ހަބަރު
24 Nov 2023 | 12:37
"ތިޔަބައިމީހުން ވެރިކަމަށް ދަހިވެތި ވާނޫއެވެ، ގިޔާމަތް ދުވަހުން އެކަން ވާހުށީ ހިތާމައަކަށެވެ"

ވެރިކަމަށް ދަހިވެތި ވުމަކީ ޤިޔާމަތްދުވަހުން އެކަމަށްޓަކައި ހިތާމަކުރަންޖެހޭނެ ކަމެއް ކަމަށް އަހަރެމެންގެ ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމް ހަދީޘް ކުރައްވާފައިވާ ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ. 

"އަމާނާތްތެރިކަމާއި މަސްއޫލިއްޔަތު" މައުލޫއަށް މިއަދު އިއްވި ޚުތުބާގައި ބުނީ، މީސްތަކުންގެ ކަންތައްތައް އިސްލާހުކޮށް ބެލެހެއްޓުމަށްޓަކައި މަސްއޫލވެރިއަކު ހުންނަންޖެހޭ ކަމަށެވެ. އެއީ މީހުންގެ ކަންތައްތައް އޮޅުންބޮޅުންވެ ފާލުން ނެއްޓިގެން ދިޔަ ނުދިޔުމަށްޓަކައި ކަމަށް ބުނެފައިވެއެވެ. 

ކަންމިހެން ހުރި ނަމަވެސް މަސްއޫލުވެރިޔާ އޭނާގެ މަސްއޫލިއްޔަތު އަދާނުކޮށް، އޭނާގެ ޒާތީ މަސްލަޙަތު އިސްކޮށް، ނަހަމަގޮތުގައި އޭނާގެ މަގާމުގެ ބޭނުން ކޮށްފނަމަ، އޭނާ އެވަނީ އަމާނާތަށް ޚިޔާނާތްތެރިވެފައި ކަމަށް ޚުތުބާގައި ބުންޏެވެ. 

މިއާއެކު ޚުތުބާގައި ބުނީ، ފަހު ޒަމާނުގައި މަސްއޫލިއްޔަތުތަކާ ޙަވާލުވާ ބައެއް މީހުންގެ ކިބައި، އެމީހުން ޙަވާލުވާ މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލުކަން ނުހުންނާނޭކަމަށް ކީރިތި ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމް ޚަބަރު ދެއްވާފައިވާކަމަށެވެ.

"މީހަކު ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމް އަށް ދެންނެވިއެވެ. ޤޔާމަތް ވާނީ ކޮންއިރަކުންތޯއެވެ؟ އެހިނދު ރަސޫލ ހަދީޘް ކުރެއްވިއެވެ. "އަމާނާތްތެރިކަން ނަގައިލެވިއްޖެނަމަ، ތިޔަބައިމީހުން ގިޔާމަތް ދުވަހަށް ތިމާ އިންތިޒާރު ކުރާށެވެ!" އޭނާ ދެންނެވޫއެވެ. މާތް اللهގެ ރަސޫލާއެވެ! އަމާނާތްތެރިކަން ނަގައިލެވޭނީ ކިހިނަކުން ހެއްޔެވެ؟ ހަދީޘް ކުރެއްވިއެވެ. "އެކަމުގެ ގާބިލުކަމާއި، އަހުލުވެރިން ނެތް މީހަކާ، ކަންކަން ޙަވާލު ކުރެވިއްޖެނަމަ، ތިބާ ގިޔާމަތަށް އިންތިޒާރު ކުރާށެވެ!"

ހުކުރު ޚުތުބާ

ބައެއް މީހުންނަށް މަސްއޫލިއްޔަތު ފަހުމްވާގޮތް އޮޅިފައިވާ ކަން ފާހަގަކޮށް ޚުތުބާގައި އިތުރަށް ބުނީ، އެމީހުން ދެކޭގޮތުގައި، މަސްއޫލިއްޔަތަކީ ފަހްރުވެތި ކަމާއި ޝަރަފުވެރި ކަން ކަމަށެވެ. އަދި އެއީ ތިމާގެ ބާރާއި މުއްސަނދިކަން ދެއްކުމަށް ހުޅުވޭ ދޮރެއް ކަމަށެވެ. 

