ފީސީބީ މެންބަރުންނާއި ޕީޖީ ޝަމީމް--ފޮޓޯ: ޕީޖީ އޮފީސް
ހަބަރު
20 Nov 2023 | 12:59
ކުށުގެ ރިކޯޑު 10 މިނެޓް ތެރޭގައި ބެލޭނެ އިންތިޒާމު ހަމަޖައްސައިފި

ޕީސީބީ އަށް ބޭނުންވާ ކުށުގެ ރިކޯޑު 10 މިނެޓް ތެރޭގައި، ޕްރޮަސެކިއުޓަރު ޖެނެރަލް އޮފީހުގެ އޮންލައިން ޕޯޓަލް ބޭނުންކޮށްގެން ބެލޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

މިކަމާއި ގުޅޭގޮތުން ޕީޖީން އޮފީހުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ޕީސީބީ އަށް ބޭނުންވާ ކުށުގެ ރިކޯޑު  އޮންލައިން ޕޯޓަލް ބޭނުންކޮށްގެން 10 މިނިޓް ތެރޭގައި ބެލޭނެ އިންތިޒާމު ހަމަޖައްސައިދީފައިވަނީ ޕީޖީ އަލްއުސްތާޛު ހުސައިން ޝަމީމް ކަމަށެވެ.

މިއީ އެކި ބޭނުންތަކަށް، ކުށުގެ ރެކޯޑް ސާފު ކޮށްދިނުމުގެ ހިދުމަތް ހޯދުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށައަޅާ ހުށައެޅުންތަކަށް، އަވަސް، ހަރުދަނާ އަދި އިތުބާރު ހުރި ގޮތަކަށް ޖަވާބު ދިނުމަށް ޓަކައި ޕީޖީ އޮފީހުން އަމަލުކުރުމަށް ހަމަޖެހިފައިވާ ގޮތެކެވެ.

ކުށުގެ ރެކޯޑު ސާފުކޮށްދިނުމަށް އެދި، ޕީޖީ އޮފީހުގެ އޮންލައިން ޕޯޓަލް އަށް، އީފާސް މެދުވެރިކޮށް ލޮގްއިން ކުރުމަށްފަހު، މެނޫއިން ކުށުގެ ރެކޯޑު ސާފުކުރުމުގައި ބައި ނަގައި، ފޮނުވައިފިނަމަ، ރެކޯޑު ސާފުކުރުމަށްފަހު، އެ ޕޯޓަލުން ޖަވާބު ޑައުންލޯޑް ކުރެވޭ ގޮތަށް ހަމަޖައްސައިދޭނެ ކަމަށާއި މިޚިދުމަތް، އީފާސް މޯބައިލް އެޕުންވެސް ލިބޭނެ ކަމަށް ޕީޖީ އޮފީހުން މައުލޫމާތުދެއެވެ.

ކޮމެންޓް
ނޭނގުނޭ
ޕީސީބީ އެއީ އިންޑިއާ ބައެއްތަ؟
20 Nov 2023
ގުޅޭ ލިޔުންތައް
09 Jul 2026
އަމާޒަކީ ފެންވަރު ރަނގަޅު ދަތުގެ ފަރުވާ، ފަސޭހައިން ރައްޔިތުންނަށް ލިބުން: ނާއިބު ރައީސް
ދަތުގެ ފަރުވާއާގުޅޭ ޚާއްޞަ ދާއިރާތަކުން ދިވެހި ސްޕެޝަލިސްޓުން ޚިދުމަތުގައި މިއަދު ތިއްބެވުމަކީ ފަޚްރުވެރިވެވަޑައިގަންނަވާ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވި އެވެ.
08 Jul 2026
އެމްޑީޕީގެ މަގު ޗާޓު ކޮމިޓީ އެކުލަވާލައިފި، މުގައްރިރަކީ ފައްޔާޒް
އެމްޑީޕީން މިރޭ ބުނީ އެ ޕާޓީގެ ސެކްރެޓޭރިއެޓުން ވަނީ ޕާޓީގެ އަސާސީ ގަވާއިދު އާއި ހިންގުމަށް އަންނަންޖެހޭ ބަދަލުތަކުގެ މަގު ޗާޓު އެކުލަވާލާފައި ކަމަށެވެ.
08 Jul 2026
ރާއްޖެ-އިންޑިއާ އެފްޓީއޭއާ ގުޅޭ މުހިންމު މަޝްވަރާތަކެއް ބާއްވައިފި
މި ބައްދަލްވުމާއި ގުޅޭގޮތުން މިނިސްޓަރު ސައީދު ވިދާޅުވީ މިއީ ވަރަށް ކާމިޔާބު އެހާމެ އުފެއްދުންތެރި މަޝްވަރާތަކެއް ކުރިއަށް ގެންދެވުނު ބައްދަލްވުމެއް ކަމަށެވެ.
08 Jul 2026
ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެެއް, އަނިޔާވި މީހާއަށް ފަރުވާ ދެނީ
​މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާ ވެގެން ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ވެސް ބުންޏެވެ.
08 Jul 2026
ވިނަރެސްގެ ކަރަންޓު ފޮށިތަކަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު
ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫ، ލުކިންގްލާސް / ނަޞްރުﷲ ޝަކީލު ޙުސައިން (38އ) އެވެ.
08 Jul 2026
ޗައިނާއިން ރާއްޖެއަށް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ހަދިޔާކޮށްފި
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، ސަފީރު ކޮންގް ޝިއަންހުއާ ވަނީ ރަސްމީކޮށް މި ކުޅިވަރު ސާމާނުތައް މިނިސްޓަރު ރާފިޢުއާ ހަވާލުކުރައްވާފަ އެވެ.
08 Jul 2026
ޔުނިސެފުން ރާއްޖެއަށް 28,000 މީސަލްސް އެމްއާރް ވެކްސިން ޑޯޒު ހަދިޔާކޮށްފި
ޔުނައިޓެޑް ނޭޝަންސް އިންޓާނޭޝަނަލް ޗިލްޑްރަންސް އެމަޖެންސީ ފަންޑް، ޔުނިސެފުން ރާއްޖެއަށް 28,000 މީސަލްސް ރުބެއްލާ އެމްއާރް ވެކްސިން ޑޯޒާއި ސިއްހީ ބައެއް ސާމާނު ހަދިޔާކޮށްފި އެވެ.
08 Jul 2026
އައްޑޫއާ 933 ކިލޯ މީޓަރު ދުރަށް ބިންހެލުމެއް، ރާއްޖެއަށް އަސަރެއް ނުކުރާނެ
މެޓް އޮފީހުން ބުނީ ބިންހެލުމުގެ ސީދާ ނުރައްކާ ރާއްޖެއަށް ނުކުރާނެ ކަމަށެވެ.