މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް، ޑރ. ޢަލީ ހައިދަރު އަޙްމަދު--ފޮޓޯ/ ހައުސިންގް މިނިސްޓްރީ
ހަބަރު
20 Nov 2023 | 19:55
"ރައީސް މުޢިއްޒު އިންތިޚާބަށް ވާދަކުރައްވަން ފެއްޓެވީވެސް ބޯހިޔާވަހިކަމުގެ ޕްލޭން ހަދައި ކަރުދާސްވެސް ކުރައްވާފައި"

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު، ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ފެއްޓެވީވެސް، މާލެ ސަރަހައްދުގައި އެމަނިކުފާނުގެ ވެރިކަމުގައި ކުރިއަށް ގެންދަވާނެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ޕްލޭންކުރައްވައި، ކަރުދާހުގައި ކުރައްސަވާ ވެސް ނިންމަވާފައި ކަމަށް މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް، ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ހައިދަރު ވިދާޅުވީ، މާލެ ސަރަހައްދުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ރައީސް މުޢިއްޒުގެ ސަރުކާރުން، ގިނަ ކަންކަން ރާވާފައިވާ ކަމަށެވެ. އެގޮތުން، ގުޅީ ފަޅާއި، ގިރާވަރު ފަޅާއި، މާލެ އާއި ހުޅުމާލޭގެ އިތުރުން ފުށިދިއްގަރު ފަޅުގައިވެސް މަޝްރޫޢުތައް ކުރިއަށް ގެންދަވަން ނިންމަވާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒުގެ އިނޮގްރަލް ސްޕީޗުގައިވެސް ވިދާޅުވި، ގުޅީފަޅަށާއި، ގިރާވަރު ފަޅަށާއި، ފުށިދިއްގަރު ފަޅަށް، ތަފްސީލް ޕްލޭންތަކެއް ހެދި ކަރުދާސް ކުރެވިފައިވާ ކަމަށް. އެއީ ތެދުފުޅެއް. ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުގައި ވާދަކުރައްވަން ފެއްޓެވިއިރުވެސް ހުންނާނީ މި ދެންނެވި ސަރަހައްދު ތަކުގައި ހަމަ ތަފްސީލް އާބަން ޑިވެލޮޕްމަންޓް ޕްލޭން ތަކެއް ތައްޔާރުކޮށް ނިންމާފައި. އޭގެ އަދަދުތައްވެސް ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުގެ ތެރޭގައި ވާނީ ވިދާޅުވެދެއްވާފައި. 

މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް، ޑރ. ޢަލީ ހައިދަރު އަޙްމަދު

މިނިސްޓަރ އިތުރަށް ވިދާޅުވީ، ކެންޕެއިންގެ ތެރެއިން، މާލެ ސަރަހައްދުގައި 60,000 ހައުސިންގ ޔުނިޓް އަޅުއްވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވެދެއްވާފައި ވީނަމަވެސް، މިހާރު އެ އަދަދު އެއަށްވުރެވެސް އިތުރު ވެގެން ގޮސްފައިވާ ކަމަށެވެ. 

އެގޮތުން، އެމަނިކުފާނުގެ ޕްލޭންގައި އޮތް ސަރަޙައްދުތަކުގެ އިތުރުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ގެ ސަރުކާރުން ހިއްކަންފެށި ހުޅުމާލޭ ފޭސް 3 ގެ ބިން ހިމަނައިގެން ޖުމުލަ 75,000 ހައުސިން ޔުނިޓް މާލެ ސަރަހައްދުގައި އެޅިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. 

"75,000 ހައުސިންގ ޔުނިޓް މިދެންނެވި ހުރިހާ ސަރަހައްދަކުން އުފެދިގެން ދާނެ. ޚާއްސަކޮށް ފުށިދިއްގަރު ފަޅުން." 

މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް، ޑރ. ޢަލީ ހައިދަރު އަޙްމަދު 

މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ ޕްލޭން ކަރުދާހުގައި ލިޔެވި ނިންމަވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވެފައިވާއިރު، އެކަމާއި ގުޅިގެން، ރައީސް މުޢިއްޒު ހުވާކުރެއްވި ރަސްމިއްޔާތު ގައި އެމަނިކުފާނު ވިދާޅުވީ، މި ދައުރު، ބިންވެރިކަމާއި ގެދޮރުވެރިކަމުގެ ރަންޒަމާނެއް ދިވެހީންނަށް ގެނެސްދޭނޭ ދައުރެއް ކަމަށެވެ. 

