އިކޮނަމިކް މިނިސްޓަރު މުހައްމަދު ސަޢީދު-- ފޮޓޯ/ރައީސް އޮފީސް
ހަބަރު
20 Nov 2023 | 14:57
ރައީސް ޑރ. މުޢިއްޒުގެ އަމާޒަކީ ރާއްޖެއަށް ސްޕޯޓްސް ޓޫރިޒަމް ތަޢާރަފް ކުރެއްވުން: ސަޢީދު

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ އަމާޒަކީ ދިވެހިރާއްޖެއަށް ސްޕޯޓްސް ޓޫރިޒަމް ތަޢާރަފް ކުރެއްވުން ކަމަށް، ސަރުކާރުގެ އިކޮނަމިކް މިނިސްޓަރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. 

ރައީސް މުޢިއްޒު އެކުލަވާލައްވާފައިވާ ވިޒިޓަރ އިކޮނަމިކް ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސަޢީދު ވިދާޅުވީ، ދިވެހިރާއްޖޭގެ އިގްތިސާދު ހަމައެކަނި އެއް ކަމަކަށް ބަރޯސާ ނުކުރުމަށްޓަކައި ރައީސް މުޢިއްޒު ރާވަވާފައިވާ ކަންކަމުގެ ތެރޭގައި، ފަތުރުވެރިކަމުގެ އިތުރު ސިނާއަތްތައް ތަޢާރަފް ކުރެއްވުމާއި، ފަތުރުވެރިކަމުގެ ތެރެއިންވެސް އެ ސިނާޢަތް ފުޅާކުރެއްވުން ހިމެނޭ ކަމަށެވެ. 

އަދި އެމަނިކުފާނު އުފައްދަވާފައިވާ ވިޒިޓަރ އިކޮނަމިކް ކައުންސިލަކީ ދުރު ރާސްތާއާއި، މެދު ރާސްތާގެ އިތުރުން ކުރު ރާސްތާއަށް އަމާޒުކޮށްގެން، ވަކި ކަންކަން ހާސިލް ކުރުމަށް އަމާޒު ހިފައި، އެކަންކަން ތަންފީޒުކުރުމަށް މިނިސްޓްރީ ތަކާއި އެޖެންސީތަކަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ކައުންސިލެއް ކަމަށެވެ. 

މީގެ އިތުރުން ރާއްޖޭގެ އަދުގެ އިގްތިސާދީ ހާލަތަށް ނަޒަރު ހިންގަވާ ލައްވަމުން ސަޢީދު ވިދާޅުވީ، މިވަގުތު ރާއްޖޭގެ ޖީޑީޕީއަކީ ގާތްގަނޑަކަށް 6 ބިލިއަން އެމެރިކާ ޑޮލަރު ކަމަށާ، އޭގެ ތެރެއިންވެސް 4.5 ބިލިއަނަކީ ފަތުރުވެރިކަމުގެ ދާއިރާއިން ވަންނަ ޖީޑީޕީ ކަމަށެވެ. 

"މީގައި ވަރަށް ކުރު ރާސްތާގެ ޓާގެޓެއް އެބައޮތް، ރައީސް ގެވެސް، 6 ބިލިއަން އެމެރިކާ ޑޮލަރަށް ޓުއަރިޒަމް ރެވެނިއު ޖެއްސުން. އެއީ މިހާރުގެ ޓޯޓަލް ޖީޑީޕީ ހަމައެކަނި ޓޫރިޒަމް ސެކްޓާއަށް ޓާގެޓް ކޮށްފައި ޕުޝްކޮށްލުން. އެހެންވީމާ އެހެން ސެކްޓާ ތަކާ އެކު ވަރަށް ބޮޑަށް ކުރިއަރައިގެން ދާނެ."

އިކޮނަމިކް މިނިސްޓަރު މުހައްމަދު ސަޢީދު

ސަޢީދު އިތުރަށް ވިދާޅުވީ ވިޒިޓަރ އިކޮނޮމީ މޮޑެލް އަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައިވެސް ވަރަށް އަމަލުކުރަމުންދާ މޮޑެލްއެއް ކަމަށެވެ. އެގޮތުން ދުބައިއާއި ސައުދީ އަރަބިއްޔާގައި އެ މޮޑެލް ފުޅާ ދާއިރާއެއްގައި ބޭނުންކުރަމުންދާ ކަމަށެވެ. އަދި އެ ތަޖުރިބާގެ އަލީގައި ރާއްޖޭގައިވެސް ކަންކަން ކުރުމަށް ސަރުކާރުން ވިސްނާފައިވާ ކަމަށް ވިދާޅުވި އެވެ. 

"މިސާލަކަށް ސްޕޯޓްސް ގެ ދާއީރާއިން. ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުއެބަވޭ ސްޕޯޓްސް ޓޫރިޒަމް ތަޢާރަފްކުރަން. އެއީ ޑރ. މުޢިއްޒުގެ ވަރަށް ބޮޑު ވިޝަން އެއް." 

