މޭރީގެ މައްސަލައިގައި ހައްޔަރުކޮށް ބަންދުކޮށްފައިހުރި ލަމްހާ. ފޮޓޯ: ސަންއޮންލައިން
ހަބަރު
23 Nov 2023 | 13:09
ލަމްހާ ތިންމަސް ދުވަހަށް ބަންދުން ދޫކޮށްލުމަށް ކޯޓު އަމުރެއް

ފިލިޕީންސް އަށް ނިސްބަތްވާ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލައިގައި ޖަލު ބަންދުގައި ހުރި ހަލީމަތް ލަމްހާ ތިން މަސްދުވަހަށް ކްރިމިނަލް ކޯޓުން އަމުރެއް ނެރެފިއެވެ.

މޭރީ މަރުގެ މައްސަލައިގައި ޖަލުގައި ހުރި ލަމްހާ ގޭބަންދަށް ބަދަލު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރެފައިވަނީ ޝަރުތުތަކެއް ކޮށްފައެވެ.

އެގޮތުން ކޮންމެ ދުވަހެއްގެ ރޭގަނޑު 10:00 އިން ހެނދުނު 6:00 އަށް ގެއިން ބޭރަށް ނުނުކުތުމަށާއި މާލޭން ބޭރަށްދާނަމަ ކޯޓުގެ ހުއްދަ ހޯދުމަށް ޝަރުތުކޮށްފައިވެއެވެ.

ނަރުސް މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި މޭރީ މަރާލިކަމުގެ ދައުވާ އުފުލައިފައިވަނީ މޭރީ އެކޭ އެއްފަދައިން އައިޖީއެމް ހޮސްޕިޓަލްގައި ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރި އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސްގެ މައްޗަށެވެ. އަދި އެކަމުގައި ބައިވެރިވި ކަމުގެ ދައުވާ އުފުލާފައިވަނީ ލަމްހާގެ މައްޗަށެވެ. ލަމްހާ އަކީވެސް އެހޮސްޕިޓަލްގައި ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރި މީހެކެވެ.

2021 ވަނަ އަހަރުގެ އޮކްޓޫބަރު 19 ވަނަ ދުވަހު މޭރީ އަމިއްލައަށް ދަން ޖެހިގެން މަރުވި ކަމަށް ބުނެ މާވިން ފުލުހުންނަށް ރިޕޯޓް ކުރި ނަމަވެސް، އެކަމުގައި ޝައްކު ކުރެވޭ ކަންތައް ތަކެއް ހުރުމުން ފުލުހުން ވަނީ އެކަން އިތުރަށް ތަހްޤީޤު ކޮށްފައެވެ.

އެގޮތުން މޭރީގެ ހަށިގަނޑުގެ އެޓޮޕްސީ ހެދުމުން މޭރީ މަރާލައިފައިވަނީ ބޮލަށާއި ކަރަށް ހަމަލާދީ ނޭވާ ހާސްކޮށްލައިގެން ކަން ވަނީ އެނގިފައެވެ.

މޭރީގެ މަރުގެ މައްސަލައިގައި ބަންދުގައި ހުރި ލަމްހާގެ ވަކީލުންގެ ފަރާތުން ލަމްހާގެ ފައިގައި ޓެގް އެޅުވުމަސްފަހު ދޫކޮށްލުމަށް ވަނީ ކޯޓުގައި އެދިފައެވެ. ނަމަވެސް އޭރު ކޯޓުން ނިންމައިފައިވަނި ނިންމާފައިވަނީ ލަމްހާ ބަންދު ދެމެހެއްޓުމަށެވެ.

މޭރީގެ މަރުގެ މައްސަލައިގައި ލަމްހާ ހައްޔަރު ކުރީ އޭގެ 50 ދުވަސް ފަހުން އެ އަހަރުގެ ޑިސެމްބަރު 16 ގަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.