ޑރ މުހައްމަދު ބަލި މީހަކަށް ފަރުވާދެނީ. ފޮޓޯ:އަލްޖަޒީރާ
ދުނިޔެ
19 Nov 2023 | 15:09
މައިދާން ދޫކޮށް ދިޔުމަކީ އަހަރެމެންނަށް އޮތް އިޚްތިޔާރެއް ނޫން: ޣައްޒާގެ ވޮލެންޓިއަރ ޑޮކްޓަރުން

ޚިދްމަތް ހޯދުމަށް އައިސް ތިބި ބަލިމީހުން ދޫކޮށް ދިޔުމަކީ އޮތް "އޮޕްޝަނެއް"ނޫން ކަމަށް ޣައްޒާގައި މަސައްކަތް ކުރަމުންދާ ވޮލެންޓިއަރ ޑޮކްޓަރުން ބުނެފިއެވެ.

އަލްޖަޒީރާ އާއި ވާހަކަ ދެއްކި ޑރ މުޙައްމަދު ޢަލީ ސާލިމް ބުނެފައިވަނީ ހޮސްޕިޓަލެއްގައި މަސައްކަތް ކުރުމަކީ ކިހާބޮޑު ރިސްކެއް ކަން އެނގޭ ކަމަށެވެ. ހޮސްޕިޓަލުގެ މަސައްކަތައް ގުޅުނީ އެކަން އެނގިހުރެ ކަމަށެވެ.

"ޢާންމު ގޮތެއްގައިވެސް ހޮސްޕިޓަލެއްގައި މަސައްކަތް ކުރުމަކީ ބުރަ ބޮޑު ކަމެއް، އަދި މިފަދަ ދަނޑިވަޅެއްގައި، ހަނގުރާމައިގެ ތެރޭގައި، ކުރިއައް އޮތް ވަގުތު ކޮޅު މަރުވާނީ ނޫންކަމެއް ވެސް ނޭނގޭ" މުޙައްމަދު ބުނެފައިވެއެވެ.

25 އަހަރުގެ ޑރ މުޙައްމަދަކީ ޣައްޒާގެ އިސްލާމިކް ޔުނިވަރސިޓީ އިން ފިޒިޔޯތެރަޕީގެ ދާއިރާއިން ޚާއްސަ ވެފައިވާ ޑޮކްޓަރެކެވެ. އޮކްޓޫބަރު 19 ވަނަ ދުވަހު އިޒްރާއިލުން ދިން ހަމަލާއެއްގައި އޭނާގެ ޢާއިލާގެ ގެ ހަލާކުވުމާއި އެކު އޭނާ ވަނީ ޣައްޒާގައި ހުންނަ އަލް އަޤްޞާ ޝަހީދުންގެ ހޮސްޕިޓަލުގައި ވޮލެންޓިއަރ ކޮށް މަަސައްކަތް ފަށައިފައެވެ. އޭގެ ފަހުން އޭނާއަށް އޭނާގެ ޢާއިލާ ފެނިފައިވަނީ 2 ފަހަރަށް ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

ޑރ މުޙައްމަދު ފަދަ ކިތަންމެ ޑޮކްޓަރެއް ޣައްޒާގެ ހޮސްޕިޓަލްތަކުގައި ހިލޭ ސާބަހަށް ފުރާނަ އަތްމައްޗަށް ލައިގެން މަސައްކަތް ކުރަމުންއެބަދެއެވެ.

އެ ހުރިހާ ޑޮކްޓަރުންނެއްވެސް ބުނެފައިވަނީ މައިދާން ދޫކޮށް އެމީހުން ނުދާނެ ކަމަށާއި ހަމަލާތަކުގައި ޒަޚަމް ވަމުންދާ މީހުންނަށް ފަރުވާދިނުމުގައި ދެމިތިބޭނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.