ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ތުޅާދޫގައި ބޭއްވި ޖަލްސާގައި މިނިސްޓަރ އާދަމް ނަޞީރު ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: ދިވެހި ބަހާއި ޘަޤާފަތާއި ތަރިކަ އާއި ބެހޭ މިނިސްޓްރީ
ހަބަރު
26 Nov 2023 | 07:40
ޢަދަދުގެ މަދުކަމާއި ބިންކޮޅުގެ ކުޑަކަން އެއީ ޤައުމީ ލޯތްބަށް އޮތް ހުރަހެއް ނޫން: އާދަމް ނަސީރް

ޤައުމަކަށް ނުވަތަ ބަޔަކަށް ލިބިފައިވާ ބިންކޮޅު ކުޑަކަމާއި އެ ބައެއްގެ ޢަދަދުގެ މަދު ކަމަކީ ޤައުމަށް އަމާނާތްތެރިވުމާއި ޤައުމީ ލޯތްބަށް އޮތް ހުރަހެއް ނޫންކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ދިވެހި ރާއްޖޭގެ ނަޞްރުގެ ދުވަސް ފާހަގަކުރުމަށް ބ. ތުޅާދޫ ކައުންސިލުން އިންތިޒާމު ކޮށްގެން އެރަށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ދުވަހާ ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.

1988 ވަނަ އަހަރުގެ ނޮވެންބަރު ތިންވަނަ ދުވަހު ރާއްޖެއާ ކުރިމަތިވި ޢުދުވާނީ ހަމަލާގައި ތުޅާދުއަށް ނިސްބަތްވާ ސިފައިންގެ ބޭކަލެއް ކަމަށްވާ ޙުސައިން މުޙައްމަދު ވަނީ ޝަހީދުވެފައެވެ. އަދި ރައީސްގެ ބޮޑީގާޑަކަށް ހުންނެވި ޢަލީ ޙަސަނަކީ ވެސް އެ ދުވަހުގެ ހަނގުރާމައިގައި ހިތްވަރާއި ތެދުވެރިކަން ދެއްކެވި ބޭކަލެކެވެ.

މި ދެބޭކަލުންގެ ހިތްވަރަށް އިޝާރާތްކުރައްވައި ވަޒީރު އާދަމް ނަސީރުގެ ވާހަކަފުޅުގައި ވިދާޅުވީ މީގެ 35 އަހަރު ކުރިން ދިވެހީންނާ މި ހަމަލާ ކުރިމަތިވި އިރު އޭރު ތުޅާދުއަކީ މިހާރުގެ ތުޅާދުއާ އަޅާ ބަލާއިރު ވަރަށް ކުޑަކުޑަ ރަށެއްކަމަށެވެ.

ނަމަވެސް އެ ހަނގުރާމަގައި ތުޅާދޫގެ މި ދެ ފަހުލަވާނުން ދައްކައިދެއްވީ ވަރަށް މަތިވެރި އަދި އެހާމެ ބޮޑު ޤައުމީ ލޯބީގެ ހަގީގަތެއްކަމަށެވެ.

މި ފަދަ ފުން ގައުމީ ލޯތްބެއް އޭރުގެ ދިވެހީންގެ ކިބައިގައި އޮތުމުން ގައުމަށް ރައްކާތެރިކަން ލިބުނު ކަމަށާއި މިއަދު އެކަން އަލުން ދިރުވަން ޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޤައުމިއްޔަތު މަޝްރޫޢަކީ އަދުގެ ޖީލުތަކުގެ ހިތްތަކުގައި ދިވެހިވަންތަކަމާއި ދިވެހީންގެ އަސްލުތަކަށް ލޯބިކުރުމުގެ ރޫޙު ދިރިގެންދާނެ ވަރަށް އުންމީދީ އަދި ނަތީޖާ ފެންނާނެ މަޝްރޫޢަކަށް ވާނެކަން ވަޒީރު އާދަމް ނަސީރު ފާހަގަ ކުރެއްވެވިއެވެ.

ބ.ތުޅާދޫ މަދަރުސާގައި ބެއްވުނު މި ރަސްމިއްޔާތުގައި ޝަހީދު ޙުސައިން މުޙައްމަދުގެ އަނބިކަބަލުންނާއި އާއިލާ ބައިވެރިވެވަޑައިގަތެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.