ރައީސް ޑރ މުއިއްޒާއި މެޑަމް ސާޖިދާ ތުރުކީވިލާތައް ފުރައިވަޑައިގަންނަވަނީ. ފޮޓޯ: ރައީސް އޮފީސް
ހަބަރު
26 Nov 2023 | 10:14
ރައީސް އުރްދުޣާންގެ ދަޢުވަތަށް ރައީސް ޑރ މުޢިއްޒު ތުރުކީވިލާތައް ވަޑައިގެންފި

ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާންގެ ދަޢުވަތަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ތުރުކީވިލާތައް ވަޑައިގެންފިއެވެ.

ރައީސް ތުރުކީވިލާތައް ހެނދުނު ފެއްޓެވި ނަމަވެސް މިދަތުރުފުޅަކީ ފުރަމާނަ ދަތުރުފުޅެއް ނޫނެވެ. ރައީސް ޑރ މުޢިއްޒުގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅު ކުރެއްވުމަށް ހަމަޖެހިފައިވަނީ ސަޢޫދީޢަރަބިއްޔާއަށެވެ.

ތުރުކީވިލާތަށް ކުރައްވާ މިޒިޔާރަތުގައި އެޤައުމުގެ ރައީސް އުރްދުޣާން އާއި ބައްދަލުކުރައްވައި ދެ ޤައުމުގެ މެދުގައި ބަައިލެޓްރަލް މަޝްވަރާތައް ބާއްވަވާ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން ކުރެވެން ހުރި ކަންކަމާބެހޭ ގޮތުން ހިޔާލު ބަދަލު ކުރައްވާނެ އެވެ.

އަދި މި ދަތުރުފުޅުގައި ރާއްޖޭގެ ވިޔަފާރި އާއި އިޤްތިޞާދު ފުޅާ ކުރުމަށާއި ތަރައްޤީ ކުރުމަށް ތުރުކީވިލަތަށް ވެދެވޭނެ އެހީތެރި ކަމާއި އެޤައުމުގެ އިޤްތިޞާދާއި ވިޔަފާރީގެ ތެރެއިން ރާއްޖޭގެ އިޤްތިޞާދުގެ ތެރެއަށް ގެނެވޭނެ އައު ފުރުސަތުތަކާ ބެހޭ ގޮތުން ވެސް ދެ ރައީސުންގެ ދެމެދުގައި މަޝްވަރާތައް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ތުރުކީވިލާތައް ކުރައްވާ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ދެން ވަޑައިގަތުމަށް ހަމެޖެހިފައިވަނީ އެކުވެރި ޢަރަބް ޢިމާރާތުގެ ދުބާއީއަށެވެ. ދުބާއީ އަށް ވަޑައިގަންނަވަނީ ދުބާއީގައި މިމަހު 30 ގައި ފަށާ ކޮޕް-28 ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށެވެ. ޔުނައިޓެޑް ނޭޝަން ކްލައިމެޓް ޗޭންޖް ކޮންފަރެންސް - ކޮޕް28 - މި އަހަރު ޑުބާއީގައި ކުރިޔަށް ދާނީ ނޮވެމްބަރު 30 އިން ޑިސެންބަރު 12 އަށެވެ.

ރައީސް ތުރުކީވިލާތައް ފެއްޓެވި މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ފަސްޓުލޭޑީ ސާޖިދާ މުޙައްމަދު ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.