މިނިސްޓަރ ޝިޔާމް މިފްކޯގެ މަސްވެރިންނާއި ބައްދަލު ކުރެއްވުމުގެ ތެރެއިން-- ފޮޓޯ: މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް
ހަބަރު
21 Nov 2023 | 13:50
މިނިސްޓަރ ޝިޔާމް މިފްކޯގެ އިސްވެރިންނާއި ބައްދަލުކުރައްވައިފި

މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙުމަދު ޝިޔާމް މިފްކޯގެ އިސްވެރިންނާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ވަޒީރު ވަނީ މިފްކޯގެ މަސައްކަތްތަކާއި ގުޅޭ ތަފްސީލްތައް އޮޅުންފިލުއްވައި، މިފްކޯއިން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ސާފުކުރައްވާފައެވެ.

އަދި ޓްރާންސްފޯމް ޕްރެޖެކްޓް ކުރިއަށް ދާ ގޮތުގެ މައުލޫމާތުވެސް މިނިސްޓަރ އޮޅުންފިލުވާފައިވެއެވެ. އެބޭފުޅާ ވިދާޅުވީ ޓްރާންސްފޯމް ޕްރޮޖެޓުން އެންމެ ބޮޑު މަންފާއެއް ލިބެންވާނީ މަސްވެރިންނަށް ކަމަށެވެ.

އަދި މަސްވެރިކަމުގެ ސިނާއަތަށް މި ޕްރޮޖެކްޓުން ކުރާ ފައިދާ އަވަހަށް ލިބޭނެ ގޮތަކަށް ކުރިއަށްގެންދިޔުން މުހިންމު ކަމަށް ވަނީ މިނިސްޓަރ ވިދާޅުވެފައެވެ. މީގެ އިތުރުންވެސް މަސްވެރި އާއިލާތަަކަށް މިސިނާއަތުން ކުރާ މަންފާ އެންމެ ފުރިހަމައަށް ލިބޭނެ ގޮތަކަށް މަސައްކަތްތައް ކުރިއަށްގެންދަން ޖެހޭކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

މަސައްކަތްތެރިކަމުގެ ސިނާއަތަށް އިންގިލާބީ ބޮޑެތި ބަދަލުތަކެއް ގެނައުމަކީ ރައީސް ޑރ.މުއިއްޒުގެ ސިޔާސީ ވައުދުތަކުގެ ތެރެއިން ވައުދެކެވެ. މިގޮތުން ވެރިކަމާއި ހަވާލު ވުމަށް ފަހު ވަނީ މަސްވެރިކަމާއި ދަނޑުވެރިކަމަށް ވަކި ދެ މިނިސްޓްރީއެއް އުފައްދާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Jul 2026
އެމްޑީޕީގެ މަގު ޗާޓު ކޮމިޓީ އެކުލަވާލައިފި، މުގައްރިރަކީ ފައްޔާޒް
އެމްޑީޕީން މިރޭ ބުނީ އެ ޕާޓީގެ ސެކްރެޓޭރިއެޓުން ވަނީ ޕާޓީގެ އަސާސީ ގަވާއިދު އާއި ހިންގުމަށް އަންނަންޖެހޭ ބަދަލުތަކުގެ މަގު ޗާޓު އެކުލަވާލާފައި ކަމަށެވެ.
08 Jul 2026
ރާއްޖެ-އިންޑިއާ އެފްޓީއޭއާ ގުޅޭ މުހިންމު މަޝްވަރާތަކެއް ބާއްވައިފި
މި ބައްދަލްވުމާއި ގުޅޭގޮތުން މިނިސްޓަރު ސައީދު ވިދާޅުވީ މިއީ ވަރަށް ކާމިޔާބު އެހާމެ އުފެއްދުންތެރި މަޝްވަރާތަކެއް ކުރިއަށް ގެންދެވުނު ބައްދަލްވުމެއް ކަމަށެވެ.
08 Jul 2026
ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެެއް, އަނިޔާވި މީހާއަށް ފަރުވާ ދެނީ
​މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާ ވެގެން ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ވެސް ބުންޏެވެ.
08 Jul 2026
ވިނަރެސްގެ ކަރަންޓު ފޮށިތަކަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު
ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫ، ލުކިންގްލާސް / ނަޞްރުﷲ ޝަކީލު ޙުސައިން (38އ) އެވެ.
08 Jul 2026
ޗައިނާއިން ރާއްޖެއަށް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ހަދިޔާކޮށްފި
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، ސަފީރު ކޮންގް ޝިއަންހުއާ ވަނީ ރަސްމީކޮށް މި ކުޅިވަރު ސާމާނުތައް މިނިސްޓަރު ރާފިޢުއާ ހަވާލުކުރައްވާފަ އެވެ.
08 Jul 2026
ޔުނިސެފުން ރާއްޖެއަށް 28,000 މީސަލްސް އެމްއާރް ވެކްސިން ޑޯޒު ހަދިޔާކޮށްފި
ޔުނައިޓެޑް ނޭޝަންސް އިންޓާނޭޝަނަލް ޗިލްޑްރަންސް އެމަޖެންސީ ފަންޑް، ޔުނިސެފުން ރާއްޖެއަށް 28,000 މީސަލްސް ރުބެއްލާ އެމްއާރް ވެކްސިން ޑޯޒާއި ސިއްހީ ބައެއް ސާމާނު ހަދިޔާކޮށްފި އެވެ.
08 Jul 2026
އައްޑޫއާ 933 ކިލޯ މީޓަރު ދުރަށް ބިންހެލުމެއް، ރާއްޖެއަށް އަސަރެއް ނުކުރާނެ
މެޓް އޮފީހުން ބުނީ ބިންހެލުމުގެ ސީދާ ނުރައްކާ ރާއްޖެއަށް ނުކުރާނެ ކަމަށެވެ.
08 Jul 2026
ފްރާންސާ މޮރޮކޯ މެޗް އިންސާފްކުރާނީ އާޖެންޓީނާގެ ރެފްރީން
ވޯލްޑް ކަޕް ކުއާޓާ ފައިނަލުގައި ފްރާންސާއި މޮރޮކޯ ބައްދަލުކުރާ މެޗުގެ ދަނޑުމަތީ ހުރިހާ އޮފިޝަލުން އާޖެންޓީނާއިން ކަނޑައެޅުމާ ގުޅިގެން ސަޕޯޓަރުން ވަނީ ފީފާއަށް ފާޑުކިޔާފައެވެ