ވޯލްޑް ބޭންކް--
ހަބަރު
23 Nov 2023 | 11:21
ރާއްޖޭގެ ތާރީހުގައި ވެސް ރިޒާވަށް އެންމެ ބޮޑު އަސަރެއް ކުރީ މިއަހަރު: ވޯލްޑް ބޭންކް

މިއީ ރާއްޖޭގެ ތާރީހުގައި ވެސް ރިޒާވަށް އެންމެ ބޮޑު އަސަރެއް ކުރި އަހަރުކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.

ރާއްޖޭގެ އިގުތިސާދީ އަދާހަމަ, 'ބެޓެން ޑައުން ދަ ހެޗަސް' ރިޕޯޓު ނެރުމަށް ވޯލްޑް ބޭންކުން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިސްޓް އާޑަމް އޭޓަސް ވިދާޅުވީ، މި އަހަރަކީ ދިވެހިރާއްޖޭގެ ރިޒާވަށް ވަރަށް ޕްރެޝަރު ބޮޑުވި އަހަރެއްް ކަމަށެވެ. އޭގެ ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ތެލަށާއި އެނޫން ގޮތް ގޮތުން ކުރި ޚަރަދުތައް ބޮޑުވުމެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މިއިން ދުވަހަކު ރިޒާވް ދަށް ނުވާ ވަރަށް މިއަހަރު ތެރޭގައި ދަށްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

"ރާއްޖޭގެ ޓްރޭޑް ޑެފިސިޓް ހުރީ ވަރަށް މަތީގައި. އޭގެ ސަބަބުން ރިޒާވަށް ބޮޑު އަސަރެއް ކުރޭ. ރާއްޖޭގެ ރިޒާވު ވަނީ 592 މިލިއަން ޑޮލަރަށް ކުޑަވެފައި. މިއީ ރާއްޖޭގެ ތާރީހުގައި ވެސް ރިޒާވް އެންމެ ބޮޑަށް ކުޑަވި އެއް ފަހަރު. މި އަދަދުން ހަމައެކަނި ހަމަޖައްސާލެވޭނީ 1.9 މަހުގެ އިމްޕޯޓު،" އިކޮނޮމިސްޓް އާޑަމް އޭޓަސް ވިދާޅުވި އެވެ.

މީގެ އިތުރުން ދައުލަތުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވެފައިވުމުން، ދައުލަތަށް ލިބޭ އާމްދަނީ އިތުރުވި ނަމަވެސް، އޭގެން މާ ބޮޑު ފައިދާއެއް ދައުލަތަށް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ހަމަ އެހެންމެ، ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި 6.5 ބިލިއަން ރުފިޔާ ހުށަހަޅާފައިވާއިރު, އެ އަދަދު ހޯދަންވެސް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާނެކަން އާޑަމް ފާހަގަކުރައްވައެވެ. 

އާޑަމް މިފަދައިން ވިދާޅުވެފައިވާއިރު، ރާއްޖޭގެ އިގުތިސާދީ އަދާހަމަ, 'ބެޓެން ޑައުން ދަ ހެޗަސް' ރިޕޯޓުގައިވެސް ރާއްޖޭގެ ދަރަނި އިތުރުވަމުންދާތީ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ރާއްޖޭގެ ދަރަނި ކުޑަކޮށް އާމްދަނީ އިތުރު ކުރުމަށް އެ ރިޕޯޓްގައި ވަނީ އިސްލާހުތަކެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި؛ 

• އާސަންދައަށް އިސްލާހީ ބަދަލުތައް ގެނައުން

• ހަކަތައާއި ކާބޯތަކެތީގެ ދާއިރާގައި ހަރަކާތްތެރިވާ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ ބެލެހެެއްޓުން

• ބޭނުންޖެހިފައިވާ މީހުންނަށް އެކަނި ދެވޭ ސަބްސިޑީގެ ނިޒާމަކަށް ވާސިލްވުން

• ތަރައްގީގެ މަޝްރޫއުތައް ވިސްނުންތެރިކަމާއި ރޭވުންތެރިކަމާ އެކު އުމްރާނީ ތަރައްގީގެ ވަސީލަތްތައް ގާއިމްކުރެވޭކަން ކަށަވަރުކުރުމަށް ހަރުދަނާ ޕަބްލިކް އިންވެސްޓްމަންޓް އޮނިގަނޑެއްގާއި ގާއިމް ކުރުން.

• ޓެކްސް ބޭސް ފުޅާ ކުރުން

• ރާއްޖޭގެ އެތެރެއިން އާމްދަނީ ލިބޭނެ ވަސީލަތްތައް އެކަށައެޅުން

• ހަމަހަމަ ޓެކްސްގެ އުސޫލުތައްކުރިއެރުވުން

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.