އިންދޮނީސީ ހޮސްޕިޓަލް. ފޮޓޯ: އިންޓަރނެޓްް
ދުނިޔެ
20 Nov 2023 | 17:22
އިޒްރާއިލް ސިފައިން އިންދޮނީސީ ހޮސްޕިޓަލް ވަށަލައިފި

އިޒްރާއިލް ސިފައިން ބަރު ހަތިޔާރާއި އެކު ފަަލަސްޠީނުގެ ޣައްޒާގައި ހުންނަ އިންދޮނީސީ ހޮސްޕިޓަލް ވަށައިލައިފިއެވެ.

އަލްޖަޒީރާގައި ބުނެފައިވަނީ އިޒްރާއިލް ސިފައިން ޣައްޒާގެ އިންދޮނީސީ ހޮސްޕިޓަލް ވަށައި ހަތިޔާރު ތަކާއި އެކު ވަށަލައިފައިވާކަމަށެވެ.

މަންޒަރު ފެންނަ ހިސާބުގައި ހުރި އަލްޖަޒީރާގެ ނޫސްވެރިޔަކާއި ހަވާލާދީ އަލްޖަޒީރާގައި ބުނެފައިވަނީ އިންދޮނީސީ ހޮސްޕިޓަލްގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައިކަމަށެވެ.

“ބިރުގަނެފައިވާ ބަލިމިހުން ރައްކާތެރިކަން ހޯދަން ހޮސްޕިޓަލުގެ އެތެރޭގައި ދަނީ ހޭލަމޭލަވަމުން، ހަމަލާތަކުގެ އަމާޒަކަށްވި ބައެއް މީހުން ހޮސްޕިޓަލްގެ ތަޅުންމަތީގައި އެތަން މިތާގައި” އޭނާ ބުނެފައިވެއެވެ.

އިތުރަށް އޭނާ ބުނެފައިވަނީ އިޒްރާއިލް ސިފައިން ހޮސްޕިޓަލް ވަށައިލައިފައިވާ އިރު ހަރަކާތެއް ވާހެން ފެންނަ ކޮންމެ މީހަކު އެމީހުންގެ ހަމަލާ ތަކުގެ އަމާޒަކަށް ހަދަމުންދާ ކަމަށެވެ.

އިޒްރާއިލުން އިންދޮނީސީ އަށް ދެމުންދާ ހަމަލާތަކުގައި 12 މީހަކު ޝަހީދުވެފައިވާ ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ. އަލްޖަޒީރާގައި ބުނެފައިވަނީ އިންދޮނީސީ ހޮސްޕިޓަލްގެ ތެރޭގައި ޝަހީދު ވެފައި ތިބި މީހުންނަކީ އެ ހޮސްޕިޓަލްގައި ވަގުތީ ހިޔާވަހިކަން ހޯދަމުންދިޔަ ޢާންމުން ކަމަށެވެ.

އަދި އިޒްރާއިލުން ހަމަލާދީފައިވަނީ އިންދޮނީސީ ހޮސްޕިޓަލްގެ ސާޖިކަލް ޑިޕާޓްމެންޓަށް އަމާޒުކޮށް ކަމަށާއި އެ ހަމަލާގެ ސަބަބުން ބައެއް ޑޮކްޓަރުން ޒަޚަމް ވެފައިވާކަމަށެވެ.

އިޒްރާއިލުން ވަނި ޣައްޒާގެ އަލްޝިފާ ހޮސްޕިޓަލަށް ވަދެ ބޮޑެތި ގެއްލުން ތަކެއް ދިނުމަށް ފަހު އެތަން ހުސްކުރުމަށް އަންގައިފައެވެ.

އަލްޝިފާގެ ޑޮކްޓަރުން ދަނީ އެތަން ހުސްކުރުމަށް މަސައްކަތް ކުރަމުންނެވެ. އިއްޔެވަނީ އަލްޝިފާގެ އެންއައިސީޔޫގައި ތިބި “ޕްރިމެޗުއަރ” ކުދިން ޣައްޒާގެ ދެކުނުގައި ހުންނަ ދެހޮސްޕިޓަލަކަސް ބަދަލު ކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.