"އޭނާގެ އަމާޒަކީ ފިނި ކޮޓަރީގައި، ބިޔަ މޭޒު ދޮށުގައި، ބޮޑު ގޮނޑީގައި އިނދެ، ކަންކަމަށް އަމުރުކޮށް ކަންކަން މަނާކުރުމެވެ. މިވެނި މީހާ މިވެނި ވަޒީފާއަށް އެވެނި މީހާ، އެވެނި ވަޒީފާއަށް އިސްކުރުމެވެ." ޚުތުބާގައި ބުނެފައިވެއެވެ.

މަސްއޫލިއްޔަތާއި ގުޅިގެން ދެކެވިފައިވާ މިނުބައި މަފްހޫމުގެ ސަބަބުން މަސްއޫލިއްޔަތު ވަނީ ވާދަވެރިކަމުގެ ތެރެއަށް ވަދެފައި ކަމަށް ޚުތުބާގައި ބުންޏެވެ. އަދި އެހެންވަނު، އަމިއްލަ އެދުން ބޮޑުވުމާއި، އަގީދާ ބަލިކަށިވުމުގެ ސަބަބުން ކަމަށްވެސް ބުނެފައިވެއެވެ. 

ޚުތުބާގައި އިތުރަށް ބުނީ މަސްއޫލިއްޔަތަކީ ބުރަ އަދި ބޮޑު ކަމެއް ކަމަށެވެ. 

"ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމް ހަދީޘް ކުރެއްވިއެވެ. "ހަމަކަށަވަރުން ތިޔަބައިމީހުން ވެރިކަމަށް ދަހިވެތިވާނޫއެވެ. ޤިޔާމަތްދުވަހުން އެ ކަން ވާހުށީ ހިތާމައަކަށެވެ!" 

ހުކުރު ޚުތުބާ 

"އެހެނީ ވެރިކަމުގެ ޒިންމާ އަދާކޮށްފައިވާ ގޮތާމެދު، މާތް الله އޭނާއާ ސުވާލު ކުރައްވާނެތެވެ. އެކަމުގައި އިހުމާލު ވެފައިވާ މީހާއަށް، އެކަމުގެ ފާފަ ބަރުދާސްތު ކުރަން ޖެހޭނެއެވެ. މަސްއޫލިއްޔަތުގެ ޒިންމާ އަދާކުރިތޯއާ،، ޙައްގުތައް އަދާކުރިތޯއާއި، އަނިޔާލިބިފައިވާ މީހުންގެ ޙައްގުތައް ހޯދައިދީފައިވޭތޯ ސުވާލު ވެވޭނެއެވެ." ޚުތުބާގައި ބުނެފައިވެއެވެ. 

ކަންމިހެން ހުރުމުން މަސްއޫލިއްޔަތަކީ ފަސޭހަކަމެއް ކަމަށް ނުދެކުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. އަދި މަސްއޫލިއްޔަތަކީ ބޮޑު ޒިންމާއެއް ކަމުގައި ދެކެގެން، މާތް الله އެންގެވި ގޮތަށް އެ ޒިންމާ އަދާކުރުމަށް މަސައްކަތް ކުރުމަށް ޚުތުބާގައި ވަނީ އެދިފައެވެ. 

ކޮމެންޓް
ވާފިރު
ތާއީދުކުރާ ވެރިކަމަށް އައީމަ މާބޮޑަށް އުފާވާނަމަ ތިމާއަށް ތިކުރެވެނީ ހައްގުނޫން އެއްޗެއްގެ އިންތިޒާރެވް. ތިދެވެނީ ސުވަރުގެއާ ދުރަށެވެ
24 Nov 2023
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.