ދިވެހިބަހާއި ޘަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް، މިޞްރުން ދިވެހި ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު މާޖިދު މުޞްލިޙާ އާއި ބައްދަލު ކުރެއްވުން--
ހަބަރު
21 Nov 2023 | 07:07
މިޞުރުގައި ރާއްޖޭގެ ޘަގާފީ މަރުކަޒެއް ޤާއިމްކުރަން މަޝްވަރާކޮށްފި!

ގައުމިއްޔަތު ކުރިއެރުވުމަށް މިޞުރުގެ އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ދިވެހިބަހާއި ޘަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމަށް މިޞްރުން ދިވެހި ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު މާޖިދު މުޞްލިޙާ ދެއްވައިފިއެވެ.

މި ޔަޤީންކަން ދެއްވަވާފައިވަނީ ދިވެހިބަހާއި ޘަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަޒީރު  މިޞްރުގެ ސަފީރާއި ބައްދަލު ކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުވުމުގައި ޤައުމިއްޔަތު ދިރުވާ އާލާކުރުމަށް ގިނަ ބުރަ މަސައްކަތްތަކެއް ކުރައްވަން ޖެހޭކަމަށް ދެބޭފުޅުން ފާހަގަކުރައްވާފައިވާއިރު މިޞުރުން ރާއްޖެއަށް ހުރިހާ ރޮނގަކުން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށް ސަފީރު ވަނީ ވިދާޅުވެފައެވެ. އެގޮތުން މިޞުރުގައި ރާއްޖޭގެ ޘަގާފީ މަރުކަޒެއް ޤާއިމްކޮށް މިޞުރުގެ ރައްޔިތުންނާއި ދިވެހި ދަރިވަރުންނަށް އެތަނުގެ ބޭނުން ކުރެވޭނެ މަގު ފަހިކޮށްދޭނެ ކަމަށާއި ދިވެހީންގެ ދިވެހިވަންތަކަން ފެންނާނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް ވިދާޅުވިއެވެ. އަދި މީގެ އިތުރުންވެސް މިޞުރުގެ ވެރިރަށް ޤާހިރާގެ މަގަކަށް ދިވެހި ނަމެއް ދިނުމާއި ބެހޭގޮތުންވެސް ވަނީ މަޝްވަރާތައް ކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ހަފްތާ 14ގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ރާއްޖޭގެ ޤައުއްޔަތު ދިރުވާ އާލާކުރުމަށް ފަށާ ބޮޑު މަޝްރޫޢަށް ބޭނުންވާ ޢިލްމީ ދިރާސާތައް، ޢާކިއޮލަޖީ އަދި އެންތޮރަޕޮލޮޖީގެ ދާއިރާއިން ހެއްދެވުމުގައި މިޞުރުގެ އިލްމުވެރިންގެ އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވުމަށާއި، އަދި ރާއްޖޭގެ ޘަގާފީ ތަރިކަ ޔުނެސްކޯގައި ލިސްޓް ކުރުމަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށްވެސް މި ބައްދަލުވުމުގައި  ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައިވެއެވެ.

މީގެ އިތުރުން އިސްލާމީ ތާރީޚީ ސިލްސިލާތަށް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމަށް ދެބޭފުޅުންގެ މެދުގައި މަޝްވަރާ ކުރައްވާފައިވެއެވެ.

މި ބައްދަލުވުމުގައި ދިވެހިންގެ ޘަގާފަތާއި ޤައުމީ ތަރިކަ ދިރުވާ އާލާ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ ތަޞައްވަރެއްކަމަށާއި މި ތަޞައްވަރަށް ފަހިކަން ލިބޭ ގޮތަށް މުހިއްމު އެހީތެރިކަމެއް ދެއްވަން ހުށަހެޅުއްވީތީ އެކަމަށްޓަކައި ވަޒީރު ވަނީ މިޞްރުގެ ސަފީރަށް ޝުކުރު އަދާ ކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.