މިނިސްޓަރ އޮފް ހައުސިންގ، ޑރ ޢަލީ ހައިދަރު އަޙްމަދު-- ފޮޓޯ/ ވޮއިސް
ހަބަރު
20 Nov 2023 | 16:21
ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރާއި ދެވަނަބުރާއި ދެމެދު ދޫކުރި ފުލެޓްތައް ރިވިއު ކުރަނީ!

މި އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރާއި ދެވަނަ ބުރާއި ދެމެދު ދޫކުރެވުނު ފުލެޓްތައް އައު ސަރުކާރުން ރިވިއު ކުރަން ނިންމައިފިއެވެ. 

މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް، ޑރ. ޢަލީ ހައިދަރު އަޙްމަދު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެބޭފުޅާ ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ކުރިން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ގެ ސަރުކާރުން ދޫކުރަން ނިންމި ފުލެޓް ތަކާއި، ފްލެޓްތަކުގެ ހައްގުވެރިންނަށް އެ ފްލެޓްތައް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ގެ ވަޢުދުފުޅެއް ކަމަށާ، އެ ފަރާތްތަކަށް ފުލެޓްތައް ލިބޭނެ ކަމަށެވެ. 

އެހެން ނަމަވެސް، އިންތިޚާބުގެ ފުރަތަމަ ބުރާއި ދެވަނަ ބުރާއި ދެމެދު ދޫކުރެވުނު ފުލެޓްތަކާއި ގުޅިގެން 700 އަށްވުރެ ގިނަ މައްސަލަ އޭސީސީއަށް ހުށަހެޅިފައިވާ ކަމަށާ، އެކަމާއި ގުޅިގެން ފުލެޓްތައް ދޫކުރުން ހުއްޓާލުމަށް ކުރީ ސަރުކާރަށް އޭސީސީން އަންގާފައިވާ ކަމަށް މިނިސްޓަރު ހައިދަރު ވިދާޅުވި އެވެ. 

"ސަރުކާރުން އަޅުގަނޑުމެން މި މަޑުކުރަނީ އޭސީސީން އެކަމާއި ގުޅިގެން ލަފައެއް އަރުވަންދެން. އަޅުގަނޑުމެން ބަލާނަން އެ މައްސަލަ އަކީ ކޮބައިތޯ، ބަލާފަ އެ މައްސަލަ ތައް ރިވިއުކުރަން އަޅުގަނޑުމެން ސަރުކާރުން އޮތީ ނިންމާފައި. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާއި ދެވަނަ ބުރާއި ދޭތެރޭ ދޫކޮށްފައިހުރި ފުލެޓްތައް، އެ ފްލެޓްތައް އަޅުގަނޑުމެން ރިވިއު ކުރާނަން، އެ ލިބިފައި ހުރީ ހައްގުވެރި ފަރާތަށްތޯ ނޫން ތޯ."

މިނިސްޓަރ އޮފް ހައުސިންގ، ޑރ ޢަލީ ހައިދަރު އަޙްމަދު

މިއާއެކު، ރައީސް މުޢިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު، ގޯއްޗާއި ފުލެޓް ދޫކުރުން މަޑު ޖައްސާލަން ކުރީ ސަރުކާރަށް އެންގެވިކަން ފާހަގަކުރައްވައި މިނިސްޓަރު އިތުރަށް ވިދާޅުވީ، ރައީސް މުޢިއްޒު އެފަދައިން އެންގެވިފަހުން ކުރީ ސަރުކާރުން ދޫކުރި ގޯތީގެ ލިސްޓާއި ފުލެޓް ލިސްޓަށްވެސް އައު ސަރުކާރުން ނުބަލާނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
މެޗަށްފަހު ރެއާލް މެޑްރިޑް ޕޮއިންޓް ތާވަލްގެ ތިންވަނައަށް ޖެހިލިއިރު ވިޔަރެއާލް އުޅެނީ ތާވަލްގެ 10 ވަނާގައެވެ.
11 Oct 2026
މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފަހުބައި ފުރިހަމަކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ
11 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި 12 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ
ސައުޒީ ގެޒެޓުން މިއަދު ބުނީ ސައުދީގެ ސިވިލް އެވިއޭޝަން އޮތޯރިޓީން މިއަދު ހެނދުނު ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ސައުދީ އަރަބިއްޔާގެ ހަތަރު ރައްޔިތުންނާއި، ބަންގްލަދޭޝްގެ ދެ މީހުންގެ އިތުރުން އެމެރިކާ، މިސްރު، އުރުދުން، ސޫރިޔާ، ފަލަސްތީން އަދި ސޫދާނަށް ނިސްބަތްވާ މީހެކެވެ
11 Oct 2026
އަންހެން ދަރިންނަށް ކުރާ އިންވެސްޓްމަންޓް ވެގެންދާނީ، ފާގަތި މުސްތަގްބަލަކަށް ކުރެވޭ އިންވެސްޓްމަންޓަކަށް
އަންހެން ދަރިންގެ ކުރިއެރުމަށްޓަކައި ކުރާ ކޮންމެ ހޭދައަކާއި އިންވެސްޓްމަންޓަކީ، މުޅި މުޖުތަމައުގެ ހަމަހަމަކަމާއި އެންމެންގެ ބައިވެރިވުން ހިމެނޭ، އުޖާލާ އަދި ފާގަތި މާދަމައެއް ބިނާކުރުމަށްޓަކައި އެޅޭ އެންމެ މުހިންމު ބިންގާ
11 Oct 2026
އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
10 Oct 2026
ވިކްޓްރީ އާއި މާޒިޔާ ބައްދަލުކުރި ބޮޑު މެޗް އެއްވަރު
މެޗަށްފަހު ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ތާވަލްގެ އެއްވަނާގައި ޕޮއިންޓްގެ ގޮތުން އެއްވަރެއްގައި ވިކްޓްރީ އަދި ނިއު ކުރީގައި އުޅޭއިރު ދެ ޓީމަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ
10 Oct 2026
ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް
ފުލުހުން ބުނީ އޭނާ ހައްޔަރެއް ނުކުރާކަމަށާއި، މުޒާހަރާއަށް ހުރަސް އެޅުމުގެ ގޮތުން ވަގުތީ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީކަމަށެވެ.
10 Oct 2026
ލޯނު އަދާކުރުމަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
އެންމެފަހުން ދައްކާފައިވަނީ އިންޑިއާގެ ސްޓޭޓް ބޭންކު މެދުވެރިކޮށް ނަގާފައި އޮތް 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ފެސިލިޓީގެ އެންމެ ފަހު 50 މިލިއަން ޑޮލަރެވެ. އޭގެ ކުރިން އެޕްރީލް މަހުގެ ދެ ވަނަ ދުވަހު 524 މިލިޔަން ޑޮލަރުގެ ސުކޫކާއި 23 އެޕްރީލުގައި އިންޑިއާއަށް ދެއްކި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާވެސް ހިމެނެއެވެ.