ބިލް ތަކަށް ފައިސާ ނުދީގެން ސަޕްލަޔަރުން ފެނަކަ މައި އޮފީހުގެ ކުރިމަތީގައި މުޒާހަރާ ކުރަނީ-- ފޮޓޯ: ދިޔަރެސް
ހަބަރު
21 Nov 2023 | 15:07
ފެން ބިލުތަކަށް ފައިސާ ނުދައްކައިގެން ފެނަކަ އިން ފެން ކަނޑާލައިފި

ފާއިތުވި ހަތަރު އަހަރުގެ އެއްވެސް ފެން ބިލެއް ފެނަކަ ކޯޕަރޭޝަންގެ ހެޑް އޮފީހުން ދައްކައިފައި ނުވާތީ އެ އޮފީހުގެ ފެނުގެ ހިދުމަތް ކަނޑާލައިފިއެވެ.

2019 ވަނަ އަހަރުން ފެށިގެން ފެނަކައިން ދައްކަން ޖެހޭ ފެން ބިލްތަކަށް ލައްކައަކަށް ވުރެ ގިނަ ރުފިޔާ އަރާފައިވެއެވެ. އެ ބިލްތަކަށް ފައިސާ ދައްކަން އެމްޕީއެލް އިން ތަކުރާރުކޮށް ވަނީ ނޯޓިސް ފޮނުވާފައެވެ.

އެހެންނަމަވެސް އެމްޕީއެލްއިން އެދުނު ގޮތަށް ފެނަކައިން ބިލު ދައްކާފައި ނުވާތީ މިއަދު މިވަނީ އެ ކުންފުނީގެ މައި އޮފީހުން ފެން ކަނޑާލާފައެވެ. މިކަމާ ގުޅޭ ގޮތުން އަދި އެއްވެސް އިދާރާއެއްގެ ރަސްމީ ބަހެއްވެސް އަދި ލިބިފައެއް ނުވެއެވެ.

ނިމިގެން ދިޔަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ފެނަކައަށް ވަނީ ކޮށްފައިއެވެ. އަދި ފެނަކައިން 2022 ވަނަ އަހަރުގެ ނިޔަލަށް އެކަނި ވެސް 4.1 ބިލިއަން ރުފިޔާ ދަރަނީގެ ގޮތުގައި ވަނީ ދައްކަން ޖެހިފައެވެ.

ފެނަކަ ކޯޕަރޭޝަންގެ މައި އޮފީސް ހިންގަނީ އެމްޕީއެލްގެ އިމާރާތެއް ކަމަށްވާ ޕޯޓްސް ކޮމްޕްލެކްސްގަ އެވެ. އެ އިމާރާތުގެ ތިން ފްލޯއެއްގައި ފެނަކައިގެ އޮފީސްތައް ހިންގަމުންދާއިރު  އެއްވެސް ފްލޯއަކުން ފެން ބިލެއް ދައްކާފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
03 Jun 2026
އައްޑޫސިޓީ ކައުންސިލުން މިލިއަނުން ހަރަދުކޮށް މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރު ގޯސްވެއްޖެ
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލުން އެ ދަތުރުތަކަށް ހަރަދުކޮށްފައިވަނީ، ސާކިއުލާގައި އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