ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު--
ހަބަރު
25 Nov 2023 | 20:53
ތަފާތު ޚާރިޖީ ސިޔާސަތަކަށް ތަބާވިޔަސް،އިންޑިއާއާ އޮންނަ ގުޅުމަށް ބަދަލު އަތުވެގެންނުވާނެ:ނަޝީދު

އާ ސަރުކާރުން  ތަފާތު ޚާރިޖީ ސިޔާސަތަކަށް ތަބާވި ނަމަވެސް އެކަމުގެ ސަބަބުން ދިވެހި ރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުމަށް ބަދަލެއް އަތުވެގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިފަދައިން ވިދާޅުވީ އިންޑިއާގެ ނިއު ދިއްލީގެ ނިއުސް އެޖެންސީއެއް ކަމުގައިވާ 'އަނި' އަށް ދިން ބަސްދީގަތުމެއްގައެވެ.

"އަޅުގަނޑަށް އެނގޭ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ކޮންމެވެސް ވަރަކަށް ވާހަކަ ދެއްކިކަން، އެކަމަކު މިއީ ރާއްޖޭގެ ރައްޔިތުންނަށް ފައިދާ ކުރާނެ މަގެއް ކަމަކަށް ނުދެކެން" 

ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ނަޝީދުގެ ބަސްދީގަތުމުގައި ވިދާޅުވީ، މި މައްސަލައާއި ބެހޭގޮތުން އޭނާ ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދެއްކިކަމަށާއި، މުސްތަޤްބަލްގައި އޮތީ ދިވެހި ރާއްޖެއާއި އިންޑިއާއި ދެމެދު  ދުވަހެއް ދުވަހަކަށް ވަރުގަދަ ވަމުން ދާނެ ގުޅުމެއް ކަމަށް ދެކިލައްވާކަމަށެވެ. އަދި އިންޑިއާ އާއި ގުޅުން ހީނަރު ވެއްޖެ ނަމަ އެކަމުގައި ދިވެހި ރާއްޖެއަށް ކުރިމަތި ވެގެން ދާނެ އުދަގޫތައް އާ ސަރުކާރަށް އަދި ވިސްނޭނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ދަނީ އިންޑިއާ ދިފާއުކޮށް ވާހަކަފުޅު ދައްކަވަމުންކަން ފާހަގަ ކޮށްލަން ޖެހެއެވެ. މިގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 24 ވަނަ ޖަލްސާއަށް، އަންނަ އަހަރަށް ލަފާކޮށް ހުށައެޅި ދައުލަތުގެ ބަޖެޓަށް އަލިއަޅުވާލާ ދެއްކެވި ވާހަކަފުޅުގައިވެސް ބަޖެޓު މުޅިންހެން ބިނާވަނީ ބޭރު ގައުމުތަކުން ރާއްޖެއަށް ލިބެން އޮތް ފަންޑަށް ކަމަށާއި އެހެންކަމުން އިންޑިއާއަށް ބަދު ބަސް ބުނުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

އަދި އިންޑިއާ އާއި އިދިކޮޅަށް ދިވެހިން ކަންކަން ކުރުމަކީ ދިވެހިންނަށް ރަނގަޅު ގޮތަކަށް ނުވާނެ ކަމަށްވެސް ދާދި ފަހުން އެބޭފުޅާ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް