އަލް އަމަލް ހޮސްޕިޓަލްގެ ޑޮކްޓަރުން އަނދިރީގައި ބަލިމީހުންނަށް ފަރުވާދެނީ.
ދުނިޔެ
19 Nov 2023 | 16:06
ޚާން ޔޫނިސްގެ އަލް އަމަލް ހޮސްޕިޓަލުން ކަރަންޓާއި ފެން ކެނޑިފައިވާތާ 6 ދުވަސް

ޚާން ޔޫނިސް ގައި ހުންނަ އަލް އަމަލް ހޮސްޕިޓަލުން ކަރަންޓާއި ފެން ކެނޑިފައިވާތާ 6 ދުވަސް ވެފައިވާކަމަށް ފަލަސްޠީނުގެ ރެޑް ކްރޮސެންޓުން ބުނެފިއެވެ.

ފަލަސްޠީނުގެ ރެޑް ކްރެސެންޓާއި ހަވާލާދީ އަލްޖަޒީރާގައި ބުނެފައިވަނީ ޚާން ޔޫނިސްގެ އަލް އަމަލް ހޮސްޕިޓަލުން ދެމުންދާ ޚިދްމަތް ފާއިތުވި 6 ދުވަހު ދީފައިވަނީ ފެނާއި ކަރަންޓާއި ނުލަައި ކަމަށެވެ.

މީގެ އިތުރުންވެސް ޣައްޒާގެ ގިނަ ހޮސްޕިޓަލުތަކެއްގެ ޚިދްމަތް ކޮންމެހެން ބޭނުންވާ ތަކެތި ކަމަށްވާ ފެން، ތެޔޮ، ކާބޯތަކެތި، ކަރަންޓު އަދި ބޭސްފަރުވާގެ ސާމާނު ނެތުމުން މިވަގުތު ހުއްޓިފައިވާ ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޣައްޒާގެ ދެކުނުގައި ހުރި ހޮސްޕިޓަލުތައް ފުރިބާރުވެފައި ވާކަމަށާއި، ނަމަވެސް އެހޮސްޕިޓަލް ތަކުން ދަނީ އަލް ޝިފާ ހުސްކުރުމަށް ނެރުނު ބަލިމީހުން އެހޮސްޕިޓަލްތަކުގައި އެޑްމިޓް ކުރަމުންކަމަށެވެ.

އިޒްރާއިލުން ވަނީ ޣައްޒާގައި ހުންނަ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ އަލް ޝިފާ ބަލިމީހުން އެޑްމިޓް ކޮށް ފުރިފައިވަނިކޮށް ހުސްކުރުމަށް އަންގައިފައެވެ.

އެހޮސްޕިޓަލުގައި ތިބި ބަލިމީހުންގެ ތެރެއިން އެއްބަޔަކާއި އެހޮސްޕިޓަލުގައި ވަގުތީ ހިޔާވަހިކަން ހޯދަމުން ދިޔަ ބަޔަކުވަނީ އަލްޝިފާ ދޫކޮށް ޣައްޒާގެ ދެކުނަށް ފައިމަގުގައި ދަތުރުކޮށްފައެވެ. ނުރައްކާތެރިކަމުން ފުރިގެންވި މި ދަތުރުގެ ގިނަ ބައިވެރިން ނަކީ އަމިއްލައަށް ނުހިނގޭ ޙާލުގައި ތިބި މީހުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jul 2026
ނީޓް ޕޭޕަރު ލީކްވި މައްސަލަ؛ ބޮޑުވަޒީރު މޯދީ ވިދާޅުވީ ހަރުކަށި ފިޔަވަޅު އަޅުއްވާނޭކަމަށް
24 Jul 2026
އައިއޭސީން ބަންގްލަދޭޝްގައި އެހީގެ ތަކެތި ބެހުމުގެ މަސައްކަތް އިތުރަށް ފުޅާކޮށްފި
23 Jul 2026
ޕާސްޕޯޓް ހިދުމަތަށް އެދުމުގައި ރައްޔިތުންނަށް އިތުރު ފަސޭހައެއް
އަލަށް ގެނައި މި ބަދަލުތަކާއެކު ޚިދުމަތް ހޯދާ ފަރާތްތަކަށް ކުރިމަތިވާ ދަތިތައް ކުޑަކޮށް އެންމެ ޒަމާނީ ނިޒާމެއްގެ ތެރެއިން ޚިދުމަތް ލިބޭނެ މަގު ވަނީ ފަހިކޮށްދީފައެވެ
23 Jul 2026
ވެމްކޯ ބްރިޖްދަށުން ބިޔަރު ދަޅުތަކަކާއެކު ދިވެއްސަކު އަތުލައިގަނެފި
ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓުން މިއަދު ހިންގި ހާއްސަ އޮޕަރޭޝަންގައި ކަމަށެވެ
23 Jul 2026
ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު، ތަޞްދީޤުކުރައްވައިފި
މި ޤާނޫނަށް އަމަލުކުރަން ފަށާނީ، ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީޚުން ފެށިގެން 180 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ
23 Jul 2026
އަލީ ރަމީޒް ފާހަގަކުރެއްވީ މިސްކިތްތަކަށް ގެއްލުންދިނުން ނުހުއްޓުވައިފިނަމަ ދެން ވާނެގޮތް
އަލީ ރަމީޒް ވިދާޅުވީ މިސްކިތްތަކަށް ގެއްލުންދޭދިނުން ނުހުއްޓުވައިފިނަމަ، ކަންކަން ފާލުން ނައްޓައިގެން ހިނގައިދާނެ ކަމަށެވެ
23 Jul 2026
މޯލްޑިވްސް ހާފް މެރަތަންގެ އެކްސްކްލޫސިވް ބޭންކިންގ ޕާޓްނަރަކަށް ބީއެމްއެލް
2،000 އަށްވުރެ ގިނަ ބައިވެރިންނާއެކު ބާއްވާ މި ދުވުން ކުރިއަށް ދަނީ 8 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. މީގެ ތެރޭގައި ހާފް މެރަތަން، 15 ކިލޯމީޓަރު ، 10 ކިލޯމީޓަރު ، 5 ކިލޯމީޓަރު ފަން ރަން، 5 ކިލޯމީޓަރު ވީލްޗެއަރ ރޭސް، ކިޑްސް މައިލް އަދި ފެމިލީ ރަންތައްހިމެނެއެވެ.
23 Jul 2026
ސަރުކާރު ހަތަރު ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނު ކޮށްފި
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ޑިރެކްޓަރުން އައްޔަންކުރީ، ‏މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި، ‏ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑާއި، ‏އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ އިތުރުން ‏ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށެވެ.