ރައީސް ޔާމީން ޕީއެންއެފް ގެ އޮފީހުގައި - ފޮޓޯ/މީސްމީޑިއާ
ހަބަރު
27 Nov 2023 | 14:53
ރައީސް ޔާމީން، ޕީއެންއެފް އޮފީހަށް ވަޑައިގެންނެވި މައްސަލަ ކަރެކްޝަނުން ބަލަނީ

ގޭ ބަންދަށް ބަދަލުކުރައްވައިފައި ހުންނެވި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްޕީޕީއެމުން ވަކިވެ ވަޑައިގެން އުފައްދަވާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އޮފީހަށް ރޭ ވަޑައިގެން، އެ މައްސަލަ ބަލަމުންދާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނެފިއެވެ.

ކުރިން ޕީޕީއެމްގެ އޮފީސް ހިންގަމުން އައި ހ. ހުރަފާގޭގައި މިހާރު ހުރި ޕީއެންއެފް ގެ އޮފީހަށް ރައީސް ޔާމީން ވަޑައިގަތީ, ޕީއެންއެފް އުފެއްދުމަށް ބޭނުންވާ ފޯމް ފުރުން، އެ ގޭގެ ތިން ވަނަ ފަންގިފިލާގައި ކުރިއަށްދަނިކޮށެވެ.

މިކަމާއި ގުޅިގެން ވޮއިސްއަށް މައުލޫމާތު ދެއްވަމުން ކަރެކްޝަންގެ މީޑިޔާ އޮފިސަރ ވިދާޅުވީ އެ މައްސަލަ ކަރެކްޝަނުން ބެލުމަށްފަހު ފިޔަވަޅު އަޅަންޖެހޭނަމަ އެ ފިޔަވަޅެއް އަޅާނެކަމަށެވެ. 

ޖަލު ހުކުމެއްގައި ހުންނެވި ރައީސް ޔާމީން ޕީއެންއެފް އޮފީހުގައި ހުންނެވި ކަމަށް ވިދާޅުވެ، ކުރީގެ ސައެންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވަނީ ޓުވީޓާގައި ފޮޓޯއެއް ހިއްސާ ކުރައްވާފައެވެ.

އިންތިޚާބު ކާމިޔާބު ކުރުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ގެ އެދިވަޑައިގަތުމުގެ މަތިން ރައީސް ޔާމިން ވަނީ ގޭބަންދަށް ބަދަލުކުރައްވައިފައެވެ. އަދި ކަސްރަތު ކުރުންފަދަ ޚާއްސަ ކަންކަމަށް ގެކޮޅުން ބޭރަށް ވަޑައިގަތުމުގެ ހުއްދަދީ ރަށު ބަންދަށް ވަނީ ބަދަލު ކުރެވިފައެވެ.

އެހެން ނަމަވެސް ގެއިން ބޭރަށް ނިކުތުމަށް ލިބިވަޑައިގެން ހުއްދައިގެ ދަށުން ރައީސް ޔާމީން ވަނީ ސިޔާސީ ހަރަކާތްތައް ހިންގަވާފައެވެ. އެގޮތުން އެ މަނިކުފާނު މީގެ ކުރިން ޕީޕީއެމްގެ އޮފީހަށް ވަޑައިގެން، ޕާޓީގެ މެންބަރުންނާ ބައްދަލުކުރެއްވިއެވެ.

އެއާއެކު ކަރެކްޝަންސްއިން ވަނީ އެއްބަސްވުމާ ޚިލާފަށް އަމަލުތައް ތަކުރާރުކުރައްވާނަމަ އިގުރާރު ބަދަލުކުރާނެ ކަމުގެ އިންޒާރުވެސް އޭރު ދީފައެވެ.

ދިވެހި ރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން ހުކުމް ތަންފީޒު ކުރަމުން އަންނަ ގައިދީންނަށް ސިޔާސީ ކަންކަމުގައި ބައިވެެރިއެއް ނުވެވޭނެއެވެ. އެހެންކަމުން ރައީސް ޔާމީން ގާނޫނަށް ތަބާނުވާ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ އެމަނިކުފާނަށް  ފާޑުކިޔަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް