34 އަހަރުގެ ޚިދުމަތަށްފަހު ސްޓެލްކޯއިން މިއަދު ރިޓަޔަރ ކުރެެއްވި މުހަައްމަދު ލަތީފް - ފޮޓޯ/ސްޓެލްކޯ
ހަބަރު
27 Nov 2023 | 14:26
34 އަހަރުގެ ޚިދުމަތަށްފަހު މުހައްމަދު ލަތީފް ސްޓެލްކޯއިން ރިޓަޔަރ ކުރައްވައިފި

މެދު ނުކެނޑި 34 އަހަރު ސްޓެލްކޯއަށް ޚިދުމަތް ކުރެއްވުމަށްފަހު އެ ކުންފުނީގެ  ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރގެ މަޤާމުގައި ހުންނެވި މުޙައްމަދު ލަތީފް އެ ޚިދުމަތުން ޝަރަފްވެރިކަމާއެކު ރިޓަޔަރ ކުރައްވައިފިއެވެ. 

މީގެ ކުރިން އެ ކުންފުނީގެ އެމްޑީކަންވެސް ކުރެއްވި މުޙައްމަދު ލަތީފް 65 އަހަރުފުޅުގައި މިއަދު އެ ކުންފުނިން ޝަރަފްވެރިކަމާއެކު ރިޓަޔަރ ކޮށްފައިވާއިރު، ކުންފުނީގެ އިސްވެރިންނާއި މުވައްޒަފުވަނީ އެ ބޭފުޅާގެ ޝަރަފްގައި މިއަދު ވަނީ އެ ކުނފުނީގެ އޮފީހުގައި ރަސްމިައްޔާތެއް ބާއްވައިފައެވެ. 

މި ރަސްމިއްޔާތުގައި މުހައްމަދު ލަތީފްއަށްވަނީ ޚިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ހަނދާނީ ފިލާއަރުވައިފައެވެ. މި ފިލާ ހަވާލުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝަރީފެވެ. 

މުހައްމަދު ލަތީފް ފާހަގަވެގެން ގޮއްސައިވަނީ ހުރިހާ މުވައްޒަފުންނާއި ގުޅޭ ޚިޔާލު ތަފާތުވުންތަކާއި ދުރު އަދި ކުންފުނީގެ ހުރިހާ ޙަރަކާތްތަކެއްގައިވެސް ފުރިހަމައަށް ބައިވެރިވެވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައި ކަމަށް ސްޓެލްކޯގެ ފަރާތުން 'ވޮއިސް'އަށް މައުލޫމާތު ދެއްވި ބޭފުޅަކު ފާހަގަކުރެއްވިއެވެ. 

ވަކިން ޚާއްސަކޮށް ކުޅިވަރުގެ އެންމެހައި ކަމެއްގައި މުހައްމަދު ލަތީފް ފާހަގަވެގެން ގޮއްސައިވަނީ ނުހަނު ގާތުން ބައިވެރިވާ ބޭފުޅެއްގެ ގޮތުގައިކަމަށް އެ ފަރާތުން ފާހަގަކުރެއްވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް