

މި ބަޔާނުގައި ވަނީ 17 ނޮވެމްބަރު 2023 ގައި ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށް ފަހު އެކުލަވާލެވުނު ކެބިނެޓުގައި 22 ވަޒީރުން ތިއްބެވި އިރުވެސް ކެބިނެޓުގައި ހިމެނުނީ އެންމެ 3 އަންހެން ވަޒީރުންކަމަށާއި އެއީ ކެބިނެޓުގެ %13 ކަމަށެވެ.

ސީނިއޯރިޓީއަށް ބެލިކަމުގައި ވިޔަސް އެތަނުން އެއް އަންހެން ވަޒީރަކީ ދެވަނަ ދައުރަކަށް ވަޒީރުކަމާ ހަވާލުވެވަޑައިންނެވި، ކުރީބަރީގައި ތިއްބެވި ގިނަ ބޭފުޅުންނަށްވުރެން ސީނިއަރ ބޭފުޅަކަށް ވާއިރުވެސް ހުވާކުރެއްވުމަށް ވަޒީރުން ތަރުތީބު ކުރައްވާފައި ތިއްބެވިއިރު 3 އަންހެން ބޭފުޅުންވެސް ތިއްބެވީ ފަހަތުބަރިއަށް ލާފައިކަމަށްވެސް އެމްޑީޕީން ބުންޏެވެ.

ރައީސް އޮފީހުގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނު ކުރެއްވިއިރު ވެސް ހިމަނުއްވާފައިވަނީ އެންމެ އަންހެން ބޭފުޅެއްކަން ފާހަގަ ކޮށް އިތުރަށް އެމްޑީޕީން ބުނެފައިވަނީ ވަޒީރުންގެ މަޖިލީހަކީ ގައުމެއްގެ ހައިސިއްޔަތުން ބަސްކިޔުމުގައި ސަރުކާރުގެ އެންމެ މަތީ ފަޑިކަމުގައި ވާހިނދު ވަޒީރުންގެ މަޖިލީހުގައި އަންހެނުންގެ އަދަދު %13 އަށް ވެއްޓުމަކީ އަންހެނުން ސިޔާސީ ދާއިރާގައި ބާރުވެރި ކުރުމަށް މި ކުރެވޭ މަސައްކަތުގައި ވަރަށް ބޮޑަށް ފަހަތަށް އެޅުނު ފިޔަވަޅެއް ކަމަށެވެ.

ހަމައެހެންމެ ވަޒީރުންގެ މަޖިލިސް އަތުރާލެވޭއިރު އަންހެން ވަޒީރުން ފަހަތަށް ޖެއްސުމަކީ އެއިން ވަރަށް ގޯސްމާނައެއް ދޭހަވާކަމެއް ކަމަށާއި އެއީ އަންހެނުންނަކީ އަބަދުވެސް ފަހަތުގައި ތިބެންޖެހޭ ބައެއްކަމަށް ނުސީދާ ގޮތެއްގައި ދައްކުވައި ދިނުން ކަމަށް އެމްޑީިޕީއިން ބުންޏެވެ. އަދި މި އަމަލާ ރައިސުލްޖުމްހޫރިއްޔާ އިއްޔެ ޖުމްހޫރީ މައިދާނުގައި ދެއްކެވި ވާހަކަފުޅާ އެއްގޮތަކަށް ވެސް ދިމާނުވާކަން ކަމަށް ވެސް އެމްޑީިޕީއިން ބުންޏެވެ.

އެމްޑީޕީއިން ބުނީ އަންހެނުން ފަހަތައް ޖައްސަވައި އަންހެނުންނަށް ނިކަމެތިކަން ލިބޭގޮތަށް ކަންކަން އިންތިޒާމު ކުރެއްވުމަކީ އެ ޕާޓީގެ އަންހެނުންގެ ރޫހުން އެއްވެސް ހާލަތެއްގައި ބަލައިގަންނާނެ ކަމެއްނޫން ކަމަށެވެ.

ކޮމެންޓް
ިހެޔޮ ނަސޭހަތް
އަންހެނުން ބާރުވެރިކުރުމާ އިންސާނީ ހައްގު ތަކަކީ ހުޅަފުގެ ފަލްސަފާ އެއް ފިރިހެނުން ކުރާ ހުރިހާމަސައްކަތެއް އަންހެނުންނަކަށް ނުކުރެވޭ.
19 Nov 2023
ނޫރާނީ
ނަމާދުގައި ސަފު ހަދާއިރުވެސް އަންހެން ބޭފުޅުން ތިއްބަވަނީ ފިރިހެނުންގެ ފަހަތުގަ. އަހަރެމެންގެ ދީނަކީ އެންމެ މާތް އަދި އެންމެ ފުރިހަމަ ދީން. ތިޔަ ވިސްނިވަޑައި ގަންނަވަނީ އަދި ރަގަޅަކަށް ނޫން
19 Nov 2023
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.