އިކޮނަމިކް މިނިސްޓަރު މުހައްމަދު ސަޢީދު

"އެގޮތުން، މިހާރުވެސް ޓޫރިޒަމަށް އިންވެސްޓްކުރާ ފަދައިން ފިޒިއޮތެރަޕީ އަށް، ރީހެބިލިޓޭޝަން މެޑިސިންއަށް މިސާލަކަށް އިންވެސްޓް ކުރަނީ، ކުރާއިރު، ހަމަ (ބޭރުގެ) ބޮޑެތި ކުލަބްތައް ރަނގަޅު އިންޝުއަރެންސް އާއެކު ޓައި ކުރެވިއްޖެއްޔާ، އެމީހުންގެ އޮފް ޕީކުގައި، ރާއްޖެ ޗޫސް ނުކުރަންވީ ސަބަބެއް ނެތް. އެއީ ފެމިލީގެ އެހެން ބޭފުޅުންނަށް ރާއްޖެ އައިސް ބީޗުގައިވެސް އުޅެވޭނެ. އެހެންވީމާ ސްޕޯޓްސް ޓޫރިޒަމް ރައީސް ވަރަށް ބޮޑަށް ބޭނުންފުޅުވޭ ތަޢާރަފް ކުރަން." ސަޢީދު ވިދާޅުވިއެވެ. 

ސްޕޯޓްސް ޓޫރިޒަމް ރާއްޖެއަށް ތަޢާރަފް ކުރުމުގެ މަޝްވަރާތަކެއް ފެށިފައިވީ ނަމަވެސް އެކަމުގެ މާބޮޑު ތަފްސީލް އަދި ހާމަކޮށްފައެއް ނުވެއެވެ. ސައީދު ވިދާޅުވީ މަސައްކަތް ކުރިއަށްދާ މިންވަރަކުން އިތުރު ތަފްސީލް ކުރިއަށް އޮތް ތަނުގައި ދެއްވާނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
މެޗަށްފަހު ރެއާލް މެޑްރިޑް ޕޮއިންޓް ތާވަލްގެ ތިންވަނައަށް ޖެހިލިއިރު ވިޔަރެއާލް އުޅެނީ ތާވަލްގެ 10 ވަނާގައެވެ.
11 Oct 2026
މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފަހުބައި ފުރިހަމަކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ
11 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި 12 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ
ސައުޒީ ގެޒެޓުން މިއަދު ބުނީ ސައުދީގެ ސިވިލް އެވިއޭޝަން އޮތޯރިޓީން މިއަދު ހެނދުނު ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ސައުދީ އަރަބިއްޔާގެ ހަތަރު ރައްޔިތުންނާއި، ބަންގްލަދޭޝްގެ ދެ މީހުންގެ އިތުރުން އެމެރިކާ، މިސްރު، އުރުދުން، ސޫރިޔާ، ފަލަސްތީން އަދި ސޫދާނަށް ނިސްބަތްވާ މީހެކެވެ
11 Oct 2026
އަންހެން ދަރިންނަށް ކުރާ އިންވެސްޓްމަންޓް ވެގެންދާނީ، ފާގަތި މުސްތަގްބަލަކަށް ކުރެވޭ އިންވެސްޓްމަންޓަކަށް
އަންހެން ދަރިންގެ ކުރިއެރުމަށްޓަކައި ކުރާ ކޮންމެ ހޭދައަކާއި އިންވެސްޓްމަންޓަކީ، މުޅި މުޖުތަމައުގެ ހަމަހަމަކަމާއި އެންމެންގެ ބައިވެރިވުން ހިމެނޭ، އުޖާލާ އަދި ފާގަތި މާދަމައެއް ބިނާކުރުމަށްޓަކައި އެޅޭ އެންމެ މުހިންމު ބިންގާ
11 Oct 2026
އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
10 Oct 2026
ވިކްޓްރީ އާއި މާޒިޔާ ބައްދަލުކުރި ބޮޑު މެޗް އެއްވަރު
މެޗަށްފަހު ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ތާވަލްގެ އެއްވަނާގައި ޕޮއިންޓްގެ ގޮތުން އެއްވަރެއްގައި ވިކްޓްރީ އަދި ނިއު ކުރީގައި އުޅޭއިރު ދެ ޓީމަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ
10 Oct 2026
ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް
ފުލުހުން ބުނީ އޭނާ ހައްޔަރެއް ނުކުރާކަމަށާއި، މުޒާހަރާއަށް ހުރަސް އެޅުމުގެ ގޮތުން ވަގުތީ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީކަމަށެވެ.
10 Oct 2026
ލޯނު އަދާކުރުމަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
އެންމެފަހުން ދައްކާފައިވަނީ އިންޑިއާގެ ސްޓޭޓް ބޭންކު މެދުވެރިކޮށް ނަގާފައި އޮތް 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ފެސިލިޓީގެ އެންމެ ފަހު 50 މިލިއަން ޑޮލަރެވެ. އޭގެ ކުރިން އެޕްރީލް މަހުގެ ދެ ވަނަ ދުވަހު 524 މިލިޔަން ޑޮލަރުގެ ސުކޫކާއި 23 އެޕްރީލުގައި އިންޑިއާއަށް ދެއްކި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާވެސް ހިމެނެއެވެ.