އަލިފާނުގެ ހާދިސާ ހިނގި ޢިމާރާތުން މީހުން ނެރެނީ. ފޮޓޯ: އަލްޖަޒީރާ
ދުނިޔެ
26 Nov 2023 | 15:00
ޕާކިސްތާންގެ މޯލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 10 މީހަކު މަރުވެއްޖެ

ޕާކިސްތާންގެ މޯލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 10 މީހަކު ނިޔާވެއްޖެއެވެ.

ޕާކިސްތާނުގެ ކަރާޗީގައި ހުންނަ މި މޯލްގައި ހިނގި މިއަލިފާނުގެ ހަދިސާގައި 10 މީހަކު މަރުވެ 22ހަކަށް މީހަކަށް އެކިވަރުގެ އަނިޔާ ވަނީ ލިބިފައެވެ.

އަލްޖަޒީރާގައި ބުނެފައިވަނީ އަލިފާން ރޯވި މޯލް ހުންނަ ޢިމާރާތަކީ ގިނަ ފަންގިފިލާތަކަކަށް ޢިމާރާތް ކުރެވިފައި ހުރި އިމާރާތެކެވެ. ރޯވެ ފައިވަނީ އާރްޖޭ މޯލް ގެ ނަމުން ނަން ދެވިފައިވާ މޯލްއެއް ގައި ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ. މިހާދިސާ ހިނގި މޯލް ހުންނަ ޢިމާރާތައް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

ޕާކިސްތާނުގެ މީޑިއާ ތަކުން ބުނެފައިވަނީ މިހާދިސާގައި މަރުވި މީހުންގެ އަދަދު މައްޗަށް ދިޔުމަކީ އެކަށީގެންވާ ކަމަށެވެ. އަދި އަނިޔާލިބުނު ގިނަ ބަޔަކަށް ހޮސްޕިޓަލް ތަކުން ފަރުވާދެވިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ހާދިސާ ހިނގިތާ ގިނަ އިރެއް ނުވެ އަލިފާން ނިއްވާ ޓީމުން ވަނީ އެތަނުގައި ހަރަކަތްތެރިވާން ފަށައިފައެވެ. އަދި ރެސްކިޔު ޓީމުން ވަނީ އެތަނުން 50 ހަކަަށް މީހުން ސަލާމަތް ކޮށްގެން ނެރެފައެވެ. ރޯވި އަލިފާންގަނޑު ނިންވާލި ނަމަވެސް އަލިފާންނިއްވާ ޓީމުން ވަނީ އެސަރަހައްދު ބަންދުކޮށް އެތަނުގައި ހަރަކާތްތެރި ވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.