އެކު 32 ވަނަ ގައުމީ އެތުލެޓިކްސް މުބާރާތް ފެށުން--
ކުޅިވަރު
23 Nov 2023 | 11:22
214 އެތްލީޓުންނާއި އެކު 32 ވަނަ ގައުމީ އެތުލެޓިކްސް މުބާރާތް ފަށައިފި

214 އެތްލީޓުންނާއި އެކު 32 ވަނަ ގައުމީ އެތުލެޓިކްސް މުބާރާތް މިއަދު ހެނދުނު ފަށައިފި އެވެ.

23 ނޮވެމްބަރު 2023 އިން 25 ނޮވެމްބަރު 2023 އަށް މާލޭ ސިޓީގެ ކުޅިވަރު އެކުވެނީ ޓްރެކް ދަނޑުގައި ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ފިރިހެން 18 ޓީމު އަދި އަންހެން 15 ޓީމު ބައިވެރިވެފައި ވެއެވެ.

ދެ ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެ މިއަދުގެ ހެނދުނު ދަންފަޅީގައި ބޭއްވުނު އިވެންޓުތަކުގެ ތެރެއިިން ފިރިހެން ހައި ޖަމްޕް އިން އެއްވަނަ ދިވެހި ސިފައިންގެ ކުލަބުގެ ސުޒެއިން މުހައްމަދު ހޯދި އިރު މި އިވެންޓުން ދެވަނަ ހޯދީ ޓްރެކް އެންޑް ފީލްޑްގެ ޔޫސުފް ނައިކް އެވެ. އަދި މި އިވެންޓުން ތިންވަނަ ދެ އެތްލީޓަކަށް ވަނީ ލިބިފައެވެ. އެއީ ދިވެހި ސިފައިންގެ ކުލަބުގެ މުހައްމަދު ޖައިލަމް އަދި ބްލެކް މާލިންގެ މުހައްމަދު އިޔާމް ނާޒިމް އެވެ.

ފިރިހެނުންގެ ޓްރިޕަލް ޖަމްޕް އިން އެއްވަނަ ހޯދީ ކަސްޓަމް ރެކްރިއޭޝަން ކުލަބުގެ ނުޖޫމް ހަސަން އެވެ. އަދި ދެވަނަ ލިބުނީ ނަސީރު ސްޕޯޓްސްގެ އިބްރާހިމް ރާއިޝް އަބްދުލް އަޒީޒް އަށެވެ. އަދި މި އިވެންޓުން ތިންވަނަ ހޯދީ ސާއިދު ސްޕޯޓްސްގެ މުހައްމަދު ނާއިލް އެވެ.

އަންހެނުންގެ ޖެވެލިން އުކުމުން އެއްވަނަ ހޯދީ ކަސްޓަމް ރެކްރިއޭޝަން ކުލަބުގެ ލައުހާ ހުސެއިން އެވެ. މި އިވެންޓުން ދެވަނަ ލިބުނީ ޓްރެކް އެންޑް ފީލްޑްގެ ފާތުމަތު ފިރުޝާ އަބްދުﷲ އަށެވެ. އަދި ތިންވަނަ ހޯދީ ދަ ބްލެކް މާލިންގެ މިސްކާ މުހައްމަދު އިބުރާހިމް އެވެ.

އަންހެނުންގެ 5000 މީޓަރު ދުވުމުން އެއްވަނަ ހޯދީ އެލީޓް ރަނާސް ގެ ނިޒްމީނާ އަހުމަދު އެވެ. ދެވަނަ ހޯދީ ކުޑަ ހުސެއިން ސްޕޯޓްސްގެ ޝަލްޝަލް އެވެ. އަދި މިއިވެންޓުން ތިންވަނަ ހޯދީ ނަސީރު ސްޕޯޓްސްގެ މަރިޔަމް ނޫޔާން ނިޔާޒު އެވެ.

35 އަހަރުން މަތީގެ އަންހެން ލޯންގް ޖަމްޕް އިން އެއްވަނަ އެލީޓް ރަނާސްގެ މަރިޔަމް މަޔާން މުހައްމަދު ހޯދިއިރު، ދެވަނަ ހޯދީ އެކުލަބުގެ ހުސްނާ މުހައްމަދު އެވެ. އަދި ތިންވަނަ ލިބުނީ ކަސްޓަމްސް ރެކްރިއޭޝަން ކުލަބުގެ ހައްވާ ޒާހިރާ އަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.