ޕީޖީ ޝަމީމް-- ފޮޓޯ: ދަ ޓައިމްސް އޮފް އައްޑޫ
ހަބަރު
20 Nov 2023 | 17:12
ޕީޖީ ޝަމީމް ގެ ކޮރަޕްޝަންގެ މައްސަލަތަކެއް އޭސީސީއަށް ލައިފި

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް އަށް ތުހުމަތު ކުރެވޭ ބޮޑެތި ކޮރަޕްޝަންގެ މައްސަލަ ތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށައަޅައިފިއެވެ.

މި މައްސަލަ އޭސީސީއަށް ހުށައަޅާފައި ވަނީ އާއްމު ފަރާތަކުންނެވެ. އޭސީސީ ގެ އިތުރުން މައްސަލަ ހުށައެޅި ފަރާތުން ވަނީ ރައްޔިތުންގެ މަޖިލީހާއި ރައީސް އޮފީހަށްވެސް މައްސަލަ ހުށައަޅާފައެވެ.

ޕީޖީ ޝަމީމަށް ކުރެވޭ ތުހުމަތު ތަކުގެ ތެރޭގައި މުއައްޒަފުންގެ މެދުގައި ތަފާތު ކުރުންތައް ގެންގުޅުމާއި ޕްރޮސެކިއުޓަރުންނަށް މައްސަލަތައް ބެހުމާއި، ޔުނިޓް ތަކަށް މުއައްޒަފުން ބެހުމާއި ޓްރެއިނިން އަށް މުއައްޒަފުން ނަގާއިރު ތަފާތު ކުރުންތައް ގެންގުޅޭކަމަށް ވަނީ ތުހުމަތު ކޮށްފައެވެ. އަދި މަގާމުގެ ނުފޫޒު ބޭނުންކޮށް އެއޮފީހަށް ހުށައެޅޭ މައްސަލަތަކަށް ދައުވާ ނުކުރުމަށް ނިންމާ ކަމަށްވެސް ދައުވާ ކުރާ ފަރާތުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި ފާހަގަ ކުރައްވާފައިވާ އަނެއްކަމަކީ ސްޓަޑީ ޓުއާއެއްގެ ނަމުގައި ޝަމީމް އެންމެ ގަޔާވާ ޕްރޮސެކިއުޓަރުނަށް 18 ދުވަހަށް އެމެރިކާއަށް ފުރައި ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށާއި، އެ ޓުއާގައި ބައިވެރި ވެވަޑައިގަންނަވާ ޕްރޮސެކިއުޓަރުންނަކީ ފަރަހަނާޒް މުހައްމަދު ދީދީ އާއި ކާމިލް ހުސެން އާއި މަރިޔަމް ޝަހުމާ އާއި އައިމިނަތު ޝާމާ ނަސީރު އާއި ހުސެން ސާމީ އާއި އީނާ މޫސާ އާއި މުހައްމަދު އާލިމް އެވެ. މީގެ ތެރެއިން  ފަރަހަނާޒް މުހައްމަދު ދީދީ އާއި ކާމިލް ހުސެން އަކީ ޝަމީމް ގެ އެދުމުގެ މަތިން ގާނޫނާއި ޕީޖީ އޮފީހުގައިވާ މަސައްކަތް ތަކުގައި އަމަލުކުރައްވަމުންދާ އުސޫލުތަކާއި ހިލާފަށް ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކުރެވުނު ޖިންސީ ފުރައްސާރައިގެ މައްސަލަ ފެއިލް ކޮށްލުމުގައި އުޅުނު ދެ ވަކީލުން ކަމަށް ވެސް މައްސަލައިގައި ވެއެވެ. މަރިޔަމް ޝަހުމާ އާއި އައިމިނަތު ޝާމާ ނަސީރު އާއި ހުސެން ސާމީ އާއި އީނާ މޫސާ އާއި މުހައްމަދު އާލިމް އަކީ އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަތަކުގައި މަސައްކަތް ކުރައްވާ ވަކީލުންކަން ފާހަގަ ކޮށްލަން ޖެހެއެވެ.

ޝަމީމްގެ އިތުރުން ކާމިލް އަށް ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި އޭނާ އަކީ ޝަމީމުގެ ލޯ ފާމްގައި މަސައްކަތް ކުރި ޝަމީމް އާއި ޒާތީ ގުޅުމެއް އޮންނަ ފަރާތެއް ކަމަށާއި އޭނާ އަކީ ޕީޖީ ޝަމީމް، އަދީބުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އިރު، އަދީބުގެ ފޯނު ޕީޖީ ޝަމީމް ގެ އިރުޝާދާއި އެއްގޮތަށް އިދާރާތަކަށް ފޮރުވުމުގެ މަސައްކަތް ކޮށަފައިވާ ބޭފުޅެއްކަމަށް ވެސް ބުނެފައިވެއެވެ.

މީގެ އިތުރުންވެސް ޕީޖީ ޝަމީމް އެ އޮފީހާއި ހަވާލުވި ފަހުން ދާއިރާ އާއި ގުޅޭ ބައްދަލުވުންތަކަށް ޓްރެއިނިން އަށް މުވައްޒަފުން ފޮނުވަން ޖެހުނު ނަމަވެސް އެ ޓްރެއިނިން ތަކަށް އެ އޮފީހުން ކަނޑައަޅުއްވައިފައިވާ ވަކީލަކީ ނިޝާން ވަހީދު ކަމަށް ވިދާޅުވެ ހުރިހާ ބައްދަލުވުންތަކަށް ނިޝާން ފޮނުއްވާކަމަށް ވެސް މައްސަލަ ހުށައެޅިފަރާތުން ވަނީ ބުނެފައެވެ. އަދި ނިޝާން އާއި ކުރުމަށް ހަވާލު ކޮށްފައިވާ މަސައްކަތް ތައް ނުކުރާކަމަށްވެސް ވަނީ ޝަކުވާ ކޮށްފައެވެ. އެހެންނަމަވެސް ނިޝާން ގެ ބަފައިބެ އަކީ އެމްޑީޕީގެ ބޭފުޅެއް ކަމުގައިވާ ބާރަށު ދާއިރާގެ މެމްބަރު އަހްމަދު އަބްދުالله ކަމަށް ވަތީ "ސަރުކާރު ރުއްސުމަށް" މިހާތަނަށް ނިޝާން އަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަންވެސް ވަނީ ފާހަގަ ކޮށްފައެވެ.

ދައުވާ ނުކޮށް ޝަމީމް ފައިލް ކުރަން ނިންމި ބައެއް މައްސަލަތަކުގެ ތެރޭގައި ވެންޓިލޭޓަރުގެ މައްސަލަ، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދުގެ ފިރިމީހާގެ މައްޗަށް ކުރެވުނު ރޯޔަލް ރޭޕް ކޭސް ގެ ތުހުމަތު ގެ މައްސަލަ، ދުވާފަރު ދާއިރާގެ މެމްބަރު ގެ ހިޔާނާތުގެ މައްސަލަ، ހިއުމަން ޓްރެފިކިން ގެ ދައުވާ ކުރި މެމްބަރު ރިޒާގެ މައްސަލަ، ކުރީގެ ސްޕޯޓްސް މިނިސްޓަރ އަހްމަދު މަހްލޫފްގެ މައްޗަށް އެމްއެމްޕީއާރުސީ އާއި ގުޅިގެން ކުރި ދައުވާ  މަސްތުވާ ތަކެތީގެ މައްސަލަތަކެއްގެ އިތުރުންވެސް ސަރުކާރުގެ އިސް މަގާމު ތަކުގައި ތިއްބެވި ބައެއް އިސްބޭފުޅުންގެ މައްސަލަތަކެއްވެސް ހިމެނޭ ކަމަށް އޭސީސީއަށް ހުށައަޅާފައިވެއެވެ.

މީގެ ކުރިންވެސް ޕީޖީ ޝަމީމު މުއައްޒަފުންގެ މެދުގައި ތަފާތު ކުރުން ގެންގުޅުއްވާ ކަމުގެ ވާހަކަ ފެތުރިފައިވާކަން ފާހަގަ ކޮށްލަން ޖެހެއެވެ. 

މިކަންކަމުގެ އިތުރުންވެސް ޝަމީމް ދީނަށް ފުރައްސާރަ ކުރެއްވި ކަމަށާއި އެނޭންވެސް ބައިވަރު ސުލޫކީ މައްސަލަތަކެއް ޝަމީމްއާއި ދެކޮޅަށް ހުށައަޅާފައިވެއެވެ.

 

ކޮމެންޓް
މުހަންމަދު
މިކަލޭގެ އަވަހަށް ބޭރު ކުރޭ...................
20 Nov 2023
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.