ޓްރާސްޕޯޓް މިނިސްޓަރ މުހައްމަދު އަމީނު-- ފޮޓޯ:ރައީސް އޮފީސް
ހަބަރު
21 Nov 2023 | 13:18
ވަޒީފާއިން ވަކި ކުރި މައްސަލައިގައި އަމީނަށް ދެ މިލިއަން ރުފިޔާގެ ބަދަލެއް!

އާ ސަރުކާރުގެ ޓްރާސްޕޯޓް މިނިސްޓަރ މުހައްމަދު އަމީނު އައިލެންޑް އެވިއޭޝަން ގައި އަދާކުރި ވަޒީފާއިން ވަކި ކުރި މައްސަލައިގައި ބަދަލެއްގެ ގޮތުން އެބޭފުޅާ އަށް ދެމިލިއަން ރުފިޔާގެ ބަދަލެއް ދިނުމަށް ނިންމައިފިއެވެ.

1993 ވަނަ އަހަރުން ފެށިގެން އަމީނު މޯލްޑިވިން ގައި އަދާކުރަމުން ދިޔަ ފްލައީތް އޮޕަރޭޝަންސް ޑިރެކްޓަރގެ މަގާމުން 2019 ވަނަ އަހަރު ވަކި ކުރުމާއި އެކު އެމައްސަލަ އަމީން ވަނީ ސިވިލް ކޯޓަށް ހުށައަޅާފައެވެ. ސިވިލް ކޯޓުން ވަނީ އެ މަޤާމު ނުވަތަ އެއާއި އެއްވަރުގެ މަގާމެއް އަމީނަށް 15 ދުވަސް ތެރޭގައި ދިނުމަށް އަމީނާއި އެއްކޮޅަށް ހުކުމްކޮށްފައެވެ. މައްސަލަ ހުށައެޅި އިރުވެސް އަމީން އަށް މުސާރަ އާއި އިނާޔަތް ތަކުގެ ގޮތުގައި 2.8 މިލިއަން ރުފިޔާ އައިލެންޑް އޭވިއޭޝަން ދޭން ޖެހެއެވެ.

ސިވިލް އޭވިއޭޝަންގެ ފަރާތުން އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރި ނަމަވެސް އިސްތިއުނާފުގެ މައްސަލަ ނިންމައި ހައި ކޯޓުން މިދިޔަ އާދީއްތަ ދުވަހު ކުރި ހުކުމުގައިވާ ގޮތުން އެ މައްސަލަ ކޯޓުން ބޭރުގައި އެކަން ހައްލުކޮށްފައިވާތީ މައްސަލަ ނިމިފައިވާ ކަމަށް ބުނެފައިވެއެވެ.

ހުކުމުގައި ބުނެފައިވާ ގޮތުން، އެއްބަސްވެފައިވަނީ އަމީނަށް 2،202،580.02 ރުފިޔާގެ ބަދަލެއް ދިނުމަށެވެ. އެއީ އޭނާ ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން އެއްބަސްވުމާއި ދޭތެރެއަށް ފާއިތުވި ހުރިހާ ދުވަހަކަށް އޭނާއަށް ދޭން ޖެހޭ މުސާރައާއި އިނާޔަތެވެ.

މި މައްސަލައާއި ގުޅޭ ކޯޓު ލިޔެކިޔުންތަކުން އެނގޭގޮތުގައި މައްސަލަ ކޯޓުން ބޭރުގައި ނިންމައި ބަދަލުދޭން ނިންމާފައި އެގޮތަށް އެކަން ނިންމައި ކޯޓަށް ސިޓީ ފޮނުވާފައިވަނީ 16 ނޮވެމްބަރު 2023 ގައެވެ.

ކޮމެންޓް
ޢަލީ
ނަން ވާނީ އިބޫ
21 Nov 2023
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.