ރާއްޖެއަށް މުދާ އެތެރެކުރުމަށް ބޭނުން ކުރާ ކޮންޓެއިނާތަކެއް އުފުލަނީ. ފޮޓޯ: އެމްޕީއެލް
ހަބަރު
21 Nov 2023 | 12:19
ރާއްޖެއަށް އެތެރެ ކުރި މުދާ އިތުރުވި ނަމަވެސް އާމްދަނީ ދަށަށް!

މިދިޔަ މަހު ރާއްޖެއަށް އެތެރެކުރި މުދާ އިތުރުވި ނަމަވެސް ދައުލަތަށް ލިބުނު އާމްދަނީ ދަށްވެއްޖެ ކަމަށް މޯލްޑިވްސް ކަސްޓަމްސް ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަމަހު ދައުލަތަށް، ރާއްޖެއަށް އެތެރެކުރި މުދަލުން 5 ބިލިއަން ރުފިޔާގެ މުދަލުގެ ޑިއުޓީގެ ގޮތުގައި ލިބިފައިވަނީ 336 ބިލިއަން ރުފިޔާ އެވެ.

ނަމަވެސް މިދިޔަ އަހަރުގެ އޮކްޓޯބަރުގައި އެތެރެކުރި 4.2 ބިލިއަން ރުފިޔާގެ މުދަލުން ޑިއުޓީގެ ގޮތުގައި ވަނީ 364 މިލިއަން ރުފިޔާ ލިބިފަ އެވެ.

އޮކްޓޯބަރު މަހު ރާއްޖޭން އެކްސްޕޯޓް ކުރި މުދަލުގެ އެފްއޯބީ އަގު ވަނީ 2022 ވަނަ އަހަރުގެ މި މުއްދަތާއި އާޅާބަލާއިރު، 13 އިންސައްތަ ދަށްވެފައި ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބު ތަކުން ދައްކައެވެ.

2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ރާއްޖޭން 187 މިލިއަން ރުފިޔާގެ މުދާ ބޭރު ކޮށްފައި ވާއިރު، މިއަހަރު މިއަދަދު އުޅެނީ 163 މިލިއަން ރުފިޔާގަ އެވެ.

އޮކްޓޯބަރު މަހު ރާއްޖެއަށް އެތެރެ ކުރި މުދަލުގެ ސީއައިއެފް އަގު 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހާ އަޅާބަލާއިރު 17 އިންސައްތަ ވަނީ އިތުރުފަ އެވެ. 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ދިވެހިރާއްޖެއަށް 4.2 ބިލިއަން ރުފިޔާގެ މުދާ އެތެރެ ކޮށްފައިވާއިރު، މި ޢަދަދުވަނީ 5 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ.

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި ހިމެނެނީ ޔޫ.އޭ.އީ، އިންޑިޔާ، ޗައިނާ، އޮމާން، އަދި މެލޭޝިއާ އެވެ. ޔޫ.އޭ.އީ އާއި އިންޑިޔާ އިން 732 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، ޗައިނާ އިން 716 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފަ އެވެ.

މީގެއިތުރުން އޮމާން އިން 688 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފަ އެވެ. މެލޭޝިއާ އިން 390 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފަ އެވެ.

މިދިޔަ މަހު އެންމެ ގިނައިން ރާއްޖޭން މުދާ ބޭރުކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި ހިމެނެނީ، ތައިލޭންޑް، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް، ފަރަންސޭސިވިލާތް އަދި ވިއެޓްނާމް އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.