ތިލަމާލެ ބްރިޖުގެ މަސައްކަތުން މިހާތަނަށް ނިމިފައި ވަނީ 27 ޕަސެންޓް -- ފޮޓޯ: މިހާރު
ހަބަރު
19 Nov 2023 | 22:57
77 ޕަސެންޓް މަސައްކަތް ނިމެންޖެހުނަސް ނިމިފައި ވަނީ 27 ޕަސެންޓް: ފިރުޒުލް

ތިލަމާލެ ބްރިޖުގެ މަސައްކަތުން މިއަދާ ހަމައަށް 77 ޕަސެންޓް މަސައްކަތް ނިމެންޖެހުނަސް ނިމިފައި ވަނީ 27 ޕަސެންޓް މަސައްކަތް ކަމަށް އާ ސަރުކާރުން ބުނެފި އެވެ.

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ އަންޑާ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ އިންތިގާލީ ކޮމިޓީތަކުން އެކުލަވާލާފައިވާ ރިޕޯޓުން ދައްކާ ގޮތުގައި ތިލަމާލެ ބްރިޖުގެ މަސައްކަތުން މިހާތަނަށް ނިމިފައި ވަނީ އެންމެ 27 ޕަސެންޓް މަަސައްކަތް ކަމަށާއި އެ މަސައްކަތް އެހާ ބޮޑަށް ލަސްވީ ކޮން މައްސަލައެއް ދިމާވެގެންތޯ ދެނެގަންނާނެ ކަމަށެވެ.

"އަޅުގަނޑުމެން އެންމެ ފުރަތަމަ ކުރަން މިޖެހޭ މަސައްކަތަކީ އެ މަސައްކަތުގެ ހާލަތު ދެނެގަތުން، ކޮން މައްސަލަތަކެއް ދިމާވެގެން، ކޮން ކަންތައްތަކެއް ދިމާވެގެންތޯ މި ހުރި ޗެލެންޖަސްތައް މިހުރީ ނުވަތަ މިހާ ބޮޑު ގެޕެއް ލަސްވުމެއް މިކަމުގައި މިއުޅެނީ،" ކުރީ ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއާ ގުޅޭގޮތުން ފިރުޒުލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހަފްތާ 14 އެޖެންޑާގައި ވެސް އެ މަސައްކަތް ލަސްވާން ދިމާވި ސަބަބު ދެެނެގަތުމަށް ވަނީ ހިމަނައިފަ އެވެ. އިތުރު މަސައްކަތްތައް ކުރުމަށް މަގުޗާޓެއް އެކުލަވާލެވޭނީ އޭގެ ފަހުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިންޑިއާގެ ލޯނު އެހީގައި ތަރައްގީކުރާ ވިލަމާލެ ބްރިޖު މަޝްރޫއުއަށް 7.7 ބިލިއަން ރުފިޔާ ހަރަދުވެ އެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދޭ 100 މިލިއަން ޑޮލަރެވެ. އެ ބްރިޖުގެ މަސައްކަތް އަވަސްކުރަން ސަރުކާރުން ވަނީ މި އަހަރުގެ ކުރީކޮޅުގައި އިތުރު 100 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓެއް ވެސް ނަގައިފަ އެވެ.

އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްގެން ހަދަމުން އަންނަ އެ ބްރިޖުގެ މަސައްކަތަށް މިދިޔަ ތިން އަހަރުގެ ތެރޭގައި ވަނީ 190 މިލިއަން ޑޮލަރު ހޭދަކޮށްފަ އެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ މަސައްކަތުގެ އެއްވެސް ޕްރޮގްރެސްއެއް ނުފެންނަ ކަމަށް ވިދާޅުވެ ފާޑުވިދާޅުވެފަ އެވެ.

މިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް ވިލިމާލެ އާއި މާލެއާ ދެމެދު ބްރިޖުން ގުޅާލެވޭނެ ކަމަށް ސަރުކާރުން ކުރިން ބުންޏެވެ. އެކަމަކު އެފްކޮންސް އިން ކުރިން ބުނެފައިވާ ގޮތުގައި އެ މަސައްކަތް ލަސްވީ އެ ސަރަހައްދުގެ އޮއިވަރަށް އަންނަ ބަދަލުތަކާ ގުޅިގެން، ކަނޑުއަޑީގެ މަސައްކަތްތައް ކަނޑައެޅި ޓައިމްލައިނާ އެއްގޮތަށް ނުދިއުމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.
10 Sep 2026
ގައްދޫގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފި
ދިވެހި ލީގްގެ ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ނިކުންނާނީ ގައްދޫ ޓީމާ ދެކޮޅަށެވެ. މިއީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ލީގް މެޗްތައް ހޯމް އަދި އަވޭ އުސޫލުން ބާއްވާ ފުރަތަމަ ފަހަރެވެ.