ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު--
ހަބަރު
20 Nov 2023 | 14:45
އިންޑިއާ އާއި އިދިކޮޅަށް ކަންކަން ކުރުމަކީ ދިވެހިންނަށް ރަނގަޅު ގޮތަކަށް ނުވާނެ: ނަޝީދު

އިންޑިއާ އާއި އިދިކޮޅަށް ދިވެހިން ކަންކަން ކުރުމަކީ ދިވެހިންނަށް ރަނގަޅު ގޮތަކަށް ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

މި ޓްވީޓްގައި ވަނީ ރާއްޖޭގެ ރައްޔިތުންގެ  އެންމެ ޒަމާން ވީ އެކުވެރި އަވަށްޓެރި ގައުމަކީ އިންޑިއާ ކަމށާއި ދިވެހިންނަށް އެންމެ އެހީތެރިވެދޭ ގައުމަކީވެސް އިންޑިއާ ކަމަށްވެސް ވިދާޅުވެފައެވެ.

ނަޝީދު މި މޭރުމުން ވާހަކަފުޅު ދައްކަވާފައިވާއިރު ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ސަރުކާރުން ވަނީ ހާމަ ކޮށްފައެވެ.

އިއްޔެ ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ އޮފީހުގެ އަންޑަރ ސެކެރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް ވިދާޅުވީ،ސަރުކާރަށް މިހާތަނަށް ލިބުނު މައުލޫމާތު ތަކުން އެނގޭ ގޮތުން ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާ ސިފައިންގެ އަދަދަކީ 77 ކަމަށެވެ. އޭގެ ތެރެއިން 24 ސިފައިން ތިބީ އިންޑިޔާއިން ހަދިޔާކުރި އެއް ހެލިކޮޕްޓަރު ބަލަހަށްޓައި ދުއްވުމަށް ކަމަށާ އަދި އަނެއް ހެލިކޮޕްޓަރ ދުއްވުމަށް 26 ސިފައިންތިބި އިރު، ޑޯނިއާ މަތިންދާބޯޓު ދުއްވުމަށް 25 ސިފައިން ތިބި ކަމަށް ފިރުޒުލް ވިދާޅުވި އެވެ. މީގެ އިތުރުން މެއިންޓަނަންސް އާއި އިންޖީނިއަރިން ފަދަ ކަންކަން ކުރުމަށް އިތުރު ދެ ސިފައިން ތިބި ކަމަށްވެސް ފިރުޒުލް ވިދާޅުވި އެވެ. 

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަ ކުރުމާއި، ރާއްޖޭގެ ސަލާމަތަށް ނުރައްކާވާގޮތަށް ހަދާފައި ހުރި އެއްބަސްވުންތައް ހާމަ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އަދި އިންޑިޔާ އާއި ވާހަކަ ދައްކައިގެން އެ ގައުމުގެ ސިފައިން ރާއްޖެއިން ފޮނުވާލުމަށްވެސް އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާއިރު އެ މަސައްކަތް މިހާރު ވަނީ ފަށްޓަވާފައެވެ. 

އަދި ވެރިކަމުގެ ފުރަތަމަ 14 ހަފްތާގައި ކުރާނެ އެންމެ މުހިންމު ކަމަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުން ކަމަށް  ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.