ޣައްޒާގެ އަލް ފަޚޫރާ ސްކޫލް. ފޮޓޯ: ޤުދުސް ނެޓްވޯކް
ދުނިޔެ
19 Nov 2023 | 10:41
ޙާލުގައި ޖެހިފައިތިބި މީހުން ތިބި ދެ ސްކޫލަކަށް އިޒްރާއިލުން ހަމަލާދީފި

ފަލަސްޠީނުގެ ޣައްޒާގައި ގެދޮރު ގެއްލި ޙާލުގައި ޖެހިފައިތިބި މީހުން ވަގުތީ ހިޔާ ހޯދަމުން ދިޔަ ދެ ސްކޫލަކަށް އިޒްރާއިލުން ހަމަލާދީފިއެވެ.

އަލްޖަޒީރާގައި ބުނެފައިވަނީ ޖަބަލިއްޔާގައި ހުންނަ އަލް ފަޚޫރާ ސްކޫލަށާއި ތާލް އަލްޒަތާރްގައި ހުންނަ ސްކޫލަކަށް އިޒްރާއިލުން ވައިގެ މަގުން ހަމަލާތަކެއް ދީފައި ވާކަމަށާއި އެހަމަލާތަކުގައި ގިނަ ބަޔަކި ޝަހީދު ވެފައިވާކަމަށެވެ.

ފަލަސްޠީނުގެ ހެލްތް މިނިސްޓްރީއާއި ހަވާލާދީ އަލްޖަޒީރާގައި ބުނެފައިވަނީ ފަޚޫރާ އަށް ދިން ހަމަލާގައި 50 އަށްވުރެ ގިނަ މީހުން ޝަހީދުވެފައި ވާކަމަށެވެ. އަދި ދެހަމަލާގައި 100 އަށް ވުރެ ގިނަ މީހުން ޒަޚަމްވެ ޝަހީދުވެފައިވާކަމަށެވެ.

އަލްޖަޒީރާގެ ނޫސްވެރިޔާ ހާނީ މަޙްމޫދް ބުނެފައިވަނީ ސްކޫލްތަކާއި ހޮސްޕިޓަލް ފަދަ ތަންތަނަށް ހަމަލާދިނުން މިހާރު އިޒްރާއިލުން އާންމު ކަމަކަށް ހަދައިފައި ވާކަމަށެވެ.

"ގާތްގަނޑަކަށް 200 އެެއްހާ މީހުން މިހަމަލާތަކުގައިވެސް ޝަހީދުވެއްޖެ، އަދި ޢިމާރާތްތަކުގެ ދަށުން މީހުން ނެގެމުންދާ ވަރަކަށް އެޢަދަދު މަތިވާނެ ކަމަށް ލަފާކުރެވެނީ، މީހުން ހޯދަން ފަކީރާއިންނާއި އަތުން އެދަނީ ކޮންނަމުން" ހާނީ ބުނެފައިވެއެވެ.

އަލް ފަޚޫރާ އަށްހަމަލާދީފައިވަނީ ވަރަށް ހެނދުނުގެ ވަގުތެއްގައި ކަމުން ގިނަ ބަޔަކު ނިދައިފައި ތިބުމުން ގިނަ ބަޔަކު ވަނީ ހަމަލާގެ ޝިކާރައަކަށް ވެފައެވެ.

އިޒްރާއިލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ޝަހީދުވި މީހުންގެ ޢަދަދު މިހާރުވަނީ 12،000 އަށް އަރައިގެން ގޮސްފައެވެ. އޭގެ ތެރޭގައި 6000 އެއްހާ ކުޑަކުދިން ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jul 2026
ނީޓް ޕޭޕަރު ލީކްވި މައްސަލަ؛ ބޮޑުވަޒީރު މޯދީ ވިދާޅުވީ ހަރުކަށި ފިޔަވަޅު އަޅުއްވާނޭކަމަށް
24 Jul 2026
އައިއޭސީން ބަންގްލަދޭޝްގައި އެހީގެ ތަކެތި ބެހުމުގެ މަސައްކަތް އިތުރަށް ފުޅާކޮށްފި
23 Jul 2026
ޕާސްޕޯޓް ހިދުމަތަށް އެދުމުގައި ރައްޔިތުންނަށް އިތުރު ފަސޭހައެއް
އަލަށް ގެނައި މި ބަދަލުތަކާއެކު ޚިދުމަތް ހޯދާ ފަރާތްތަކަށް ކުރިމަތިވާ ދަތިތައް ކުޑަކޮށް އެންމެ ޒަމާނީ ނިޒާމެއްގެ ތެރެއިން ޚިދުމަތް ލިބޭނެ މަގު ވަނީ ފަހިކޮށްދީފައެވެ
23 Jul 2026
ވެމްކޯ ބްރިޖްދަށުން ބިޔަރު ދަޅުތަކަކާއެކު ދިވެއްސަކު އަތުލައިގަނެފި
ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓުން މިއަދު ހިންގި ހާއްސަ އޮޕަރޭޝަންގައި ކަމަށެވެ
23 Jul 2026
ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު، ތަޞްދީޤުކުރައްވައިފި
މި ޤާނޫނަށް އަމަލުކުރަން ފަށާނީ، ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީޚުން ފެށިގެން 180 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ
23 Jul 2026
އަލީ ރަމީޒް ފާހަގަކުރެއްވީ މިސްކިތްތަކަށް ގެއްލުންދިނުން ނުހުއްޓުވައިފިނަމަ ދެން ވާނެގޮތް
އަލީ ރަމީޒް ވިދާޅުވީ މިސްކިތްތަކަށް ގެއްލުންދޭދިނުން ނުހުއްޓުވައިފިނަމަ، ކަންކަން ފާލުން ނައްޓައިގެން ހިނގައިދާނެ ކަމަށެވެ
23 Jul 2026
މޯލްޑިވްސް ހާފް މެރަތަންގެ އެކްސްކްލޫސިވް ބޭންކިންގ ޕާޓްނަރަކަށް ބީއެމްއެލް
2،000 އަށްވުރެ ގިނަ ބައިވެރިންނާއެކު ބާއްވާ މި ދުވުން ކުރިއަށް ދަނީ 8 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. މީގެ ތެރޭގައި ހާފް މެރަތަން، 15 ކިލޯމީޓަރު ، 10 ކިލޯމީޓަރު ، 5 ކިލޯމީޓަރު ފަން ރަން، 5 ކިލޯމީޓަރު ވީލްޗެއަރ ރޭސް، ކިޑްސް މައިލް އަދި ފެމިލީ ރަންތައްހިމެނެއެވެ.
23 Jul 2026
ސަރުކާރު ހަތަރު ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނު ކޮށްފި
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ޑިރެކްޓަރުން އައްޔަންކުރީ، ‏މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި، ‏ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑާއި، ‏އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ އިތުރުން ‏ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށެވެ.