ނޮވެންބަރ ފިލްމްގެ ޕޯސްޓަރ--
ހަބަރު
22 Nov 2023 | 11:57
“ނޮވެމްބަރ” ފިލްމުގެ ގެ ޓިކެޓް އޮލިމްޕަހުން އަދި އޮންލައިންކޮށް ލިބޭނެ

ދިވެހި ފިލްމު "ނޮވެންބަރ"ގެ ޓިކެޓް، މިހާރު އޮލިމްޕަހުން ނެގެން ހުންނާނެ ކަމަށް ޑާކް ރެއިން އެންޓަޓެއިންމެންޓުން ބުނެފިއެވެ.

ހެނދުނު 10:00 އިން ރޭގަނޑު 10:00 އަށް ތިބޭނެކަމަށް ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ފަރާތުން މުޙައްމަދު ޢަލީ (މޮގާ) ވިދާޅުވިއެވެ.

ފިލްމުގެ ޓިކެޓް އޮލިމްޕަހަށް ގޮސް ގަނެވޭނެގޮތް ހަމަޖައްސާފައިވާއިރު، އޮންލައިންކޮށްވެސް ޓިކެޓް ނެގޭނެއެވެ.

މި ފިލްމު ގެ ޓިކެޓް އޮންލައިންކޮ ހޯދުމަށް ޓިކެޓް ނަގާ މީހާގެ ނަމާއި  ޓިކެޓް ބޭނުންވާ ތާރީޚް ނުވަތަ ޝޯ އަދި ބޭނުންވާ ޓިކެޓްގެ ޢަދަދުތަކުގެ ތަފްސީލް 9911229 ނަންބަރަށް ވައިބަރ، ވަޓްސްއެޕް ނުވަތަ އެސްއެމްއެސް އަކުން ފޮވުވާލުމަށް ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ފަރާތުން ވަނީ އެދިފައެވެ. 

"ނޮވެންބަރ" އަކީ އަސަރުގަދަ ލޯބީގެ ފިލްމެއްގެ އިތުރުން މުޖުތަމަޢުގައި ހިނގަމުން އަންނަ މުހިންމު ދެ ކަމަކަށް ވަކީން ޚާއްޞަކޮށް އަލިއަޅުވާލާފައިވާ ފިލްމެކެވެ. މީގެ އިތުރުން އަންހެނުން ބާރުވެރިކުރުވުމަކީ ވެސް މި ފިލްމުގެ މައިގަނޑު ވާހަކަ ބިނާކުރުމުގައި ވިސްނުން ބަހައްޓާފައިވާ ކަމެކެވެ.

ޢާއިޝަތު ފުއާދު ތަޢުފީޤް (ލޯކީ) އަދި ޢަހްމަދު ޠަލާލް ލިޔެ، ޢަލީ ޝިފާޢު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ކޯ-ޑައިރެކްޓަރަކީ ވެސް ލޯކީ ކަން ފާހަގަކޮށްލެވެއެވެ. 

ފިލްމު "ނޮވެންބަރ"އަކީ ރާއްޖޭގެ މަޝްހޫރު ބަޠަލް އިސްމާޢީލް ވަޖީހް ދިވެހި ފިލްމަކުން ނުފެންނަތާ އެތައް ދުވަހެއް ފަހުން، ފެނިގެންދާނެ ފިލްމެކެވެ. މީގެ އިތުރުން އިސްމާޢީލް ވަޖީހްގެ ދަރިފުޅު ތަރީޝް އިސްމާޢީލްގެ އަލަތު ފިލްމަށް މި ފިލްމު ވާނެއެވެ.މަރިޔަމް މަޖުދާ އަދި ޖުމައްޔިލް ނިމާލް، މި ފިލްމުގެ ލީޑުން ފެނިގެންދާއިރު، ވަރަށް ގިނަ މަޝްހޫރު ފަރާތްތަކެއްވެސް މި ފިލްމުން ފެނިގެންދާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.