ޕީއެންއެފްގެ ދެ މޭސްތިރިން ކަމަށްވާ ރައީސް ޔާމިން އަދި ޑރ ޖަމީލް. ފޮޓޯ:ޕީއެންއެފް
ހަބަރު
27 Nov 2023 | 13:49
ޕީއެންއެފް އަށް އެންމެ ފުރަތަމަ ސޮއި ކުރެއްވީ ރައީސް ޔާމިން!

ރައީސް ޢަބްދުالله ޔާމިން ޢަބްދުލްޤައްޔޫމްގެ އިސްނެންގެވުމުގެ ދަށުން އުފައްދަ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އަށް ރައީސް ޔާމިން ސޮއިކުރައްވައިފިއެވެ.

އެމަނިކުފާނު އެޕާޓީއަށް ސޮއިކުރައްވައިފައިވަނީ ރޭގެ ވަގުތެއްގައި ކަމަށް އެޕާޓީ އުފެއްދެވުމުގައި އިސްކޮށް އުޅުއްވާ ބޭފުޅަކު “ވޮއިސް”އަށް މަޢުލޫމާތު ދެއްވައިފައިވެއެވެ.

ރައީސް ޔާމިންގެ އިތުރުން ބައެއް އާންމުންނާއި ސިޔާސީ މަޝްރަޙުން ފާހަގަކޮށްލެވޭ ބޭފުޅުންވެސް ވަނީ އެޕާޓީއަށް ސޮއިކުރައްވާފައެވެ.

ރައީސް ޔާމިން އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ އެމަނިކުފާނުގެ ބޭބޭފުޅު ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް އާއި އެކު ޑީއާރްޕީ ގައެވެ. އަދި އެއަށްފަހު އަމިއްލަފުޅު ޕާޓީއެއް ޕީޕަލްސް އެލަޔަންސް ގެ ނަމުގައި އުފެއްދެވިއެވެ. އެެދެޕާޓީވެސް މިހާރުވަނީ ސިޔާސީ ޕާޓީ ތަކުގެ ރަޖިސްޓްރީ އިން އުނިކޮށްފައެވެ. އެއަށްފަހު ޕީޕީއެމްއާއި ގުޅިވަޑައިގެން ޕީޕީއެމްގައި މަސައްކަތް ކުރައްވައި އެޕާޓީގެ ޓިކެޓްގައި ވާދަކުރައްވައި ރާއްޖޭގެ ރައީސް ކަމަށް އިންތިޚާބުވެވަޑައިގެންފައި ވެއެވެ.

ރައީސް ޔާމިން ޕީޕީއެމް ދޫކުރައްވައި އައު ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރައްވަމުން މިގެންދަވަނީ ޕީޕީއެމް/ޕީއެންސީގެ  ލީޑަޝިޕްގެ ބޭފުޅުން އެމަނިކުފާނުގެ މަޝްވަރާ ނުހޯއްދަވައި ބާކީ ކުރައްވާ ކަމުގެ ތުހުމަތުތައް ކުރެއްވުމަށް ފަހުގައެވެ. 

ކޮމެންޓް
ޢެލައިކް
ކުއްވެރިން ތިބޭގޮޅި އަށް ގެންދެ ބަލަ. މީހުން ގޮޅިތަކުގައި އުޅޭ ހާލު އޭރުން އެނގޭނެ. މީހުންގެ މައްޗަށް ތިމާގެ ހިތުގައި ރަހުމެއް ވެސް ފަހަރެއްގައި އުފެދިވެސްދާނެ.
27 Nov 2023
ޢެލައިކް
ކުއްވެރިން ތިބޭގޮޅި އަށް ގެންދެ ބަލަ. މީހުން ގޮޅިތަކުގައި އުޅޭ ހާލު އޭރުން އެނގޭނެ. މީހުންގެ މައްޗަށް ތިމާގެ ހިތުގައި ރަހުމެއް ވެސް ފަހަރެއްގައި އުފެދިވެސްދާނެ.
27 Nov 2023
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް