ބުޅަލަށް ހަމަލާދިން ވީޑިއޯގެ ސްކްރީން ޝޮޓެއް.
ހަބަރު
19 Nov 2023 | 09:20
ބުޅަލަށް ވަޅިހެރި މީހާބުނީ ވީޑިއޯ އަކީ އަސްލެއް ނޫންކަމަށް، ބަންދަށް 15 ދުވަސް!

މާލޭގައި ބުޅަލަކަށް ވަޅި ހަރައި މަރައި ލުމުން ހައްޔަރު ކުރި މީހާ، އޭނާ އެކަން ކުރި ވަގުތުގެ މަންޒަރު ދައްކުވައިދޭ ވީޑިއޯ އަކީ އަސްލެއް ނޫން ކަމަށް ބުނެފިއެވެ.

ބުޅާ މަރާލިކަމަށް ތުހުމަތުވާ މީހާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށްފައިވާއިރު އެނާގެ މައްޗަށް ކުރާ ތުހުމަތަށް އޭނާ ވަނީ އިންކާރު ކޮށްފައެވެ.

މާބަނޑު ބުޅަލެއްގެ ބަނޑަށް މީހަކު ވަޅި ހަރައިލައި މަރާލި ކަމުގެ ޚަބަރު ސޯޝަލް މީޑިއާގައި ޢާންމުވީ މި މަހުގެ 13 ވަނަ ދުވަހުއެވެ. މިއާއި އެކު ސޯޝަލް މީޑިއާގައި އެކަން ހިނގައިދިޔަ ވަގުތުގެ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށިއެވެ. 

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ ޕޭމަންޓް ކައިރީގައި އޮށޯވެލައިގެން އޮތް ބުޅަލަކަށް ފިރިހެނަކު ވަނީ ތޫނު އެއްޗަކުން ހަމަލާ ދޭތަނެވެ.

ވަޅިއެއް ކަމަށް ބެލެވޭ އެއްޗެއް ހެރުމާއެކު އެ ބުޅާ ސިއްސައިގެން ގޮސް ދުވެފައި އެތަނުން ދެއެވެ. ހަމަ އެ ދުވަހު އޭނާ ހައްޔަރުކުރި އިރު ލައިގެން ވެސް ހުރީ ވީޑިއޯއިން ފެންނަ މީހާ ލައިގެން ހުރި އަންނައުނެވެ.

އޭނާގެ ބަންދަށް އިއްޔެ ކްރިމިނަލް ކޯޓުން 15 ދުވަސް އިތުރުކޮށްދިނީ, ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާތެރިވެދާނެ ފެންނާތީ ކަމަށް ކޯޓުން ވަނީ ބުނެފައެވެ.ޖަނަވާރަށް އަނިޔާވެރި އަމަލުކުރުމުގެ ތުހުމަތު ކޮށްފައިވާ މީހަކީ މ. ކޮޅުފުށި، ޖަވާހިރުވާދީ ,އަހްމަދު ނަސީމް އެވެ.

ތުހުމަތުތަކަށް އިންކާރުކޮށް އޭނާ ކްރިމިނަލް ކޯޓުގައި ބުނެފައިވަނީ ވީޑިއޯއަކީ މިހާރު ކޮންމެ މީހަކަށް ވެސް ހެދިދާނެ އެއްޗެއް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.