"އުތުރުތިލަފަޅުން ފެށިގެން ފުށިދިއްގަރު ފަޅާ ހަމައަށް، އެންމެ ޒަމާނީ އިމާރާތްތަކާއި ބަގީޗާތަކުގެ ހާރެއް އަތުރާލާނީ ތިޔަބޭފުޅުންގެ މި އާ ސަރުކާރުން. އެކަމުގެ ކަރުދާހީ ގިނަ މަސައްކަތެއް ހުރީ ލިޔެ، ހުރިހާ ކަމެއް ނިމިފައި. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް، ޒަމާނީ އާ ޝަހަރުތަކެއްގެ ޒީނަތްތެރި މަލަތައް، ދިވެހި ފަޅުފަޅުން އުފުލިލާނެ." ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވި އެވެ. 

ކޮމެންޓް
ހުސަެނުބެ
ޚަނޑު ފަތާފައި ދާންޖެހޭ ކަމަށް ވާނަމަ، ތުލުސްދޫ އަައި ކާށިދޫ ތަރައްގީ ކުރަންވީ ނޫންހެއްޔެވެ؟ ތިޔަ އުޅެނީ މިކަންވެސް މުއިއްޒު ކުރަަށެވެ. ބޮޑު އިސްރާފެއް ފަށަނީއެވެ..
20 Nov 2023
ގުޅޭ ލިޔުންތައް
11 Oct 2026
ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
މެޗަށްފަހު ރެއާލް މެޑްރިޑް ޕޮއިންޓް ތާވަލްގެ ތިންވަނައަށް ޖެހިލިއިރު ވިޔަރެއާލް އުޅެނީ ތާވަލްގެ 10 ވަނާގައެވެ.
11 Oct 2026
މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފަހުބައި ފުރިހަމަކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ
11 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި 12 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ
ސައުޒީ ގެޒެޓުން މިއަދު ބުނީ ސައުދީގެ ސިވިލް އެވިއޭޝަން އޮތޯރިޓީން މިއަދު ހެނދުނު ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ސައުދީ އަރަބިއްޔާގެ ހަތަރު ރައްޔިތުންނާއި، ބަންގްލަދޭޝްގެ ދެ މީހުންގެ އިތުރުން އެމެރިކާ، މިސްރު، އުރުދުން، ސޫރިޔާ، ފަލަސްތީން އަދި ސޫދާނަށް ނިސްބަތްވާ މީހެކެވެ
11 Oct 2026
އަންހެން ދަރިންނަށް ކުރާ އިންވެސްޓްމަންޓް ވެގެންދާނީ، ފާގަތި މުސްތަގްބަލަކަށް ކުރެވޭ އިންވެސްޓްމަންޓަކަށް
އަންހެން ދަރިންގެ ކުރިއެރުމަށްޓަކައި ކުރާ ކޮންމެ ހޭދައަކާއި އިންވެސްޓްމަންޓަކީ، މުޅި މުޖުތަމައުގެ ހަމަހަމަކަމާއި އެންމެންގެ ބައިވެރިވުން ހިމެނޭ، އުޖާލާ އަދި ފާގަތި މާދަމައެއް ބިނާކުރުމަށްޓަކައި އެޅޭ އެންމެ މުހިންމު ބިންގާ
11 Oct 2026
އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
10 Oct 2026
ވިކްޓްރީ އާއި މާޒިޔާ ބައްދަލުކުރި ބޮޑު މެޗް އެއްވަރު
މެޗަށްފަހު ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ތާވަލްގެ އެއްވަނާގައި ޕޮއިންޓްގެ ގޮތުން އެއްވަރެއްގައި ވިކްޓްރީ އަދި ނިއު ކުރީގައި އުޅޭއިރު ދެ ޓީމަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ
10 Oct 2026
ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް
ފުލުހުން ބުނީ އޭނާ ހައްޔަރެއް ނުކުރާކަމަށާއި، މުޒާހަރާއަށް ހުރަސް އެޅުމުގެ ގޮތުން ވަގުތީ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީކަމަށެވެ.
10 Oct 2026
ލޯނު އަދާކުރުމަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
އެންމެފަހުން ދައްކާފައިވަނީ އިންޑިއާގެ ސްޓޭޓް ބޭންކު މެދުވެރިކޮށް ނަގާފައި އޮތް 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ފެސިލިޓީގެ އެންމެ ފަހު 50 މިލިއަން ޑޮލަރެވެ. އޭގެ ކުރިން އެޕްރީލް މަހުގެ ދެ ވަނަ ދުވަހު 524 މިލިޔަން ޑޮލަރުގެ ސުކޫކާއި 23 އެޕްރީލުގައި އިންޑިއާއަށް ދެއްކި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާވެސް ހިމެނެއެވެ.