ރާއްޖޭގެ ދެކުނުގައި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައި.ޔޫ.އެމް)ގެ ކެމްޕަސް ހިންގުމަށް ގދ. ތިނަދޫގައި ހުރި އިސްލާމީ މަރުކަޒު ޙަވާކުރުން-- ފޮޓޯ/އިސްލާމިކް މިނިސްޓްރީ
ހަބަރު
21 Nov 2023 | 14:01
ގދ ތިނަދޫ އިސްލާމީ މަރުކަޒު އިސްލާމީ ޔުނިވަރސިޓީއާއި ހަވާލުކޮށްފި

ކުރީގެ ރައީސް އަބްދުالله ޔާމީން ޢަބްދުލް ޤައްޔޫމްގެ ވެރިކަމުގައި ގދ ތިނަދޫގައި ޤާއިމްކުރި އިސްލާމީ މަރުކަޒު، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ގޮތްޕެއްގެ ގޮތުގައި ހަމަ ޖައްސައި ރަސްމީކޮށް އެ ޔުނިވަރސިޓީއާއި ހަވާލުކޮށްފިއެވެ. 

ތިނަދޫ އިސްލާމީ މަރުކަޒު އިސްލާމީ ޔުނިވަރސިޓީއާއި ހަވާލުކޮށްފައިވަނީ އެކަމަށްޓަކައި އިސްލާމީ ޔުނިވަރސިޓީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. ރަސްމީކޮށް ތިނަދޫ އިސްލާމީ މަރުކަޒު އިސްލާމީ ޔުނިވަރސިޓީގެ ގޮތްޕެއްގެ ގޮތުގައި ކަނޑައަޅަށް އެ ޔުނިވަރސިޓީއާއި ހަވާލުކޮށްދެއްވީ، އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް އާލީ ސަޢީދެވެ. 

މިއަދު ސޮއި ކުރެވުނު އެއްބަސްވުމާއެކު 10 އަހަރު ދުވަހުގެ މުައްދަތަކަށް ގދ ތިނަދޫ އިސްލާމީ މަރުކަޒު، ދިވެހިރާއްޖޭގެ އިސަލާމީ ޔުނިވަރސިޓީއާއި ޙަވާލުކުރެވިގެންދާނެއެވެ. 

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރުގެ މަޤާމަށް އަލަށް ޢައްޔަނުކުރެެއްވި ޑރ އަލީ ޒާހިރު ވިދާޅުވީ ތިނަދޫ އިސްލާމީ މަރުކަޒަކީ އިސްލާމީ ޔުނިވަރސިޓީގެ ގޮތްޕެއްގެ ގޮތުގައި ކަނޑައެޅުމާއެކު ޔުނިވަރސިޓީގެ  ކޯސްތައް އެ ސަރަހައްދުގައި ހިންގައި ފުޅާކުރުމަށް ދިމާވަމުންއައި ދަތިތަކަށް ޙައްލެއް ލިބިގެންދާނެ ކަމުގައެވެ. 

ތިނަދޫގައި ކިޔަވައިދިނުމުގެ މަސައްކަތް އަޅުގަނޑުމެން އެބަ ކުރަން، އެހެން ނަމަވެސް އަޅުގަނޑުމެންނަށް އެކަމުގައި ހުރި ބައެއް ކަހަަލަ ދަތި ކަންކަން، އަޅުގަނޑުމެންގެ ތަނެއް ނެތުމުގެ ސަބަބުން ދިމާވާ ދަތިތައް، މާތް الله ގެ އިރާދަފުޅާއެކުގައި މިއަދުގެ މި އެއްބަސްވުމުގެ ދަށުން ފިލައިގެންދާނެ

ޑރ އަލީ ޒާހިރު

މީގެ އިތުރުން މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް އާލީ ސަޢީދު ވިދާޅުވީ އިސްލާމީ ޔުނިވަރސިޓީއަކީ ރަސްމީކޮށް އެ މިނިސްޓްރީގެ ބެލެނިވެރިކަމުގައިވާ ތަނެއްކަމުގައި ނުވީ ނަމަވެސް، އަބަދުވެސް އެ މިނިސްޓްރީގެ އެއްބަނޑު އެއްބަފާ މުއައްސަސާއެއްގެ ގޮތުގައި އެ ޔުނިވަރސިޓީއާއެކު ދެކިވަޑައިގަންނަވާނެކަމަށެވެ. 

އަދި މީގެ އިތުރުން މިހާރުގެ ސަރުކާރުގެ ގިނަ އިސްވެރިންތަކެއްވެސް އެ ފުރާޅެއްގެ ދަށުން ތަޢުލީމު ޙާސިލްކުރެއްވި ތަނެއްގެ ގޮތުގައި އިސްލާމީ ޔުނިވަރސިޓީ ފާހަގަކުރައްވަމުން މިނިސްޓަރ ވަނީ، އިސްލާމީ ޔުނިވަރސިޓީއަށް ހެޔޮ ގޮތްތަކާއި ކުރިއެރުންތައް ހޯދައިދިނުމަށް އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވައިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
އީގަލް ހިލްސްއިން އަޅާ 5،000 ހައުސިން ޔުނިޓްގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ
ޔޫއޭއީގެ މަޝްހޫރު ޑިވެލޮޕަރު ކުންފުނި "އީގަލް ހިލްސް" އިން ހުޅުމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ 5،000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ފެށޭނެ ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
22 Sep 2026
އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ
އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިބޭ އައު "ރީޗާޖް އެންޑް ވިން" ޕްރޮމޯޝަން އުރީދޫ މޯލްޑިވްސްއިން ފަށައިފިއެވެ.
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