ބިދޭސީން ތަކެއް-- ފޮޓޯ/އަވަސް
ހަބަރު
23 Nov 2023 | 22:51
11 އަހަރު ތެރޭގައި ބިދޭސީން ގެންނަން، 5 ލައްކައަަށް ވުރެ ގިނަ ކޯޓާ ދޫކުރިކަން ހާމަވެއްޖެ

ދިވެހި ރާއްޖެއަށް ބިދޭސީން ގެނައުމަށް ފާއިތުވެދިޔަ 11 އަހަރު ތެރޭގައި 5 ލައްކަ އަށް ވުރެ ގިނަ ކޯޓާ ދޫކޮށްފައިވާކަން ހާމަވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކާއި އެކްސްޕެޓް ސިސްޓަމްގެ ރިޕޯޓުގައި ވަނީ 2013 ވަނަ އަހަރުން ފެށިގެން މި އަހަރާ ހަމަޔަށް، 523،755 ކޯޓާ ދޫކޮށްފައިވާ ކަމަށެވެ.

އެންމެ ގިނަ އަދަދަކަށް ކޯޓާ ދޫކޮށްފައިވަނީ 2018 ވަނަ އަހަރުއެވެ. އެ އަހަރު ވަނީ 97،263 ކޯޓާ ދޫކޮށްފައިއެވެ. ދެން އެންމެ ގިނަ ކޯޓާ ދޫކޮށްފައިވަނީ 2013 ވަނަ އަހަރު ކަމަށާއި އެ އަހަރު 93،312 ކޯޓާ ދޫކޮށްފައި ވާކަމަށް އިކޮނޮމިކް މިނިސްޓްރީ ތަފާސް ހިސާބު ތަކުން ދައްކައެވެ.

އެންމެ މަދުން ކޯޓާ ދޫކޮަށްފައިވާ އަހަރު ކަމަށް  ތަފާސްހިސާބުތަކާއި އެކްސްޕެޓް ސިސްޓަމްގެ ރިޕޯޓުން ދައްކަނީ 2020 ވަނަ އަހަރެވެ. އެއީ 7،774 ކޯޓާއެވެ. މީގެ ސަބަބެއް ކަމަށް ބޮޑަށް ބެލެވެނީ ކޮވިޑްގެ ބަލިމަޑު ކަމާއި އެއަހަރު ކުރިމަތި ލާން ޖެހުމެވެ.

މި ހިނގާ 2023 ވަނަ އަހަރުގެ ނިމުމަމަކާއި ހިސާބަށް އައިސްފައި ވާއިރު މިއަހަރު ތެރޭގައި ޝަރުތު ހަމަވާ 33،254 ކޯޓާ ވަނީ ދޫކޮށްފައެވެ.

މިނިސްޓްރީގެ ރިޕޯޓުގައި ކޯޓާތަކަށް ކޮންމެ އަހަރަކުވެސް ފާހަގަ ކުރެވޭ ބަދަލެއް އައިސްފައި ވާކަން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ހުށަހަޅާފައިވާ ޑޭޓާއިން ދައްކުވައިދެނީ ހަމައެކަނި ދޫކޮށްފައިވާ ޝަރުތު ހަމަވާ ކޯޓާ ތަށް ކަމަށާއި އެއީ މިހާރު ބޭނުންކުރާ ކޯޓާ ސްލޮޓްތައް ނޫންކަމަށްވެސް ބުނެފައިވެއެވެ.

ކޯޓާ ސްލޮޓްތަކުގެ ސައްހަކަން ގުޅިފައިވަނީ އެ ސްލޮޓްތަކުގެ ކޯޓާއާއި ސްލޮޓް ފީ ދެއްކުމުގެ މުއްދަތާ އެވެ. ޕެއިޑް ސްލޮޓްތަކުގައި ހުންނައިރު، ސިސްޓަމް ސްލޮޓްތަކުގައި މުއްދަތެއް ނެތް ސައްހަ މުއްދަތެއް ކަނޑައެޅިފައިވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.