ދިވެހި ހައްޖުވެރިން އަރަފާތު ބިމުގައި (ފޮޓޯ/އިސްލާމިކް މިނިސްޓްރީ)
ހަބަރު
23 Nov 2023 | 13:06
ދައުލަތުގެ ޚަރަދުގައި މީހުން ހައްޖަށް ފޮނުއްވުމަށް ވީ ވަޢުދާއެއްގޮތަށް ފޮނުވާ ފުރަތަމަ ބެޗް އަންނަ އަހަރު!

ދަޢުލަތުގެ ޚަރަދުގައި މީހުން ހައްޖަށް ފޮނުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް، ހައްޖަށް ފޮނުވާ ފުރަތަމަ ބެޗު، އަންނަ އަހަރު ފޮނުވޭނެ ކަމަށް އިސްލާމީ ކަންތައްތަކާއިބެހޭ ވުޒާރާގެ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. 

މިކަން އިޢުލާން ކުރައްވައި ޝަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދައުލަތުގެ ޚަރަދުގައި ހައްޖަށް ފޮނުއްވާ ފުރަތަމަ ބެޗުގައި ހައްޖަށް ފޮނުވާ މީހުންގެ އަދަދު ކޯޓާގެ ރަސްމީ އަދަދު ހަމަ ޖެހުމުން އިއުލާން ކުރެވޭނެ ކަމަށެވެ.

އަދި ދައުލަތުގެ ޚަރަދުގައި ހައްޖަށް ފޮނުވުމުގެ އުސޫލު ވަރަށް އަވަހަށް އިޢުލާން ކުރެވޭނެ ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ. 

ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ކެންޕެއިންގެ ތެރެއިން، މ. މުލަކުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވަނީ، އެ މަނިކުފާނުގެ ވެރިކަމުގެ 5 އަހަރުގެ ތެރޭގައި ރާއްޖޭގެ 1000 ނިކަމެތިން ހިލޭ ހައްޖަށް ފޮނުއްވައިދެއްވާނެ ކަމަށް ވަޢުދުވެވަޑައިގެންފައެވެ. 

އަދި އެގޮތުން މީހުން ހައްޖަށް ފޮނުވުމުގައި އަމިއްލަ ފައިސާއިން ހައްޖަށް ދިއުމަށް ނުކުޅެދިފައިވާ ނިކަމެތިންނަށް އިސްކަން ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ސައުދި އަރަބިއާއިން ރާއްޖެއަށް ދޫކުރާ ހައްޖު ކޯޓާ 1،000 އިން 2،000 އަށް އިތުރު ކުރަން މަސައްކަތް ކުރައްވާނެ ކަމަށް މުޢިއްޒު ވިދާޅުވެފައިވާއިރު, އެކަމާއި ގުޅޭ މަޝްވަރާތައް މިހާރު ފެށިފައިވާ ކަމަށް މިނިސްޓަރ ޝަހީމް ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
މެޗަށްފަހު ރެއާލް މެޑްރިޑް ޕޮއިންޓް ތާވަލްގެ ތިންވަނައަށް ޖެހިލިއިރު ވިޔަރެއާލް އުޅެނީ ތާވަލްގެ 10 ވަނާގައެވެ.
11 Oct 2026
މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފަހުބައި ފުރިހަމަކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ
11 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި 12 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ
ސައުޒީ ގެޒެޓުން މިއަދު ބުނީ ސައުދީގެ ސިވިލް އެވިއޭޝަން އޮތޯރިޓީން މިއަދު ހެނދުނު ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ސައުދީ އަރަބިއްޔާގެ ހަތަރު ރައްޔިތުންނާއި، ބަންގްލަދޭޝްގެ ދެ މީހުންގެ އިތުރުން އެމެރިކާ، މިސްރު، އުރުދުން، ސޫރިޔާ، ފަލަސްތީން އަދި ސޫދާނަށް ނިސްބަތްވާ މީހެކެވެ
11 Oct 2026
އަންހެން ދަރިންނަށް ކުރާ އިންވެސްޓްމަންޓް ވެގެންދާނީ، ފާގަތި މުސްތަގްބަލަކަށް ކުރެވޭ އިންވެސްޓްމަންޓަކަށް
އަންހެން ދަރިންގެ ކުރިއެރުމަށްޓަކައި ކުރާ ކޮންމެ ހޭދައަކާއި އިންވެސްޓްމަންޓަކީ، މުޅި މުޖުތަމައުގެ ހަމަހަމަކަމާއި އެންމެންގެ ބައިވެރިވުން ހިމެނޭ، އުޖާލާ އަދި ފާގަތި މާދަމައެއް ބިނާކުރުމަށްޓަކައި އެޅޭ އެންމެ މުހިންމު ބިންގާ
11 Oct 2026
އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
10 Oct 2026
ވިކްޓްރީ އާއި މާޒިޔާ ބައްދަލުކުރި ބޮޑު މެޗް އެއްވަރު
މެޗަށްފަހު ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ތާވަލްގެ އެއްވަނާގައި ޕޮއިންޓްގެ ގޮތުން އެއްވަރެއްގައި ވިކްޓްރީ އަދި ނިއު ކުރީގައި އުޅޭއިރު ދެ ޓީމަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ
10 Oct 2026
ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް
ފުލުހުން ބުނީ އޭނާ ހައްޔަރެއް ނުކުރާކަމަށާއި، މުޒާހަރާއަށް ހުރަސް އެޅުމުގެ ގޮތުން ވަގުތީ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީކަމަށެވެ.
10 Oct 2026
ލޯނު އަދާކުރުމަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
އެންމެފަހުން ދައްކާފައިވަނީ އިންޑިއާގެ ސްޓޭޓް ބޭންކު މެދުވެރިކޮށް ނަގާފައި އޮތް 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ފެސިލިޓީގެ އެންމެ ފަހު 50 މިލިއަން ޑޮލަރެވެ. އޭގެ ކުރިން އެޕްރީލް މަހުގެ ދެ ވަނަ ދުވަހު 524 މިލިޔަން ޑޮލަރުގެ ސުކޫކާއި 23 އެޕްރީލުގައި އިންޑިއާއަށް ދެއްކި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާވެސް ހިމެނެއެވެ.